“ވާލެޔަކުމް ސަލާމް” “އަހަނ އަސްލަމްބެ ކިހިނެއްވީ ކަމަކުތަ އަނެއްކާ؟” ސަލާމް ގޮވާލާފައި ގޭގެ ގޭޓުން ވަދެގެން އައި އަސްލަމް ފެނި ހަޔާ ސުވާލު ކުރިއެވެ. އަސްލަމް އަކީ ހަޔާގެ ބައްޕަ ގެ ކުޑައިރުގެ ރަހްމަތްތެރި އެކެވެ. ހަޔާގެ މައިންބަފައިން މި ދުނިޔެ އާއި ވަކިވީއްސުރެވެސް އެންމެ އަޅާލާ އޯގާތެރި އެކަކީ އަސްލަމް އެވެ. އަސްލަމް އަބަދުވެސް ދެކެނީ ހަޔާ އަކީ އޭނަގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ” ނޫނޭ ކަމަކު ނޫން ކަނބުލޯ! ކޮބާ ތަ އަރަން؟ ނިދީތަ؟” ހަޔާ އިށީނދެ އިން ޖޯލި ފަތީގެ ޖޯއްޔަކަށް ވެއްޓިގަންނަމުން އަސްލަމް ސުވާލު ކޮއްލިއެވެ. “އާން މިރޭ ވަރަށް އަވަހަށް ނިދައިފި. މާދަމާ ސްކޫލަށް ދާންޖެހޭތީ އެހެންވެ. އަސްލަމްބެ ކައިފިންތަ؟” ހަޔާވެސް ކުރިން އޮތް ޖޯލީގައި އޮވެ ހަމަޖެހިލަމުން ބުނެލިއެވެ. ” އާން ކައިގެން މިއައީ. ކޮބާ ތަ ހަޔާ ގެ ބޮޑުދައިތަ ކުއްލިޔާ؟ ” އަސްލަމް އަހާލިއެވެ. “އަހަރެން މިހިރީނު މިތާ ބަދިގޭގަ. މަށައް އިވެޔޭ އަސްލަމްގެ އަޑު.” ބަދިގޭގައި ރިހަކޮޅު ހޫނުކުރަން އުނދުނަށް އުދައިގެން ހުރެ ކުއްލިޔާ ބުނެލިއެވެ. “އެހެންދޯ” ކުޑަކޮއް ހީލަމުން އަސްލަމް ބުނެލިއެވެ. “މާދަމާ ބޮވާ އެއް ލިބިދާނެތަ؟ އަރަން ބޮވާ ހަނާކޮއްގެން ކާހިތުން މިއަދުވެސް ވަރަކަށް ކިއި. އަހަރެން ބުނިން އަސްލަމްބެ ކައިރި ބުނާނަމޭ” ހަޔާ އޮވެ އަސްލަމް އާދިމާލަށް ބަލާލަމުން ބުނެލިއެވެ. ” އާން ބޯވައެއް ލިބޭތޯ ބަލާނަން، މި ދުވަސްވަރު ވިއްސާރަކަމުން ހިޔެއްނުވޭ އެކަމަކު ތިކަމެއް ވާނެ ހެނެއް” މިހެން ބުނެ އަސްލަމް ވާހަކަ ކުރިއަށް ގެންދަން އުޅުނުތަނާ ފޯނަށް މީހަކު ގުޅާތީ ފަހުން އަންނާނަން ކަމަށް ބުނެ އެގެއިން ނިކުންނަން ހިނގައިގަތެވެ. ހަޔާވެސް ޖޯލިން ތެދުވެ ގެއަށް ވަދެ ގޭގެ ދޮރު ލައްޕާ ތަންޑު އަޅުވާލިއެވެ. އަދި ބޮޑުދައިތަ ގެ ހަބަރެއް ބަލާލައިފާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެނދުގައި ނިދާފައި އޮތް އަރަން ގެ މަގަތުގައި އިށީނދެ އެކުއްޖާގެ ނިތްކުރީގައި ބޮސްދިނެވެ. އެހިނދު އަނެއްކާވެސް ނިއަލް ގެ މަތިން ހަނދާން އާވެލިއެވެ. ************************************************ އެނދުގައި ނިދާފައި އޮތް ނިއަލް ގެ ނިތުކުރީގައި ހަޔާ ފިރުމާލިއެވެ. ހަޔާ ހައިރާން ވީ ނިއަލް ލޯ މަރައިގެން އޮވެ ހިނިތުން ވެލީމައެވެ. އަދި ވަރަށް ނޫން ކަމަށް އޮވެ ތުންފަތުގައި އަތް ލަމުން ބޮސްދިނުމަށް އިޝާރާތް