Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާޒީ 2

Skyper Level 1
June 18, 2021 3 Mins Read
0 Comments

********

ލިޔާން ގެޔަށް ދިޔަ ގޮތަށް ކޮޓަރިއަށް ވަދުނީ މީހަކާވެސް އަނގައިން ނުބުނެއެވެ.. އެދިޔަ ގޮތަށް ގޮސް ލިޔާން ވަދުނީ ފާހަނައަށެވެ… ފެންމާގަނޑު ދޫކޮށްލުމުން ފެންތައް ލީޔާންގެ ދޮން ހަންގަނޑުގައި ޖެހެމުން ދިޔައީ އެއްވެސް އުނދަގުލަކާ ނުލައެވެ..ލިޔާންގެ ސިކުނޑީ ތެރޭގައި އެބުރެމުން ދަނީ މީގެ ދެތިން މިނެޓް ކުރިން ފެނުނު މަންޒަރު ތަކެވެ… ލިޔާންގެ ހިތް މިހާ ނުތަނަވަސް ވާންވީ ސަބަބެއް ހުދު އޭނާ އަކަށް ވެސް ނޭނގެއެވެ… ލީނާ އަކީ އޭނަ 17 އަހަރުން ފެށިގެން ލޯބި ވެވުނު އެންމެ ފުރަތަމަ ކުއްޖާއެވެ… އޭރު ލިޔާންގެ ހިތުން ޖާގަ ހޯދުމަކީ އެންމެ ކުނޑަމިނުންވެސް ބިންމަތީގައި ހިހިނި ތަކައް ވެސް ނުކުޅެދިފައިވާ ކަމެކެވެ… ނަމަވެސް ލީނާ މި ހިތުން ޖާގަ ހޯދީ ހަމަ އެހާމެވެސް ފަސޭހައިން ނެވެ… ” ލިޔާން”  މިކަހަލަ ހިޔާލުތަކަކަށް ގެއްލިފައި ހުއްޓާ ކުއްލިއަކަށް ލިޔާންގެ މަންމަ ހަލްފާ ގޮވާލި އަޑު އިވުނު ވެ… މަންމަ ގޮވީ ކާން އަންނާށޭ ކަން ލިޔާން އަށް އެގުނެވެ… އެހެންކަމުން މި އަންނަނީ އޭ ބުނެ ފާޚާނާ އިން ނިކުމެ އަލަމާރިން ކަޅު ކުލައިގެ ހޫޑީއަކާ ނޫކުލައިގެ ޖިންސެއް ނަގާ ލިޔެއެވެ… ލޯގަނޑު ކުރިމަތީގައި ހުއްޓި އެ ފަން އިސްތަށިގަނޑުގެ ތެރޭގައި އަތް ކާތާލިއެވެ… ކުޑަ ކޮށް ސެންޓު ކޮޅެއް ޖެހުމަށް ފަހު ލިޔާން ކޮޓަރިން ނިކުތެވެ.. އޭރު ވައުހާއާ ލިޔާންގެ މަންމަ ، ބައްޕަ ކާ މޭޒު ދޮށުގައި އިނެވެ.. އެންމެން ވެސް ތިބީ ލިޔާންގެ އިންތިޒާރުކަން އިނގުނީ ކާން ނުފަށާ ތިބުމުންނެވެ.. ލިޔާން އަވަސްވެގަތީ ކައިގެން އަރާމުކޮށްލުމައްޓަކައެވެ. ކައި ނިމުނު އިރު ހަލްފާ ތަށިތައް ދޮންނަން ހުއްޓެވެ. މަންމަ އެހާ ބުރަކޮށް ކަންތައްތައް ކުރާތަން ބަލާކަށް ވައުހާ އަކަށް ނުހުރެވުނެވެ. “އަޅެ މަންމަ ވެއްޖެއެއްނު ރެސްޓެއް ނަގަން… ދުވާލު ހަތަރުދަމު މަންމަ އުޅެނީ މަސައްކަތުގައި…. ދީ ވައު އަތަށް ދޮވެލަން…..މަންމަ ދޭ އަރާމުކޮށްލަން..” ވައުހާ މަންމަ އަތުން ތަށިކޮޅު ނަގަމުން ޝަކުވާ ކޮށްލި އެވެ.. ލިޔާން އަށް ވައުހާ ގެ މި ހަރަކާތްތަކުން ، ބުނަން އުޅުނު ޖުމްލަ ވެސް ހަދާން ނެތުނުކަހަލަ ގޮތަކަށް ހީގަނެގެން ހުރެވުނެވެ… ހަލްފާ އަށް ވެސް ހުރެވުނީ މިކަހަލަ ގޮތަކަށެވެ… މައިންބަފައިންނަށް އަޅާލާ ކުދިން މިހާރު ވަރަށް މަދުވާނެއެވެ… ގިނަފަހަރު އޮށްނަނީ މައިމީހާވެސް ފައިދަށުލާ ފައިފުއްސައް ހަދާފައެވެ…

 

