“ކީއް މިވަނީ ، ފެނިފަ ތި ލޯ ، އިހްސާސެކޭ އާ ، މީ ވިންދުގައިވާ ، ހިތުގައި ހިނގާމީ އިޝްގްހޭ ، ހައިރާންވާހާ ޗާލޭ ތި ލޯ ، ހައިރާންވާހާ ޗާލޭ ތިލޯ ” އަބާން ކަންފަތަށް ޖަހާފައިވާ ހެޑް ސެޓް އިން އަޑު އަހަމުން ދިޔަ ލަވައިން އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. ޒީން އަށް އަބާން އާއި ދިމާލަށް ބަލާލެވުނީ އޭނާއާއި ދިމާލަށް ބަލާކަން ފާހަގަ ކުރެވިގެންނެވެ. އަބާން ޒީން އާއި ނަޒަރު ވަކި ކޮށްލަމުން ބުނެލިއެވެ. ” ވަރަށް ރީތި ލަވައެއް ޖަހަންތަ ” ޒީން ހިނިތުންވުމެއް ދިނުމުން އަބާން އޭނާގެ ލެޕްޓޮޕް އާއި ގުޅާފައިވާ ހެޑްސެޓް ނާއްޓާލުމަށްފަހު އަޑު ބާރު ކޮށްލިއެވެ. ޖަހަމުންދިޔައީ ފާތުމަތް ނަހުލާގެ ޔޫސުފް ގެ ލަވައެކެވެ. ޒީން އަކީ ދިވެހި ފިލްމްތައް ކޮންމެވެސް ވަރަކަށް ބަލާ ކުއްޖެއް ކަމުން އޭނާ އަށް އެ ލަވަ ނަގައިގަންނާކަށް އުނދަގުލެއް ނުވިޔެވެ. “ހީސް ސޯ ވިއާރޑް ” ޒީންއަށް ހިތާ ހިތުން ކިޔާލެވުނެވެ. ފޯނެއް އައުމުން އަބާން ޖަހަމުން ދިޔަ ލަވަ ނިންވާލުމަށްފަހު ނިކުމެގެން ދިޔައީ އިތުރަށް އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޒީން ވަޒީފާ އަދާ ކުރަން ފެށިތާ ތިން މަސް ދުވަސް ފުރުނީއެވެ. އަބާން ގެ ފަރާތުން ފެންނަ މިޒާޖު ވަރަށް ތަފާތެވެ. ބައެއް ފަހަރު ޒީން އާއި ގާތްކޮށް ވާހަކަ ދައްކާލިޔަސް އަނެއް ބައި ފަހަރު ދަންނަ މީހެއްކަމަށްވެސް ނަހަދާ ހުރެއެވެ. ނަމަވެސް ޒީން އަށް މިހުރިހާ ކަމަކަށްވެސް ހޭނެއް ގިނަ ދުވަސްތަކެއް ނުވިއެވެ. ޒީން އާ މަޔާގެ ރަހުމަތްތެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. އޮފީސް މާހައުލް ދޫކޮށް ރޭގަނޑު އެކި ތަންތަނަށް ދިޔުމަކީ ދެ މީހުންގެވެސް އާދައަކަށް ވެއްޖެއެވެ. ” އައި ހޭވް ގޮޓް ދަ މޯސްޓް އެރެގަންޓް ބޮސް އެވަރ “ޒީން ފޯނުން މެސްޖެ ކުރަމުން އިނދެ ބުނެލިއެވެ. ” ވައި ވަޓ ހެޕަންޑް ” މާޔާ ސުވާލުކޮށްލިއެވެ. ” ސަމްޓައިމްސް ހީ އެކްޓްސް ލައިކް ހީ ނޯސް މީ ވެރީ ވެލް އެންޑް އަގެއިން ހީ މައިޓް އިގްނޯ މީ ލައިކް ހީ ހޭވް ނެވަރ ސީން އޯ ނޯން މީ ” ޒީން އޭނާގެ އިހްސާސް ތައް ކިޔަދެމުން