ކޮންމެ ރެއަކުވެސް އަހަންނަށް ހޭލެވެނީހޫނުވާ ވަރުން ނުނިދިގެންނެވެ. އާދާގެ މަތިން މިރޭވެސް އަހަރެންނަށް ހޭލެވުނީ ހޫނުވާތީއެވެ. ދުވަސް ވަ ރަކީ ހުޅަނގު މޫސުމުގެ ވިއްސާރަކުރާ ދުވަސްވަ ރަކަށް ވުމާއެކު ކޮންމެވެސް ވަރަކަށް ކެރިވެހުން ކަމަކު މާގަދަޔަކަށް ވިއްސާރައެއް ނުކުރެއެވެ. އަހަރެންނަށް ހޭލެވުމާއެކު ފުރަތަމަވެސް ތެދުވެ ބަލައިލެވުނީ ފަންކާ އެބުރޭތޯއެވެ. ފަންކާގެ އެއްވެސް މައްސަލައެއްނެތި އޭގެ ވަޒީފާ ބަރާބަރަށް އަދާކުރަމުންދެއެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދެނީ އެންމެ ސުވާލެކެވެ. ފަންކާއޭގެ ވަޒީފާ ބަރާބަރަށް އަދާކުރަމުންދާއިރު މިވާހޫނަކީ ކިހިނެއް ކޮންގޮޮތަކަށް ވާ ހޫނެއްބާވައެވެ؟ އަލުން ނިދަންއުޅެއުޅެވެސް ނިންްޖެއް ލޮލަކަށްނައެވެ. އެހެންކަމުން ހަށިގަނޑުގައި އުފެދިފައިވާ ދާފިލުވާ ލުމަށްޓަކައި ފެންވަރާލުމަށް ތުވާލިހިފައިގެން ފާހާނަޔަށް ދާން ނިކުތީމެވެ. ފާހާނަ ހުންނަނީ ކޮޓަރިން ބޭރުގައިކަމަށް ވުމާއެކު ފާހާނައިގެ ބޭނުމެއްކުރަންޖެހިއްޖެ ހާލަތެއްގައި ނިކުންނަން ޖެހޭނީ ކޮޓަރިން ބޭރަށެވެ. ކުއްލިޔަކަށް ފާންކޮއްވިދާލުމާ އެކު ކަންފަތަށް އަޑުއަހަން ނުކުޅަދާނަވަރަށް ގުގުރާލިއެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހެން ފެށިއެވެ. ކިތަންމެ ބޯކޮށް ވާރޭވެހުނެއްކަމަކު ފެންނުވާރާ ނިދަން އުދަގޫވާނެ ތީ ވެހޭވާރޭޔަށް ފަރުވާލެއްނެތި ފާހާނަޔާ ދިމާލަށް ދިޔައީމެވެ. ފާހާނަހުންނަދިމާ ބޭރުގައި އަލިވާނެ ގޮތަށް ހޮޅިގަނޑެއް ހަރުކޮށްފައި ނުހުންނާތީ އެސަރަހައްދު ފެންނަނީ އަދިރިކޮށެވެ. ފާހާނަޔަށް ވަދެ ފެންވަރަން ފެށުމާއެކު ހަށިގަޑުން ނަގަމުންދާ ދިލަމަޑުވިއެވެ. ދިލަމަޑުވަމުންގޮސް އެއްކޮށް ކެޑުމާއެކު ފެންމާގަޑު ބަންދުކޮށްލާފައި ތެއްފިލުވާލީމެވެ. ކުޑަކޮށް ހީގެއަސަރު ވެރިވާން ފެށުމުން އަވަސް އަވަހަށް ކޮޓަރިޔަށްދާން ފާހާނައިގެ ދޮރުހުޅުވާލުމާއެކު ސިއްސައިގެން ގޮސް ދޮރު ލައްޕާލެވުނީ ދިމާކުރިމަތީގައި ފުރަގަހަށް އެނބުރި ހުރި މީހަކު ފެނިފައެވެ. ފުރަގަހުން ފެންނަފެނުމަށް ވައްތަރީ އަންހެނަކާ އެވެ. ހަމަޔަގީނުންވެސް މިގަޑީ ހޭލާއުޅޭނެ އެކަކުވެސް ގޭގައި ނޫޅޭނެއެވެ. އޭރުވެސް މެދުކެނޑުމެއް ނެތި ވާރޭވެހޭ އަޑުއިވެއެވެ. ބާރު ބާރަށް ގުގުރުމާއި ވިދާލާވިދުވަރުން އެކަނިމާއެކަނި މީހަކަށް އެތާނގައި ހުންނާކަށެއް ނުކެރޭނެއެވެ. ގޭގައި މިގަޑީހޭލާމީހަކު ނޫޅޭއިރު ދެން އެއީ ކާކުހެއްޔެވެ؟ މިތާ މިފަދަ ވަގުތަކު ހުރުމުގެ ބޭނުމަކީ ކޮބައިބާ؟ ފާހާނައިގެ ބޭނުމެއްކުރަން އައިސްހުރިމީހަކު ނަމަހި ދޮރުލެއްޕީމާ ގޮވައިލާނެ ނޫންހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ނުލިބިފައި ހުރި ސުވާލުތަކެވެ. […]
ކޮންމެ ރެޔަކުވެސް އަހަރެން ނަށް ހޭލެވެނީ ހޫނުވާވަރުންނެވެ. އާދައިގެ މަތިން މިރޭވެސް އަހަރެންނަށް ހޭލެވުނީ ހޫނުވާތީއެވެ. ދުވަސްވަރަކީ ހުޅަނގުމޫސުމުގެ ވިއްސާރަކުރާ ދުވަސްވަރަކަށް ވުމާއެކު ކޮންމެވެސް ވަރަކަށް ކެރިވެހުނެއް ކަމަކުމާގަދަޔަކަށް ވިއްސާރައެއް ނުކުރެއެވެ. އަހަރެންނަށްހޭލެވުމާއެކު ފުރަތަމަވެސް ތެދުވެ ބަލަައިލެވުނީ ފަންކާއެބުރޭތޯއެވެ. ފަންކާގެ މައްސަލައެއް ނެތެވެ. އޭގެވަޒީފާ ބަރާބަރަށް ފުރިހަމަ ކުރަމުން ދެއެވެ. މިހާހިސާބުން އަހަރެންނަަށް ………… ނޯޓް: މީ އަޅުުގަނޑުގެ ފުރަތަމަ ވާހަކަކަމަށް ވުމާ އެކު ކުދި ކުދި މައްސަލަތަށް ހުރުމަކީ އެކަށީގެން ވާ ކަމަކެވެ. ހުރިހާ ކިޔުން ތެރިން ގެ ކިބައިން ވެސް އަޅުގަޑަށް އެއްބާރުލުން ލިބޭނެ ކަމަށް ހީކުރަން………