އަންހެނެއްގެ ވޭނީ ދިރިއުޅުމެކެވެ. ޖިސްމާނީ އަނިޔާއެއް އޭނާގެ ހަށިގަނޑުގައި ނުވި ނަމަވެސް އެހިތުގައި އަޅަމުން ދިޔަ ވޭނަކީ ދުލުން ބުނެދެވޭނެ ފަދަ ވޭނަކާއި ކެކުޅުމެއް ނޫނެވެ. ޑޮކްޓަރުން އުއްމީދު ކަނޑައިލި ނަމަވެސް އޭނާ އުއްމީދު ކަނޑައިލުމެއް ނެތި ދުޢާ ކުރުމުގައި ދެމިހުރެއެވެ. الله އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހެއް ކަން ފިރިމީހާއަށް ހަނދާން ކޮށްދެއެވެ. ދުނިޔޭގެ އެތައް ހިސާބަކަށް ދަތުރު ކުރިއެވެ. އެތައް ފައިސާއެއް ޚަރަދުކޮށް އެތައް ޓެސްޓުތަކެއް ހެދިއެވެ. […]
އައިރާ ފެންކަޅިވެފައިވާ ދެލޮލުން މަންމަގެ މޫނަށް ބަލައިލީ ފަޚުރުވެރި ކަމާއެކުގައެވެ. ކެތްތެރިކަމާއެކު އޭނާ ކުރި ބުރަ މަސައްކަތުން މިއަދު އޭނާގެ ހުވަފެން ކާމިޔާބު ވެއްޖެއެވެ. ކަޑައްތު ކުރަން ޖެހުނު ރާސްތާ ކިތަންމެ އަނދިރިވި ކަމުގައިވިޔަސް އޭނާގެ ހިތުގައިވާ ކުޑަކުޑަ އުއްމީދުގެ ހުޅުކޮޅުގެ އަލީގައި އެރާސްތާ ކަޑައްތުކޮށް މަންޒިލަށް ފޯރައިފިއެވެ. އައިރާގެ ދެލޮލުން ކަރުނަތައް ފައިބައިގަތީ އޭނާއަށް ވެސް ނޭނގި ހުއްޓައެވެ. އޭނާގެ މޫނުން އުފާވެރިކަމުގެ ހިނިތުންވުން ފިލައިގެން ނުދެއެވެ. އެއީ […]