ކޮއްލިއެވެ. ހަޔާ ގަތް ލަދުން ނިއަލްގެ ގައިގާ ކުޑަކޮއް ޖަހާލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދާން ހިނގައިގަންނަން އުޅުނެވެ. އެހެނަސް ނިއަލް މާ ހުށިޔާރެވެ. ހަޔާގެ އަތުގައި ހިފާ ދަމައިގަތުމުން ހަޔާގެ މޫނު އައިސް ޖެހުނީ ނިއަލް ގެ މޭގައެވެ. ނިއަލް ނިކަން ބާރަށް ހަޔާ ގަޔާއި ލާ ބޮނޑިކޮއްލިއެވެ. “ދެން ދޫކޮއްލާ. މަންމަ ރުޅި ގަދަވެދާނެ. މިހާރުވެސް ހޯދާނެ ކަންނޭގެ، އަދި ކާމޭޒުމަތި ސާފު ކޮއްލަން ދާން ޖެހޭ.” ހަޔާ ނިއަލް ގެ އަތްދަށުން ސަލާމަތް ވާން މަސައްކަތް ކޮއްލަމުން ބުންޏެވެ. “މަންމަ ސާފުކޮއްލަފާނެ، އެހެންނޫނަސް ޔުސްރާ ވެސް އެބައުޅެއެންނު. ދެން ދާނެ ކަމެއް ނެތް.” ހަޔާގެ ނިތުކުރީގައި ބޮސްދެމުން ބުންޏެވެ. “ސުއްބީ، އޭރުން މިރޭ މަންމަ އަހަރެން ކޮޓަރިއަށް ވަނަވެސް ނުދޭނެ. އެހާ ގިނައިރެއް ނުވާނޭ، އަންނާނަމޭ. ޕްރޮމިސް.” ހަޔާ ނިއަލް ގެ އަތް ދުރަށް ލަމުން އެއްލޯ މަރާލުމަށްފަހު ބުންޏެވެ. **************************************************** “ހޫން ކަމަނާފާނު އަށް ކޮޓަރިކޮޅުން ނިކުމެވޭ ވަރު ވެއްޖެ ދޯ! މިހާރު ކޮން އިރެއް އެންމެން ކެއިތާ. ދެންވެސް ތިތާ ނުހުރެ ގޮސް އެތަން ސާފު ކޮއްބަލަ. އަހަރެން ހިތައްއަރާ ކޮންކަމެއް ކަމުގޮސްގެން ބާއޭ ނިއަލް އަށް މީނަ ކަމުދިޔައީ.” ކޮޓަރިން ނިކުމެގެން ބަދިގެޔައް އައި ހަޔާ ފެނުމުން ނިއަލް ގެ މަންމަ ސޯބިރާ ނިކަން ބާރަށް ރުންކުރުވެ ހުރެ އެއްފައްޗަކަށް އަމުނާލިއެވެ. އަދި ބަދިގެއިން ނިކުމެގެން ސިޓިންގް ރޫމަށް ދާން ހިނގައިގަތެވެ. ދަމުން ވަރަކަށް ހަޔާ އަށް ލޯ އަޅާލިއެވެ. ހަޔާ ހުރީ ހުރި ފިޔަވަޅުމަތީ ގުޑިލަން ނޭނގި ގަނޑުވެފައެވެ. ލޮލުން ކަރުނަ ނިރާލީ އިވިގެން ދިޔަ ތޫނު ބަސްތަކުން ހިތް ތޮރުފިގެން ދިޔަލެއް ބާރުކަމުންނެވެ. ވާނީވެސް އެހެންތާއެވެ. ނިއަލް އާއި އޭނަގެ ކައިވެނި ކުރެވުނީ ދެ އާއިލާގެވެސް ނުރުހުމުގައެވެ. ސަބަބަކީ ހަޔާ އަކީ ނިކަމެއްޗަކަށް ވުމެވެ. ނިއަލްގެ އާއިލާ އަކީ މެދު ފަންތީގެ އާއިލާ އެކެވެ. ނިއަލް ގެ މަންމަ ބޭނުންވީ ނިއަލް އެރަށުގެ މުއްސަނދި ކުއްޖަކާ ކައިވެނިކުރުވާށެވެ. ނިއަލް އާއި ހަޔާ ކައިވެނި ކޮއްގެން އެގެޔަށް އައިއްސުރެ ރުހުމުގެ ލޮލުން އޭނަ އަށް ބަލާލާ އެކަކުވެސް ނިޔަލް ފިޔަވާ އެގެޔަކު ނެތެވެ. ހަޔާ ކެތްކުރެއެވެ. ނިއަލް އަށްޓަކައެވެ. ނިޔަލް އަކީ އޭނަގެ ފުރާނައެވެ. ************************************* ހަޔާ އަށް ނިދިޖެހުނުތާ މާގިނައިރުތަކެއް ނުވެ ކުއްލިޔާ އައިސް ހަޔާގެ ކޮޓަރި ހުޅުވާ ބަލާލިއެވެ. އޭރު ހަޔާ އާއި އަރަން ވެސް އޮތީ ގަދަ ނިދީ ގައެވެ. ދޮރު ލައްޕާލާފައި ކުއްލިޔާވެސް ވަނީ އޭނަގެ ކޮޓަރިއަށެވެ. (ނުނިމޭ)
