ގަޑިން ބާރަޖެހުމާއެކު 16 ވަނަ އުފަންދުވަސް އައިސް މަރުޙަބާ ކިޔައިފިއެވެ. އުފަލުން ނަށަމުން ކަހަލަ ގޮތަކަށެވެ. އުފާވަނީ އަހަރެންނަށް 16 އަހަރު ފުރުނީތީއެއް ނޫނެވެ. މިއަދު އަހަރެންގެ އައިޝަތާއި ދިމާވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތީމައެވެ. އަނެއްކާ މިއީ އައިޝަތަށްވެސް މުހިއްމު ދުވަހެއްކަން އަހަރެންނަށް ކަށަވަރުވެފައިވާތީއެވެ. ސަބަބަކީ އަހަރެންދެކެ އޭނާ ވާ ލޯތްބާއި، އަހަރެންނާއެކު ހޭދަކޮށްލެވޭނޭ ވަގުތަކަށް އަބަދުމެ ކުރަމުންދާ އިންތިޒާރެވެ. މިއީ އަހަރެންގެ މި ދެލޮލުން ދެކެ، ދެ އަތުން ހިފައިފައިވާފަދައިން ކަށަވަރުވެފައިވާ ޙަޤީޤަތެކެވެ. އުފަލުންގޮސް އެނދުމަތީގައި […]
މާޒީގެ ޚިޔާލުތަކުގެ އޮއިވަރުގައި އޮޔާލަމުން އަހަރެން ދަނީއެވެ. ހޭވެރިކަން އިޙްސާސް ކުރެވުނު އިރު މާޒީގެ ޞަފްޙާތައް ކަޑައްތުވެ، އޮއިސެއްލަ އަށް ވައިސެއްލައަށް ބެހިގެން އައިސް، ހުސް ޞަފުހާތައް އުކެމުން ދެއެވެ. އަހަރެންނަށް މި އޮވެވުނީ އަދިވެސް ހަރުގޭގެ ޖޯލިފަށްޗަށް ގުޅަވެގެންނެވެ. މިހެން އަހަރެންނަށް އޮވެވުނު އިރެއްވެސް ނޭނގިފައެވެ. ޖީބުގައި އޮތް ސިގިރެޓް ފޮށިން ސިގިރެޓެއް ނަގައި ރޯކޮށްފީމެވެ. އަތުގައި އޮތް ސިގިރެޓަށް ބަލައިލި ވަގުތު، ބީހިލި ފިނި ރޯޅިޔާއެކު ދެލޯ މަރާލެވުނެވެ. އެ ފިނި ފިނި ރޯޅިން […]
އާސްމާނުގެ މެހެފިލްގައިވާ ތަރިތަކުގެ ނަލަކަން، ހަނދުގެ އަލިކަމުން ފުރިހަމަކޮށްދެއެވެ. އޭގެ ދިހުމުން އަހަރެންގެ ކޮލުގައި ބީހެމުންގެންދާ ކަރުނަތައް ބަބުޅާލައެވެ. ހިނދިވަޅުގެ ތެރޭގައި ލޭރަހަ ލައްވާލާފައިވާ ތާށިކަމާއެކު އަހަރެން ހާވިޔާވަމުން ދިޔައީ ކޮންކަހަލަ ދުވެއްޔެއްގައި ހެއްޔެވެ. ވޭނީ މަންކާރަވެރިކަމުގައި ނިއްވާލި ލޯބީގެ ހުޅުކޮޅު، އަލުން ދިއްލާނީ ކިހިނަކުން ހެއްޔެވެ. އެ ދުވަސްތައް އަލުން އަނބުރައި ލިބޭނެ ބާވައެވެ. މާޒީގެ ޞަފުޙާތައް އުކަމުންގޮސް ކަންމަޅާފައިވާ ހިސާބެއްގައި މަޑުޖައްސައިލީމެވެ. އެއީ މީގެ 3 އަހަރު ކުރިއެވެ. އޭރުގައި އަހަރެންގެ ކޮންމެ ޔާރަކީވެސް […]