އަލާނިޔާ ދޭ މުނިޔާއަށް ބުއްތަށި ދޭން… މިހާރު ކޮޓަރި އޮންނާނީ އެފުށް މިފުށައް ޖަހާފައި ކަންނޭނގެ..” އަލާނިޔާ އަވަހަށް އެތަނުން ފޮނުވާލުމުގެ މަޤްސަދުގައި މާކިލް ބުންޏެވެ. އެހެންކަމުން އަލާނިޔާވެސް އިތުރު ބަހެއް ނުބުނެ ބުއްތަށި ހިފައިގެން ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އަދީރު އެތަނުން ދިޔުމާއި އެކު ލިބުނު ހިތްހަމަނުޖެހުމުގައި ހަމީމްވެސް އިންތަނުން ތެދުވެގެން ދިޔައީ ސައިވެސް ބުއިމެއް ނެތިއެވެ. ރޫބީ އާންމުކޮށް ކާރުޕާކު ކުރާ ތަނުގައި ޕާކު ކޮށްލިއެވެ. ކާރުން ފައިބައިގެން މާދުރުނޫން ހިސާބެއްގައި ހުރި ކްލިނިކާއި […]
ލެއްޕިފައިވާ ކުޑަދޮރު ކައިރީގައި ހުރި ރޫބީގެ ނަޒަރު ހުއްޓިފައިވަނީ ބިއްލޫރުގަނޑުގައި ބީހެމުންދިޔަ ވާރޭ ތިކިތަކަށެވެ. އެވާރޭ ތިކިތަށް ކުޑަދޮރުގައި ޖެހިފައި ތިރިއަށްފައިބާ މަންޒަރު ބަލަން ރޫބީއަށް ހުރެވުނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އެއްއަތުން ހިފަހައްޓައިގެން ހުރި ހޫނު ކޮފީތަށިން އާވިއަރަމުންދިޔައިރު ކޮޓަރިތެރޭގައި ހިފާލާފައިވަނީ ކޮފީގެ ހިތްގައިމު މީރުވަހެވެ. ފަތިސް ނަމާދުގެ ބަންގިއާއި އެކީ ވެހެން ފެށި ވާރެއަށް އަދިވެސް ހުއްޓުމެއް ނާދެއެވެ. އެއްރާގަކަށް ވެހެމުން ދިޔައިރު އެކަމުން ރޫބީއަށް ލިއްބައިދިނީ އަޖައިބެއްކަހަލަ ހިތްހަމަޖެހުމެކެވެ. އެހެނީ ﷲ ގެ […]