ޖެހެމުން ދިޔަ ވައި މަޑުވެ، ވެހެމުން ދިޔަ ވާރޭ ހުއްޓި، ކުއްލިއަކަށް މޫސުން ރީތި ވެއްޖެއެވެ. ވާރޭ ހުއްޓާލަންދެން ގެއެއްގެ އަސްކަނި ދަށައް ހިޔާވަހިކަމެއް ހޯދުމަށް ވަދެ ހުރި ހަޔާ އަށް ބަލާލެވުނީ އަދިވެސް އެއްފަހަރު އުޑުމައްޗާ ދިމާލަށެވެ. އެއްކޮށް ވާރޭ ހުއްޓިއްޖެ ކަން ޔަގީން ވީމާ ބާރަށް ހިނގައިގަނެވިއްޖެއެވެ. ހީވާ ގޮތުން ކޮންމެވެސް ތާކަށް ދާން ލަސްވެގެން އުޅޭހެންނެވެ. ކުރިއަށް އޮތް މަގުގެ ކަންމައްޗައް ވާގޮތައް ހަދާފަ ހުރި ގޭގެ ގޭޓު ކުރިމައްޗަށް އަރާ ހަމަ […]
3ވަނަ ބައި “އައްދެ މަ ހީކުރީ ތަންކޮޅެއް އަވަސް ކަމަށް އަދި އާދެވުނުލެއް، މިހާރުވެސް މީހަކު ތުމުގަ ސޮންދި އެލިފަ ވިއްޔަ” މާހިން އަޔޫމީ އަށް ލޯ ހަނި ކޮއްލަމުން ބުނެލިއެވެ. އަޔޫމީ ހުރީ މާހިން އަށް ނުބަލަން ކަމަށް ސައިޑަކަށް އެނބުރިގެންނެވެ. މާހިން އަށް މަޖާވިއެވެ. “މާހިން ބްރޯ! އެނގޭތަ މި އަޔޫ އެއުޅެނީ އޭނަ ފަހަތުން މީހަކު އަޅައިގަނެގެންނު. ދޯ އަޔޫ! އަދި އަޔޫ ވެސް ބުނީ އޭނަ ހާދަ ރީއްޗޯ” ޝެލީ […]
ދެެެެެވަަނަ ބައި ބާރުސްޕީޑް ގައި ކާރު ގޮސް މަޑު ކޮއްލީ ޔަނީޝް ގެ ގޭގެ ގޭޓު ކުރިމަތީގައެވެ.. އޭރު އެތާ ޕޭމެންޓު މަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔަނީޝް ހުރީ އަރަމް އޭނަ ބަލާ އަންނާނެ އިރަކަށެވެ. ކާރު މަޑު ކޮއްލުމުން ދުވެފައި ގޮސް ޔަނީޝް ކާރުގެ ދޮރުފަތް ހުޅުވާލާފައި އިށިއިނދެއްޖެ އެވެ.. ” ކީއްވެ ލަސްވީ ” ޔަނީޝް ހަމަ ޖެހިލަމުން ސުވާލު ކޮއްލިއެވެ. ” މަންމަ ބުނެގެން ކުޑަމަސައްކަތެއް ކޮއްލީ.. ތިއެއް ނޫނޭ ކޮންކަހަލަ […]
މަގުމަތީގެ ހަލަބޮލިކަން އިތުރު ގަޑިއަކީ ހަވީރު ގަޑިއެވެ. ޕޭވްމަންޓު މަތީ ހިނގުމަކީވެސް އުނދަގޫ ކަމެކެވެ. ހަމަ އެގޮތަށް އާޓިފިޝަލް ބީޗުގައިވެސް މީހުން އެހާ ގިނަ ގަޑި އެކެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން މަޖާ ނަގާއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. އަރަމް ވެސް ޔަނީޝް އާ އެކު އެތަނަށް ދާން ނިކުތީ ހަވީރު ގަޑި ވީމަ ފިނިވައިކޮޅެއް ހޯދާލުމުގެ ނިޔަތުގައެވެ. އަރަމް ގޮސް ކާރު ޕާކް ކޮއްލާފައި މަގުމަތީ މަޑުކޮއްލީ އަރަމް ގެ ބެސްޓު ފުރެންޑް ޔަނީޝް ފައިބަންދެނެވެ. […]