ނަލަ ނަލަ ފަތިހުގެ އަރާމުގައި ވަގުތުތައް ގުނަމުން ދިޔަ ލާރާ ގެ މޫނުމަތިން ފެންނަމުން ދިޔައީ ދިގު އިންތިޒާރަކަށް ނިމުން އަންނަ ކަމުގެ ކުލަވަރުތަކެވެ. ކޮޓަރީގެ ކުޑަދޮރުގައި ދަމާފައިވާ ފޮތިގަނޑުގެ ތެރެއިން ފޭދެމުން އައި އިރުގެ ރަން ދޯދިތައް ވެސް ދިޔައީ ، މި ކަމާނާގެ މޫނުމަތިން މި ފެންނަމުން ދާ އުފާވެރިކަމުގެ އަސްލަކީ ކޮބައިތޯ ސުވާލު އުފައްދަމުންދާ ހާލުގައެވެ . ވާނީވެސް ހަމަ އެހެންތާ އެވެ. ************ ލާރާގެ ހިތުގެ ވިންދާ ލެޔާ ގުޅިފައިވަނީ ދިގު […]
• ތުބުޅީގެ ވިދުން ގަދަ ޅަ ފުރައިގެ ޒުވާނާގެ ހަޔާތުގެ ކޮންމެ ދުވަހަކަށް ވެސް އަލި ވިލެނީ ބަރިބަރިއަށް ޖަހާލެވިފައިވާ މަހާނަ ގާތަކެއްގެ ހިޔަނީންނެވެ. ފަތިހުގެ ފިންޏާ ކޮންމެ ދުވަހަކުވެސް މި ޒުވާނާ ބައްދަލު ކުރަނީ އަތުގެ އިނގިލިތަކުން ފޮހެލާ ރަން މުތްތަކެއް ފަދަ ކަރުނައިގެ ތިކިތައް ފޮހެލަމުންނެވެ. ވަށައިގެންވާ މާހައުލަށް ބަލައިލިޔަސް ފެނިގެންދަނީ ފަސްދާނު ލެވިފައިވާ ލޯބިވެރިޔާގެ މަހާނައިގެ ޖަޒުބާތީ އިހުސާސްތަކެވެ. ޒުވާނާގެ އުމުރުގެ ބާކީ ދުވަސްތަށް ހެދަކުރާނީ މި ހިތްދަތި އިހުސާސް ތަކައިގެން […]