Skip to content
އެސްފިޔަ

އެމަންޖެ

ކޮންމެ ރެއަކުވެސް އަހަންނަށް ހޭލެވެނީހޫނުވާ  ވަރުން ނުނިދިގެންނެވެ. އާދާގެ މަތިން މިރޭވެސް  އަހަރެންނަށް ހޭލެވުނީ ހޫނުވާތީއެވެ. ދުވަސް ވަ  ރަކީ ހުޅަނގު މޫސުމުގެ ވިއްސާރަކުރާ ދުވަސްވަ ރަކަށް ވުމާއެކު ކޮންމެވެސް ވަރަކަށް ކެރިވެހުން ކަމަކު މާގަދަޔަކަށް ވިއްސާރައެއް ނުކުރެއެވެ.    އަހަރެންނަށް ހޭލެވުމާއެކު ފުރަތަމަވެސް ތެދުވެ  ބަލައިލެވުނީ ފަންކާ އެބުރޭތޯއެވެ.

ފަންކާގެ އެއްވެސް  މައްސަލައެއްނެތި އޭގެ ވަޒީފާ ބަރާބަރަށް  އަދާކުރަމުންދެއެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދެނީ އެންމެ ސުވާލެކެވެ.  ފަންކާއޭގެ ވަޒީފާ ބަރާބަރަށް އަދާކުރަމުންދާއިރު މިވާހޫނަކީ ކިހިނެއް ކޮންގޮޮތަކަށް ވާ ހޫނެއްބާވައެވެ؟ އަލުން       ނިދަންއުޅެއުޅެވެސް ނިންްޖެއް ލޮލަކަށްނައެވެ.  އެހެންކަމުން ހަށިގަނޑުގައި އުފެދިފައިވާ ދާފިލުވާ  ލުމަށްޓަކައި ފެންވަރާލުމަށް ތުވާލިހިފައިގެން  ފާހާނަޔަށް ދާން ނިކުތީމެވެ. ފާހާނަ ހުންނަނީ  ކޮޓަރިން ބޭރުގައިކަމަށް ވުމާއެކު ފާހާނައިގެ  ބޭނުމެއްކުރަންޖެހިއްޖެ ހާލަތެއްގައި ނިކުންނަން  ޖެހޭނީ ކޮޓަރިން ބޭރަށެވެ. ކުއްލިޔަކަށް  ފާންކޮއްވިދާލުމާ އެކު ކަންފަތަށް އަޑުއަހަން  ނުކުޅަދާނަވަރަށް ގުގުރާލިއެވެ. ގުގުރުމާއެކު  ބޯކޮށް ވާރޭވެހެން ފެށިއެވެ. ކިތަންމެ ބޯކޮށް  ވާރޭވެހުނެއްކަމަކު ފެންނުވާރާ ނިދަން އުދަގޫވާނެ ތީ ވެހޭވާރޭޔަށް ފަރުވާލެއްނެތި ފާހާނަޔާ ދިމާލަށް ދިޔައީމެވެ. ފާހާނަހުންނަދިމާ ބޭރުގައި އަލިވާނެ  ގޮތަށް ހޮޅިގަނޑެއް ހަރުކޮށްފައި ނުހުންނާތީ  އެސަރަހައްދު ފެންނަނީ އަދިރިކޮށެވެ. ފާހާނަޔަށް ވަދެ ފެންވަރަން ފެށުމާއެކު ހަށިގަޑުން  ނަގަމުންދާ ދިލަމަޑުވިއެވެ. ދިލަމަޑުވަމުންގޮސް  އެއްކޮށް ކެޑުމާއެކު ފެންމާގަޑު ބަންދުކޮށްލާފައި  ތެއްފިލުވާލީމެވެ. ކުޑަކޮށް ހީގެއަސަރު ވެރިވާން  ފެށުމުން އަވަސް އަވަހަށް ކޮޓަރިޔަށްދާން  ފާހާނައިގެ ދޮރުހުޅުވާލުމާއެކު ސިއްސައިގެން  ގޮސް ދޮރު ލައްޕާލެވުނީ ދިމާކުރިމަތީގައި   ފުރަގަހަށް އެނބުރި ހުރި މީހަކު ފެނިފައެވެ.  ފުރަގަހުން ފެންނަފެނުމަށް ވައްތަރީ އަންހެނަކާ  އެވެ. ހަމަޔަގީނުންވެސް މިގަޑީ ހޭލާއުޅޭނެ  އެކަކުވެސް ގޭގައި ނޫޅޭނެއެވެ. އޭރުވެސް  މެދުކެނޑުމެއް ނެތި ވާރޭވެހޭ އަޑުއިވެއެވެ. ބާރު ބާރަށް ގުގުރުމާއި ވިދާލާވިދުވަރުން އެކަނިމާއެކަނި މީހަކަށް އެތާނގައި ހުންނާކަށެއް ނުކެރޭނެއެވެ.  ގޭގައި މިގަޑީހޭލާމީހަކު ނޫޅޭއިރު ދެން އެއީ  ކާކުހެއްޔެވެ؟ މިތާ މިފަދަ ވަގުތަކު ހުރުމުގެ  ބޭނުމަކީ ކޮބައިބާ؟ ފާހާނައިގެ ބޭނުމެއްކުރަން  އައިސްހުރިމީހަކު ނަމަހި ދޮރުލެއްޕީމާ ގޮވައިލާނެ ނޫންހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ނުލިބިފައި  ހުރި ސުވާލުތަކެވެ.                       