ކުއްލިއަކަށް ޒުބޭދާ މިކުރި ސުވާލުން ޒުހުރާ ދެލޯބޮޑުކޮށްލުމައްފަހު ޒުބޭދާއާ ދިމާ ބަލަހައްޓައިގެން ހުއްޓެވެ. ޒުހުރާމިހެން ހުރުމުން ޒުބޭދާ ހިތައް އެކިއެކި ސުވާލްތައް އަރަމުންދިޔައެވެ. “މަންމައައް ޝައިން އަކީކާކުކަން އެންގެނީތަ؟ މަށާާ ޝައިމްއާ ހުރި ގުޅުމަކީ ކޮބައިބާ؟” ޒުބޭދާ ހިތާހިތުން އަހާލިއެވެ. މަންމަ މިހެން މާގިނައިރު ހުރުމުން ޒުބޭދާ ބިރުގަންނަން ފަށައިފިއެވެ. “މަންމާ ޝައިމް މަންމަ އައް އެނގެނީތަ އެއީ ކާކުކަން؟ ޒުބޭއާ ޝައިމްއާ ހުރި ގުޅުމަކީ ކޮބައިތަ؟ އަޅޭ މަންމާ ވާހަކަ ދައްކަބަ. ޕްލީޒް” ޒުބޭދާ ޒުހުރާ ކޮނޑުގައި ހިފާ ކުޑަކޮއް ތަޅުވާލުމުން ހޭވެރިކަން ޒުހުރާ އިށްވީ އަދި ކިރިޔާއެވެ. ޒުހުރާ ހާސްވެގެންހުރެފައި ބުނެލިއެވެ. “މަންމަ އެކައް ނޭންގެ ޝައިމް އަކީ ކާކު ކަމެއްކަމެއް” ޒުހުރާ ހާސްވެފައި ހުރިކަން ޒުބޭދާއައް ވަރައް ރަންގަޅައް މޫނުމަތިން ހާމަވެއެވެ. މިހުރިހާ ވާހަކައެއް އަޑު އަހަން ހުރެފައި މުހައްމަދު އަވަހައް ގޭތެރެއައް ވަނެވެ. ކުރާނެކަމެއް ބުނާނެ އެޗެއް ނެންގިހުރި ޒުހުރާ ވަދެގެން އައި މުހަންމަދު ކައިރިއައް ދިޔައެވެ. “މުހައްމަދު. ހާދަލަހަކުނޭތި އައީ މިއަދު. ކިހިނެއްވީ އަނެއްކާ؟” “އާ…ދޯ އެއީ ވަރަށް ދުވަސްވީ ރައްޓެއްސަކާ ދިމާވީ. އެހެންވެ ލަސްވީ” މުހައްމަދު ޒުބޭދާއާދިމާ ބަލާލުމައްފަހު ފުންނޭވައެއްލާ ބުނެލިއެވެ. ޒުހުރާ ޒުބޭދާއާދިމާ ބަލާލުމައްފަހު ބުނެލިއެވެ. ” ޒުބޭ. ހިނގާ އަވަހައް ބައްޕަ އައް އަވަހައް ކާންހަދަން” މަންމަ އެހެންބުނުމުން އަވަހައް ބަދިގެއައް ގޮސް ސޭންޑްނިޗް ހަދަން ފެށިއެވެ. އެގަޑީގައި ކާން ތިބިއިރު އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. ހަމައެކަނި ކާގޭގައި އިވެނީ ތަށީގެ އިޑެވެ. ޒުބޭދާ ކައިގެން ތަށިތައް ނަގަމުން ދިޔައިރުވެސް ދިޔައީ ޝައިމް އާމެދު ވިސްނަމުނަނެވެ. އެއީ މަންމަ ގާތު އެހުމުން މަންމަގެ މޫނުމައްޗައް އަރާފައިބިމުން ދިޔަ ކުލަވަރުން ޝައިމް އަކީ ޒުބޭދާއާ ގުޅިންހުރި ކުއްޖެއްކަމާމެދު ޒުބޭދާގެ ހިތުގައި ވަނީ ޝައްކު އުފެދިފައެވެ. ކާތަށިތައް ނެގުނައްފަހު ޒުބޭދާ އަވަހައް ދިޔައީ ކޮޓަރިއަށެވެ. އެކަނިވާން ވަގުތުކޮޅެއް ބޭންވާތީއެވެ. ޒެބޭދާ ދިޔަގޮތައްގޮސް އެނދުމައްޗައް ވެއްޓިގަތެވެ. އަނެއްކާވެސް ޝައިމް އަކީ ކާކުބާއޭ ހިތައް އަރަން ފަށައިފިއެވެ. އަދި ޝައިމް އޭ ކިޔާ ގޮވި މީހަކީ ކާކު ބާއޭވެސް ހިތައް އެރިއެވެ. އެހެން އޮއްވާ ޒުބޭދާގެ އެސްފިޔަތައް ބަރުވާންފެށިއެވެ. ދެސިކުނތު ނުވަނީސް ނިދިއްޖެއެވެ. ޒުބޭދާ ހުވަފެނުގެ މާލަމައް ފީނައިގަނެޖެއެވެ. އޭގެ ބައިގަޑީރުފަހުން […]