ދިޔައެވެ. ” އެންޑް ލުކް ދަ ޑެވިލް އިޒް އާސްކިންގް މީ ޓު ކަމް ޓު އޮފީސް ބައި ނައިން” ޒީން އަށް އައި މެސެޖް ކިޔާލަމުން މާޔާ އާއި ދިމާލަށް ބުނެލިއެވެ. “ސިންސް ޔޫ އާރ މައި ފްރެންޑް އައި ވުޑް ލައިކް ޓު ޓެލް ޔޫ ދެޓް ޓު ބޭ ކެއަރަ ފުލް ، ނޯވަން ނޯސް ހިމް ” މާޔާ ޒީން އަށް ނަސޭހަތްތެރިވެލިއެވެ. ” އައި އޭމް ގޮއިންގް އިނގޭ” ޒީން މާޔާ އަށް ހިނިތުންވުމެއް ދިނުމަށްފަހު މާޔާ ދިރިއުޅޭ އެޕާރޓްމެންޓް އިން ނިމުގެން ދިޔައީ ނުވައެއް ޖަހަން ވާއިރަށް އޮފީހަށް ދިޔުމުގެ ބޭނުމުގައެވެ. އަށް ގަޑި ސާޅީސް ފަހެއް ވީއިރު ޒީން ހުރީ ލައިލެކް ވިއު އޮފީސްތެރޭ އޭނާގެ މޭޒު ކައިރީ އިށީނދެލައިގެންނެވެ. އަބާން އޮފީހަށް ވަދެގެން އައިސް ޒީން ކައިރިއަށް އޭނާގެ ގޮނޑި ހިފައިގެން އައިސް އިށީނދެލިއެވެ. ” އެންމެ ފަހުން ހެދި ޕްރެޒެންޓޭޝަން ހުޅުވާލަބަ؟” އަބާން އެހެން ބުނެލުމަށްފަހު އަތުގައި އޮތް ފައިލް ހުޅުވުމަށްފަހު ބަދަލުތައް ގެންނަން ވީ ތަންތަން ފާހަގަ ކުރަމުން ދިޔައެވެ. އަދި ޒީން އަށް ހުރިހާ އެއްޗެއް ކިޔައި ދިނުމަށްފަހު ދުރަށް ޖެހެލީ ފޯނަސް މެސެޖް އަންނަން ފެށީމައެވެ. ޒީން އޭނާގެ މަސަތްކަތުގައި މަސްއޫލުވެގެން އިން އިރު އިރު އިރުކޮޅާ އަބާން އާއި ދިމާލަށް ބަލާލެވެއެވެ. ” ހިނގާ ކާން އެއްޗެއް ގެންނަން ” އަބާން ދެ މީހުންނަށް ކާން އޯރޑަރ ދިނުމަށްފަހު އެބައަންނަން ކަމަށް ބުނެ ކެބިން އިން ބޭރަށް ނިކުތެވެ. ޒީން ކުޑަކޮށް ހޮތް ބިރުގަންނަ ގޮތް ވިއެވެ. ކުއްލިއަކަށް މުޅިތަނުން ކަރަންޓް ދިޔުމުން ޒީން އަށް ފުއްމައިގެން ތެދުވެވުނެވެ. އަތަށް ފޯނު ނަގައި ފަޔަށް ބާރު ލާފައި ކެބިންއިން ނިކުންނަން ދިޔައީ ސާރކިޓް ބޮކްސް އިން ބްރޭކަރެއް ވެއްޓިފައިންތޯ ބެލުމަށެވެ. ރިސެޕްޝަނާއި ވީ ދިމާލަށް ދަނިކޮށް ޒީން ފައި އަރިއަޅާލިއެވެ. ފަޔަށް ވީ ތަދުން ލޮލުން ކަރުނަ ހިލުނެވެ. އަބާން ރިސެޕްޝަނާއި ވީ ދިމާލަށް ހިނގާލަިފައި އާއިރު ޒީން އެތާ ހުރިކަމެއް ނޭނެގެއެވެ. އައިސް ޖެހުނީ ޒީން ގައިގައެވެ. ނަމަވެސް ހުށިޔާރު ކަމާއިއެކު އަބާން ޒީން ގައިގައި ހިފަހައްޓާލިއެވެ. އަބާން ހަދާލި