ލީނާއަށް ގެއަށް އާދެވުނު އިރު 8 ޖަހަނީއެވެ. އޭރު ގޭތެރޭގައި ލީނާގެ މަންމަ ސީމާ އާއި ލީނާގެ ލޯބިވާ ކޮއްކޮ ހައިރަމް ހުރީ ޓީވީ ބަލާށެވެ.. ލީނާ ފެނުމުން ހައިރަމް ދުވެފައި އައިސް ލީނާ ގައިގައި އޮޅުލައި ގަތެވެ.. ލީނާ ، ހައިރަމް އުރާލުމައްފަހު ހައިރަމްގެ ދެ ކޮލައް ދޮނެއް ދިނެވެ… ހައިރަމް މަންމަ ގާތު ބަހައްޓާފައި ލީނާ އަވަސްވެގަތީ ކައިލައިގެން އަރާމުކޮށްލުމަށެވެ.. ކައިނިމިގެން ލީނާ ފެންވަރަން ފާޙަނައަށް ވަދުނީ ހޫނުވެފައިވާ ހަންގަނޑަށް އަރާމުކޮށްލުމައްޓަކައެވެ.. ލީނާ ފެންވަރައިގެން ނިކުތް އިރު މޫނުމަތީގައި ތާޒާކަން ފެންނަ ކޮންމެ މީހަކުވެސް މޮޔަވާނެއެވެ.. ލީނާ އަލަމާރިން ކަޅުކުލައިގެ ސޯޓު ކޮޅަކާއި ، ކަޅު ޓީ ޝާރޓެއް ނަގާ ލިޔެވެ . އެއްޗެހި ލުމަށްފަހު ލީނާ އެރީ ނިދާށެވެ.. އިސާހިތަކު ލީނާއަށް ނިދިއްޖެއެވެ..  މިއަދު ހިނގި ކަންތައްތަކާ ލިޔާން އަށް ވިސްނެނީ އިންތިހާއަށެވެ.. ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެވުނީ އެކަމާ ވިސްނާށެވެ. މިހެން އޮއްވައި ނިދުނީ 12 ޖެހި ފަހުންނެވެ.. ކުއްލިއަކަށް ލިޔާންގެ ކޮޓަރީ ކުނޑަދޮރުގައި އެއްޗަކުން ވަރަށް ބާރަށް ޖެހުނު އަޑު އިވުނެވެ.. ލީޔާން ސިއްސައިގެން އެދުން ނުވެއްޓުނީ ހަމަ ކިރިޔާ އެވެ.. ލިޔާން އެއްވެސް ބިރެއް ފިކުރެއް ނެތި ކުޑަދޮރާ ދިމާލަށް ހިނގައިގަތީ އެއީ ކޮއްޗެއްތޯ ބެލުމަށެވެ.. ލިޔާން ކުޑަދޮރު ހުޅުވާލިއެވެ.. އެ އަޑު އަންނަމުން ދިޔައީ އެތާގައި ހުރި ގަސް ޖެހޭ ވައިރޯޅިއާއެކީ ކުޑަދޮރުގައި ކޭތޭތީއެވެ.. ލިޔާން އެ ގޮފިގަނޑު ބިންދާލިއެވެ.. ބިންދާލުމަށްފަހު އައިސް އެދަށް އެރީ ނިދެވޭތޯއެވެ.. ލިޔާން އަށް ނިދުނީ ގަޑިން 2 ވެސް ޖަހާ ބޮޑުވި ފަހުންނެވެ..

 