އިރުގެ ރަން ދޯދިތަކާއެކު ހެންދުނުގެ ފިނިކަން ވަނީ ގުޅިލާމެހިފައެވެ. އެ އިރުގެ ރަން ދޯދިތަކާއި ފަތިހުގެ ފިނި ވައިރޯޅިތައް އުމުރުން ސޯޅަ އަހަރުގެ ޒުބޭދާގެ މޫނުގައި ބީހެލުމުން ފޫހިގޮތަކަ ހިންދެމުލުމަފަހު ތެދުވެ ދެފައިވައްކޮއްލާ އިށިންދެލިއެވެ. ޒުބޭދާގެ ފަންސަވީސް އަހަރުގެ ޒާހިރު ވަނީ މީގެ ދެމަސް ކުރީން މީހަކާ އިންދެގެން އެހެން ގެޔަކައް ބަދަލުވެފައެވެ. ޒުބޭދާ ބޭބެ އާއިއެކު ކުރާ މޮޅެތިކަންތައް މަތިން ހަދާާންކުރަން އިންދާ އާދައިގެމަތިން ޒުބޭދާގެ މަންމަ ޒުހުރާ އެތިވަރު ގޮވަމުން އަންނައަޑައް ފުންމައިގެން ތެދުވެ ފާހަނައާދިމާއައް ދިޔައެވެ. ޒުހުރާ އައިސް ދޮރުހުޅުވަމުން ބުނެލިއެވެ. “ޒުބޭ. އަދިވެސް ނުތެދުވަނީތަ؟ ބަލާބަ މިހާރު ގަޑިންވީވަރު. އެޔޮއް އަށެއް ޖަހަނީ.” ޒުބޭދާގެ ހިލަމެނުވުމުން ވީފާހަނައިގަކަން އެންގުމުން ހިންހަމަ ޖެހުމުގެ ނޭވައެއްލައި ކާގެއާއި ދިމާލައް ހިނގައިގަތެވެ. ޒުބޭދާ ފާހަނައިން ނިކުމެ ޑްރެސިނޓޭބަލް ކައިރީ ހުތުމައްފަހު މޫނައް ބަލައިލުމައްފަހު ހިތައްއެރިއެވެ. “ޒާހިރުބޭބެހާ އަހަރެން ރީތިނުވީ ކީވެބާ؟ ޒާހިރުބޭބެއާ ވަތަރުނުވައްވެބާ؟” މިގޮތައް އެކިއެކި ސުވާލުތައް ހިތައް އަރާފައިބަމުންދިޔައެވެ. އެގޮތައް ހުރުމައްފަހު ފުނައިނަގާ އުނަގަޑާހަމައައްއަރާ ޒުބޭދާގެއެ ވަރުގަދަ އިސްތަށިގަންޑު ފުނާއަޅާލުމައްފަހު ވޫލްކޮޅުޖަހައި ބޭރައްނިކުތީ މަންމަ ގާތަށެވެ. ޒުބޭދާނިކުމާއެކު ޒުހުރާ ބުނެލިއެވެ. “ދަރިފުޅާ ޒުބޭ ދޭބަ ބޭކަރީއިން ޕާނެއްގަނަން” ޒުބޭދާފޫހިގޮތަކައް ހޫއަޅާލުމައްފަހު ނިކުތީއެވެ. ޒުބޭދާނިކުމާއެކު ކޮންމެސް ފިރިހެނަކު ޒުބޭދާއާދިމާލައް އައިސް އޭ ޝައިމްއޭ ބުނެމައްފަހު ކައިރީ ހުއްޓިގެން ހުރީއެވެ. ޒުބޭދާ މިހާރަކު ބިރެއް ނުގަނެއެވެ. އެއީ މީގެ ދެހަފްތާކުރިންވެސް ތަކުރާރުކޮއް ވަމުން އަންނަ ކަމަކައްވާތީއެވެ. ޒުބޭދާ އަޅާވެސްނުލާ އެންގިހުރިކަމަކައް ނަހަދާ ދިޔައީއެވެ. […]