ގޮތަކުން ޒީން އައިސް ޖެހުނީ އަބާން ގެ މޭމަތީގައެވެ. ޒީން ގެ މެދުހަށީގައި އަބާން ހިފަހައްޓާލައިގެން ހުރި އިރު އޭނާގެ ހޫނު ނޭވާ ޒީންގެ މޫނުމައްޗަށް އެޅުނެވެ. މުޅިތަން ދިއްލިގެން ދިޔައެވެ. އަބާން ޒީންގެ ގައިން ދޯ ނުކޮށްލުމުން ޒީން އަބާން އާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާ ދިމާލަށް ބަލަން ހުރެވުނީއެވެ. “އައި ރިއަލީ ލައިކް ޔޫ ޒީން ، ބަޓް އިޓްސް ނެވަރ ޕޮސިބަލް ” އަބާންގެ ޖުމްލައިން ޒީންގެ ލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަބާން ގެ އަތް ޒީންގެ މެދު ހަށިން ނައްޓުވަލުމަށްފަހު ޒީން އޭނާގެ ކެބިން ތެރެއަށް ވަދެގެން ދިޔައީ ސޮރީ އޭ ބުނެލުމަށްފަހުއެވެ. އަބާން އަށް އޭނާއަށް ބުނެވުނީ ކީކޭ ކަމާ މެދު ވިސްނާލެވުނީ ޒީން އެތަނުން ދިޔުމުންނެވެ. ޒީން ގޮސް އޭނާގެ ގޮނޑީގައި އިށީނުމަށްފަހު އަބާން ހަވާލު ކުރި މަސަތްކަތް ނިންމާލުމަށްފަހު ގެއަށް ދިއުމަށް ތެދުވިއެވެ. އަބާން ބަލަމުންދިޔައީ ޒީންގެ ހަރަކާތްތަކަށެވެ. ޒީން އަބާން އާއި ދިމާލަށް ބަލާލުމަށްފަހު މެއިލް ކޮށްފިން ކަމަށް ބުނެލިއެވެ. އަބާން އަށް ކުއްލިއަކަށް އޭނާގެ ގޮނޑިން ތެދުވެ ޒީން އާއި ދިމާލަށް ހިނގައިގަތެވެ. ” ޒީން އައި އޭމް ސޮރީ ، އަ ޖަސްޓް ކެޕްޓް މައި ޑިސްޓެންސް ، އެކަމަކުވެސް ދިސް ޖަސްޓް ހެޕަންޑް ” އަބާން ޒީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޒީން ގެ ކަންފަތުގައި އަބާން ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް ބިން ވަޅު ނެގެމުން ދިޔައެވެ. އަބާން ޒީން މޫނުގައި ހިފަހައްޓާލަމުން އޭނާގެ ނިތްކުރިއަށް ދޮނެއް ދިނެވެ. ” ޔޫ އާ ސޯ ބިއުޓިފުލް އެންޑް ނައީވް” ޒީން ގެ ދެލޯ މަރާލެވުނީ އަބާން ގެ ހަރަކާތްތަކަށް ފުރުސަތު ދެމުންނެވެ. ޒީން ފަހަތށް ޖެހިލުމަށްފަހު ގެއަށް ދާން ޖެހޭ ކަމަށް ބުނެލިއެވެ. އަބާން އޭނާގެ އަތުން ދޫ ކޮށްލުމަށްފަހު ގުޅާނޭ ކަމަށް ބުނެލުމަށް ފަހު ގޮނޑި އާއި ދިމާލަށް ހިނގައިގަތެވެ. ޒީން ކެބިން އިން ނިކުންނަށް ހިނގައިގަތީ ސިކުނޑި ތެރޭ ހިނގަމުންދިޔަ ހާޖާނު ގަނޑާއިމެދު ވިސްނަން ހުރެގެންނެވެ.