ފެންވެރިތާ ގިނައިރުތަކެއް ވެފައި  ނެތުމާއެކުވެސް އޭރުގައި އަނެއްފަހަރު  އަހަރެން  ބިރުން ދާހިއްލަން ފަށައިފިއެވެ.  ދަންވަރު    މިހަމަހިމޭން ވަގުތުގައި މިހާތޫފާނީ  ރެޔެއްގައި ވެހޭހާ ވާރޭތެރޭގައި އެތާގައި މީހަކު  ހުރުމަކީ ނާޒިރު ކަމެކެވެ. އޭރުގައި ހަމަރަގަޅަށް ވެސް އަހަރެން ހުރީ ބިރު ހީވެ ހާސްވެފައެވެ.  އިރުގަނޑެއް ފަހުން ދޮރުހުޅުވައި ބަލާލިއިރު  ކުރިން އެތާނގައި ހުރި މީހަކު ފެންނާކަށް  ނެތެވެ. އަވަސްއަވަހަށް ގެޔަށް ގޮސް ކޮތަރިޔަށް   ވަދެ ދޮރުލޮކް ކޮއްލީމެވެ. ހަމަޖެހުމުގެ  ނޭވާއެއްލެވުނީ ދެނެވެ. ފަތިސްނަމާދު ވަގުތަށް  ހޭލަން ބޭނުންވާތީ ފޯނުން ނަމާދުވަގުތަށް  އެލާރމް ކޮއްލުމަށްފަހު ކުރުސިކިޔާލުމަށް ފަހު  ނިދޭތޯ އޮށޯވެލީމެވެ.                       އަހަރެންނަށް ހޭލެވެނުއިރު ފޯނުން  ފަތިސްނަމާދުގެ ބަންގިދެނީއެވެ. އަވަހަށް ވުޟޫ  ކޮއްލައިގެން މިސްކިތަށްގޮސް ނަމާދުކޮއްލީމެވެ.  ނަމާދުކޮށް ނިންމައިގެން ގޭދޮށަށް އައިއިރު  ދޯނީގެކެޔޮޅު އަހަރެން ހޯދަން ގެޔަށް އައިސް  ހުއްޓެވެ. ސައިތަށިބޯލައިގެން މިދަނީ ކަމުގައި  ކެޔޮޅުގާތު ބުނުމުން އަވަަހަށް އަންނާށޭ ބުނފައި  ކެޔޮޅު ހިނގައްޖެއެވެ. ދުވަސްތަށް ދައުރުުވާ  އުސޫލުން ދައުރުވަމުން ދެއެވެ. ފާއިތުވެގެންދާ  ކޮންމެރެޔަކީވެސް އަހަންނަށް ކޮންމެވެސްކަހަލަ  އުނދަގޫތަކެއް ތަހައްމަލް ކުރަންޖެހޭރެޔެކެވެ.  އަހަރެންނަކީ އުމުރުން 19 އަހަރު ފުރިފައިވާ  ޒުވާނަކީމެވެ. މަދަރުސާއިން ވަކިވެގެން    އަހަރެން ކުރާމަސައްކަތަކީ މަސްވެރިކަމެވެ.  އަހަރެންނަކީ ރަށުތެރޭގައި މީހުންނަށް އުނދަގޫ  ކުރާމީހެއްކަމުގައި ނުވިޔަސް ރޭގަނޑު ގެއިން  ބޭރުގައި ގިނަވަގުތު ހޭދަކުރާމީހެކެވެ.      ރައްޓެހި ކުދިންނާއި އެކު ކޮފީބުއިމާއި    ސަކަރާތާއިމަޖަލުގައި ވަގުތު ނަގާލަމުންދާ    ޒުވާނަކީމެވެ.                          ކަޅުފޮއިރޭތަކުންކުރެ ރެޔެކެވެ.     އަހަރެންނާއި އަހަރެންގެ ރައްޓެހިން ކޮފީ   ނިންމާލުމަށްފަހު އާދައިގެމަތިން މިސްރާބު   ހުރީ ރަށުގެ އުތުރުކޮޅާ ދިމާލަށެވެ. ރަށަކީ   ކުޑަ ރަށެއް ނަމަވެސް އެހިސާބަކީ ރޭގަނޑު   ގަޑީގައި މީހުން މަދުންނޫނީ އައިސް ނޫޅޭ   ހިސާބެކެވެ. ސަކަރާތާއި މަގަލުގައި ޖެހިފައިވާ   ތިބިވަރުން ގަޑި ފާއިތުވަމުންދާ ކަންވެސް   ނޭނގުނެވެ. އަހަރެންގެ ޖީބުގައި އޮތް މޯބައިލް   ފޯންގްގެ ރިންގްގެ އަޑުން ފޯނަށް ބަލައިލިއިރު   ގުޅަނީ މަންމައެވެ. ފުރަތަމަވެސް ކުރިމަތިވީ   މަންމަގެ ސުވާލެވެ. ”ދަންވަންދެން ގެޔަށް   ނައިސް ކީއްކުރަނީ” މިދަނީކަމުގައި ބުނެ ފޯނު  ކުރުކޮއްލުމަށްފަހު ރައްޓެހިން ގާތަށް ދިޔައިރު………………………………………………….

