Skip to content
އެސްފިޔަ

އިންތިޒާރުގައި ހުންނާނަމޭ ލޯބިން….2

އެދުވަސްކޮޅު އަހަރެން ވަރަށް ދެރަ ވީމެވެ. ނަމަވެސް ބޭނުންވަނީ އިންތިޒާރުގައި ހުންނާށެވެ.

ހައިކަލް ދިޔައީ އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައެވެ. ނާޒްވެސް ބައެއްފަހަ ސުވާލު ކުރެއެވެ. ނަމަވެސް އަހަރެން ދެނީ އެެއްް ޖަވާބެވެ. އަހަރެން ބުނަނީ ”ދޮންތަ ބަލިވެ އުޅޭތީ އޭ” މިހެންނެވެ. އެކަން ދަނެެގެން ނާޒްވެސް އިތުރަށް އަހަަންނާ ސުވާލެއް ނުކުރެެއެވެ. އަހަރެންނަށް ކެތް ކުރެވުނީ ތިން ހަފްތާ ވަރެވެ. އަހަންނަށް އަހަރެންގެ ސިއްހީ ހަލާތު މާ ބޮޑަށް  ގޯސް ވާން ފެށިއެވެ. އެހެން ކަމުން އަހަރެން ސިއްހީ މަރުކަޒަށް ދިޔައީމެވެ.

އަދި ޑަކްޓަރަށް ވެސް ދެއްކީމެވެ. ޑަކުޓަރު ގާތު އަހަރެންނަށް ހޮޑު ލެވޭ ވާހަކަ ބުނުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަަަަން ޖެހޭ ވާހަކަ ބުންޏެވެ. އެކި ޓެސްޓްތައް ޑަކްޓަރު ހަދަން ދިނެވެ. އހަރެން އެޑްމިޓް ވުމުގެ ކުރިން އެ ޓެސްޓުތައް ހެދީމެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބެނީ ދެތިން ދުވަސް ފަހުންނެވެ. ދެން އަހަރެން ހޮސްޕި ޓާލުގައި އެޑްމިޓް ވީމެވެ. އަހަރެން މި ހަބަރު މަންމަމެންނަށް ދިނީމެވެ. މަންމަމެން ވެސް އަވަހަށް ނިންމީ ރަށަށް އައުމަށެވެ. މަންމަމެންވެސް އޭގެ ނޫން އަނެއްދުވަހު އައެވެ.

”ދަރިފުޅާ ނީީޒާ..” އެދުވަހު ހޮސްޕިޓަލަށް އައިސް ފުރަތަމަވެސް އަހަރެން އޮތް ހާލު ފެނި މަންމައަށް ބުނެލެވުނެވެ.

ހުރިހާ ޓެސްޓްތަކެއްގެ ނަތީޖާ އެދުވަހު ލިބުނެވެ. އަހަރެން ޓެސްޓުތަކުގެ ނަތީޖާ ވަކި ވަކިން ބަލަމުން ދިޔައެވެ. ފުރަތަމަ ފެނުނު ގަނޑު ކޮޅުން ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އޭރު އަހަރެން ކައިރީ މަންމަ އިނެވެ.” ކިހިނެއް ވީ ދަރިފުޅަށް” މަންމަ އަހާލިއެވެ.ލަދުން އހަރެންގެ ދޫ ހަރަކާތް ވެސް ކޮއްނުލިއެވެ. އަހަންނަށް ފާފައެއް ކުރެ ވިއްޖެވެ. ކުޑަ ފާފަ އެއް ނޫނެވެ. އަހަރެން މިހާރު މިއިނީ ކުއްޖަކައް ބަލިވެއެވެ.

އިސްޖަހައިލާގެން އިނެ އަހަރެން ވީ ގޮތް ބުނީމެވެ.

”މީގެ ފަހުން ކަލޭ ތީ މަގޭ ދަރިއެއް ނޫން ހަނދާން ކުރާތި… މަ މިރަށަށް ފޮނުވީ ކަލޭ ހިލޭޭ ފިރިހެނުންނާއެކު ތެޅޭކަށް ނޫނޭ… އަދި ތިއުޅެނީ ގުރޭޑު ބާރަ ކިޔަވައި ނުނިމިގެން ނޭ…. ހުން… މަ ނޫޅެން.. މިހިސާބުނއ އަހަރެން ކަލޭއާގުޅުން މި ކަނޑާލީ…” މަންމަގެ ނުރުހުމެގެ ބަސްތައް އަހަންނަށް އަޑުއަހަން ޖެހުނެވެ. މުޅި އުމުރަށްވެސް އަހަރެން ބާކީ ވެއްޖެވެ. މި ދުނިޔެ އަކީ ހާދަ އަނިޔާ ވެރި ތަނެކެވެ. އައި ރުޅީގައި އަހަންނަށް އަތައް ގުޅާފައި އިން ވައިގަނޑަށް ދަމާގަނެވުނެވެ. އަދިއެތަނުން  ނިކުންނަށް ދުއްވައިގަނެެވުނެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ބޯ އަނބުރައި ގަތުމުންނެވެ. އަހަރެން ގައިން ވަރު ހުސްވެގެން ބިންމައްޗައް ވެއްޓުނެވެ.

I know this part is too short but i tried my best.. next part insha allah soonas possible ?

Comments (7)

  1. Naaaakko

    Salaam dear readers i am really sorry.. ingey mi blpart kurukan ves… mi vv avahah liyefa up kohli part eh ehnve mistakes gina vedhaane.. ekm i am trying my best.. ekm ves seconed part up kohlevunyma vv ufaa vejje next part in sha allah next part liyevunu emme avahakah

  2. Aisha

    Thankolhe hama jehilaagen story liebala???

  3. Luc!f3r

    So neeza 12 kiyavaa nimijje tha nunimeytha? Episode 1 ga iny 12 kiyavaa nimmaalaafymey.. Episode 2 ga neeza mamma ebunany ashi neeza eulheny 12 ves kiyavaa nunimigeney.. So which it it? Like what u planning on going with?

    1. Luc!f3r
      Luc!f3r

      Adhi*

    2. Naaaakko
      Luc!f3r

      Mamma nebe vattarey eiy nubaa kameh kurevijje nama hma dhari haa nubaa meeheh ves noolheyne.. n adhi ummurah vure ves kda kuraaane… ???

  4. Someone

    Omg what is this???i really can’t understand what’s going on!!!first part ga buny 12 kiyavaa nimmaafaey mihaaru thibunany 12 nunimey…..thankolheh maana fun vaagothah liyunyma rythi vaany….meegen ehves ehcheh dheyha eh nuve ehnu…..heevany thanakah dhaan lasvegen liyefa oiyy ehcheh hen….ehaa avas aruvaalaafa….

  5. jiji

    Eyna 12 nimihje ehnu dear??..btw mi bai ga vec vv mistake ebahuri..nd next part dhigukohlaathi ingey??????

Comments are closed.