އޭގެ އަނެއްދުވަހު އިރުއެރީ ކައިޔަން އާއި ލީނާ ބީޗްގައި ހުއްޓައެެވެ.. އެހާ އިރު މަގުމަތިން މީހުން ވަރަށް ނުފެންނާނެއެވެ.. އެއްވެސް ބިރެއް ފިކުރެއް ނެތި ލީނާ އޮތީ ކައިޔަންގެ ކޮޑުގައި ބޯއަޅައިގެންނެވެ.. އިރުއޮއްސޭ މަންޒަރު ބަލަން ލިޔާން ގޮވައިގެން ލީނާ އަންނަ ފަދައިން ، އިރުއަރާ މަންޒަރު ބަލަން ކައިޔަން ގޮވައިގެން އައުމަކީވެސް ލީނާގެ ދުވަހު ތާވަލުގައި ކަނޑައެޅިފައިވާ ކަމެކެވެ.. ޖެހޭ ކޮންމެ ވައިރޯޅިއަކަށް ލީނާގެ އިސްތަށިގަނޑު ނަށާލައެވެ.. “އަޅެ… ލީ ދެން މި ކައިވެނި ކުރަން ބޭނުންވީތަ؟.. ކީއްވެގެންތަ އަދިވެސް އަހަންނަށް ޖަވާބެއް ނުދެވިގެން ތި އުޅެނީ… ؟ލީ އަހަންނާ އެއްކޮށް އުޅެން ބޭނުން ނުވަނީތަ ؟.. އަހަރެން ލިޔާން އަށް ވުރެ ގޯހީތަ؟.. ނޫނީ ލީ އަހަރެން ދެކެ ލޯބި ނުވަނީތަ ؟…… ހެޔޮނުވާނެ އަހަންނަށް ޖަވާބެއް ދީބަލަ…. “މި ހިމޭން ވަގުތުކޮޅަށް ނިމުމެއް އައީ ކައިޔަން ކޮށްލި ޝަކުވާގެ ބަސްތަކުގެ ސަބަބުންނެވެ…. ދެން ވާނީވެސް އެހެންނޫން ހެއްޔެވެ ؟ކައިޔަން ލީނާއަށް ޓަކައި ހުރީ ޤުރުބާން ވާންވެސް ތައްޔާރަށެވެ… އެފަކީރައް ވެސް ކެއްކުރެވޭނީ ވަކިވަރަކަށް ނޫން ހެއްޔެވެ ؟… އަޅެ ކައީ….. ތި ކަހަލަ ވާހަކަ ނުދައްކާތި ދެން….. ލީ އެންމެ  ލޯބި ވަނީ ކައި ދެކެ އެކަނި…. ލިޔާން ދެކެ މިހާރު ލޯބީގެ ކަންފުޅެއްވެސް ނުވޭ… ލީ އަށް އިނގޭ ކައި އަށް ކެތެއް ނުކުރެވޭނެކަން ލީއާ ލިޔާންގެ ކައިވެނި ބަލާކަށް…. އެކަމު ލީ ކިހިނެއްތަ ހަދާނީ… ؟. ކައިވެންޏައް އޮތީ ކުރިން އާއިންކޭ ބުނެވިފަ…. ކައިވެނި މިހަފްތާގައި  ބާއްވަންވެސް އޮތީ ހަމަޖެހިފައި…. ލީ ކިހިނެއްތަ އެފަކީރު ގެ ހިތް ކުދިކުދި ކޮށްލާނީވެސް… އަޅެ ބުނެބަލަ ؟”ލީނާއަށް ވާހަކަދައްކައި ނިމުނު އިރު ހުރެވުނީ ރޮވިފައެވެ…

 

އެ ރީތި ދެލޮލުން ކަރުނަތައް ނިރާލިތަން ބަލާކަށް މަތިން ދާ ދޫނި ސޫފިތަކަށް ވެސް ކުޅަދާނަ ނުވާނެކަން އެއީ ޔަގީން ކަމެކެވެ… ކައިޔަން ވެސް ހުރީ ހަމަ އެ ހާލު ގައެވެ… އެތަކެއް އިރެއް ވަންދެން މި ދެ ލޯބިވެރިން ވާހަކަ ދެއްކުމަށް ފަހު ނިންމީ ފިލައިގެން ދިއުމަށެވެ.. ކައިޔަން މިދިން ހިޔާލު ލީނާ އަށް ވަރަށް ކަމުދިޔައެވެ… އެއްވެސް އިތުރު ގޮތަކަށް ވިސްނާވެސް ނުލާ ލީނާ މިކަމަށް އެއްބަސްވިއެވެ… ހަމަ އެހެންމެ، މިއަދު މެންދުރު ވަގުތެއްގައި އެރަށު ލޯންޗަކުން ފުރުމަށް ކައިޔަން ހަމަޖައްސާނެކަމަށެވެ… ކައިޔަންގެ ބައްޕަ އަކީ ލޯންޗް ދުއްވާ މީހެއް ކަމުން ، އޭގެން ޖާގައެއް ހޯދުމަކީ ކައިޔަން އަށް ލޯމަރާލާފައި ލޯހުޅުވާލުން ކަހަލަ ފަސޭހަކަމެކެވެ… މި ދެ ބައިވެރިންގެ ވަގުތު ކޮޅަށް ނިމުމެއް އައީ 7 ޖެހިފަހުން ނެވެ… ދަނީ އޭ ބުނެ މި ދެ ބައިވެރިން ވެސް ގެޔަށް ދާން ހިނގައިގަތީ މެންދުރު 1 ޖަހާއިރަށް ޖެޓީ ކައިރިން ބައްދަލު ވާނެކަމަށް ބުނެ ފައެވެ.. ލީނާ ގެޔަށް ވަދުނު ގޮތަށް ގޮސް ، ދަބަހަށް އެއްޗެހި އެޅިއެވެ.. ދަބަހެއް ގެންދަން ލީނާ ވިސްނީ ، ފޮށްޓެއް ގެންދިއުމަށް ވުރެ ރަނގަޅު ވާނެތީއެވެ.. އެއީ ފޮއްޓެއް ގެންދަން ފެށުމުން މަންމަ މެން ސުވާލުކޮށް ފާނެތީއެވެ…..

 

**************ނުނިމޭ *************

އުންމީދު ކުރަން ކިޔުންތެރިންނަން މި ބައި ވެސް ކަމުދާނެ ކަމަށް?
?

Share Article

Follow Me Written By

Skyper

Level 1

??

Other Articles

Previous

ލޯބި އޭގެ އަސްލުގައި 3

Next

ނަފްރަތުން ލޯތްބައް… 4

Next
June 18, 2021

ނަފްރަތުން ލޯތްބައް… 4

Previews
June 18, 2021

ލޯބި އޭގެ އަސްލުގައި 3



All Right Reserved!