ދިމާވި މައްސަލަ އަކާހުރެ ވާހަކަ އަޕް ނުކުރެވުނީ … ހުރިހާ ކުޔުންތެރިން   ކިބައިން ނިހާޔަތަށް މާފަށް އެދެން…….     ހީކުރަން ކަމުދާނެކަމަށް. އިރާދަކުރެއްވިއްޔާމު   ވަރަށް އަވަަހަށް އަނެއްޕާރޓް އަޕް ކޮއްދޭނަން..

Comments (24)

  1. Pis pis

    Can’t read. Seeing just boxes..

    1. Kiyaa meeha
      Pis pis

      Alhugandah vs

    2. Hucen
      Pis pis

      Install dhivehi font

  2. g...

    Alhe nukiye ey. Kurin huri gothah hadhaidheeba plx plx

  3. Unaal

    Vrh reethi..

  4. Rima

    V dfclt kiyan

  5. Angle

    Story v reethi bt v dfct kiyan kurin huri gothah adhaa dhibala

  6. shanhaa

    varah udhagu migothah hurygen vaahaka kiyan kurin huri gothah badhalu kohlyvidhaanytha

  7. Ssssshhh

    Plx kurin hurihen hadaadee…nu vx fenea..box tahkeh fennanii ????

  8. Iraaa

    Plx kurin hurihen hadaadee…nu vx fenea..box tahkeh fennii

  9. luv u.. zuam

    v salhi

  10. Ainth

    reethi bt v v udhagu kiyan v

  11. Lampii

    Vrh reethi but thankolheh dfclt kiyan

  12. im

    Vara reethi
    Kiyan vara udhagoo

    1. Lubu lubna
      im

      Lahbba eiii thedheh kiyan varah undhagoo

  13. Anonymous

    o

  14. aakko

    Story salhi hama

  15. Saaa

    Mi kihinrh kiyaany.. Eh bai fennany.. Esfiya ah kihinrh hadhaafatha.. Mikan rangalhukohdheyne kamah unmeedhu kuran.. Shukuriyya..

  16. Sana

    Kobaatha next part?

    1. Sana
      Sana

      And varah varah varah difficult to read this ???????

  17. Nadheema

    True

  18. Jeyz

    Varah salhi keep it up shuaib??

  19. ehen meehe

    nice

  20. Arllss sadles

    Amaey kiyaafa vaahaka liyeeyyy…???

Comments are closed.