ގެއަށް ވަދެގެން އައި ޒީން ގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ނަގައި ގަންނަން ނާޒިއާ އަކަށް ލަހެއް ނުވިއެވެ. ޒީން އައިސް ކާ މޭޒު ކައިރީ އިށީނުމަށްފަހު އޭނާގެ މަންމައަށް ގޮވާލިއެވެ. ނާޒިއާ އައިސް އޭނާގެ ދަރިފުޅު ކައިރީ ހުއްޓިލިއެވެ. ނާޒިމް ކޮޓަރިން ނިކުމެގެން އައި ތަން ފެނިފަ ޒީން އިސް އޮބާލިއެވެ. “ޒީން ، ބައްޕައަށް އިނގޭ ބައްޕައަށް ގޯސްކޮށް ކަން ކަންތައް ކުރެވުނީ ، މަންމަ އާއި ބައްޕަވެސް ވާހަކަ ދައްކާފަ ، ބައްޕަ ދެއަންބަށް މީހަކާ އިނީ .. އެއީ ދުވަހަކުވެސް ދަރިފުޅަށް ނުވަތަ ނާޒިއާ އަށް ދެރައެއް ދޭ ކަށެއް ނޫން ” ނާޒިމް އޭނާ ދައްކަން ބޭނުންވި ވާހަކަ އެއް ނޭވާއިން ބުނެލިއެވެ. ޒީން ބޯ ޖަހާލުމަށްފަހު އިތުރަށް ޒީން އެވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެލިއެވެ. ހަގީގަތަކީ ޒީން ގެ ޅަ ސިކުނޑިގައި އެނބުރެމުން ދިޔައި އަބާން ގެ ސޫރައެވެ. އޭނާގެ ހަރަކާތްތަކެވެ. ދެމީހުން އެކަނިވި ހިނދު ހިނގާދިޔަ ކަންތައްތަކެވެ. ކެއުމަށް އިންސާފް ކޮށް ނިންމާލުމަށްފަހު ޒީން ކޮޓަރިއަށް ވަނީ އެކަނި ވެލަން ބޭނުންވާތީއެވެ. “ގުޑް ނައިޓް ބިއުޓިފުލް ” އަބާން ކޮށްލި މެސެޖް އަށް ޒީން ޖަވާބު ދޭންވެގެން ޓައިޕްކޮށްލަނިކޮށް އަބާން ގުޅަން ފެށިއެވެ. “ހޭއި” އަބާން ގޮވާލިއެވެ. “ސޯ ޓެލް މީ އަބައުޓް ޔޫ ” އަނެއްކާވެސް އަބާން ވާހަކަދެއްކިއެވެ. ” ކޮންކަމެއް އިނގެން ބޭނުންވަނީ “ޒީން އަބާން އަށް ޖަވާބު ދޭން އޭނާގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ. “އައި ވޯންޓް ޓު ނޯ އެވްރީތިންގް” އަބާން އަނެއްކާވެސް ޖަވާބު ދިނެވެ. ” އޮކޭ ، މީ ޒީން ، އައި އޭމް ނައިންޓީން ، އުފަންވީ ކުޅުދުއްފުއްޓަށް ، ނޯ ސިބްލިންގްސް ، ހަމައެކަނި ދަރިފުޅު ފެމެލީގެ ” ޒީން އެއް ނޭވާއިން އޭނާގެ ތައާރަފެއް ދިނެވެ. ” އިޓްސް ޔުއަރ ޓާން ” ޒީން އަބާން އާއި ދިމާލާށް ބުނެލިއެވެ. ” އައި އޭމް އަބީ ، އައި އޭމް ތާރޓީ ، އެންޑް އައި އޭމް ދަ އޮންލީ ކިޑް އޮފް މައި ޕޭރެންޓްސް ” އަބީ ވާހަކަ ނިމާލުމަށްފަހު ބުނެލިއެވެ. ” މުސްކުޅިއެއް ދޯ ” އަބާން ބުނެލި ޖުމްލައިން ޒީން ގާތަށް ހިނިއައެވެ. ” ނޫން ޔޫ ޑޯންޓް ލުކް ތާޓީ ، ކީއްވެ ދޮގު ހަދަނީ ” ޒީން އަބާންއަށް ޖަވާބު ދިނެވެ. ” އޯކޭ އޯކޭ އަބީ އަށް ހަތާވީސް އަހަރު ސްޓިލް ހަތް އަހަރު ބޮޑު ޑޫ ޔޫ މައިންޑް ” އަބާން ބުނެލިއެވެ. “ގުޑް ނައިޓް އަބީ ” ޒީން ފޯނުން ޗާޖް ދާތީ ބުނެލިއެވެ. ” ގުޑް ނައިޓް ބިއުޓިފުލް “.
-ނުނިމޭ-
7 Comments!
Comments are closed.

This story keeps getting better and better….v.salhi???❤..nxt prt kn iraku tha???.
Vaahaka varah reethi …mi site ge vaahakathakaa balaafa its the best
Hurihaa part eh ves kiyaafin ekam comment mi kury miyah… Sorry ingey.. Varah salhi hurihaa baehves.. Its commendable.??❤️????.. Masha allah keep up the good work..????❤️?❤️??❤️??❤️?. Well dear, whn next part??
Nice.I .. ??
its been ages…when next part…i’m still waiting…pls veehaaves avahaka mi story up kolla dhehchey…
Kon irakun next part up kuranyy?
Hello Xeeesh, I love the story. Ekam bunelan othy, considering the vaahakaige picture and how some stuff are going, please dont copy all, make a twist and it’ll be fine. Can’t wait for the next part.