Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަ

އުއްމީދުގެ ހުޅުކޮޅު

sajnaa Level 1
December 20, 2024 3 Mins Read
13 Comments

    އައިރާ ފެންކަޅިވެފައިވާ ދެލޮލުން މަންމަގެ މޫނަށް ބަލައިލީ ފަޚުރުވެރި ކަމާއެކުގައެވެ. ކެތްތެރިކަމާއެކު އޭނާ ކުރި ބުރަ މަސައްކަތުން މިއަދު އޭނާގެ ހުވަފެން ކާމިޔާބު ވެއްޖެއެވެ. ކަޑައްތު ކުރަން ޖެހުނު ރާސްތާ ކިތަންމެ އަނދިރިވި ކަމުގައިވިޔަސް އޭނާގެ ހިތުގައިވާ ކުޑަކުޑަ އުއްމީދުގެ ހުޅުކޮޅުގެ އަލީގައި އެރާސްތާ ކަޑައްތުކޮށް މަންޒިލަށް ފޯރައިފިއެވެ. އައިރާގެ ދެލޮލުން ކަރުނަތައް ފައިބައިގަތީ އޭނާއަށް ވެސް ނޭނގި ހުއްޓައެވެ. އޭނާގެ މޫނުން އުފާވެރިކަމުގެ ހިނިތުންވުން ފިލައިގެން ނުދެއެވެ.

      އެއީ މީގެ ދެ އަހަރު ކުރިއެވެ. އައިރާ އަކީ ހަސީނާ އާއި އަރީޒުގެ ހުރި ހަމައެކަނި ފުރާނައެވެ. ހަސީނާގެ ދެލޮލުގެ ނޫރު ފަދައިން ލޯބިވާ އޭނާގެ ދަރިފުޅަށް ޓަކައި އޭނާ ނުވާކަށް ގުރުބާނީއެއް ނެތެވެ. އައިރާ އުފަންވީ އިރު ވެސް އަރީޒަކީ އުޅުމެއް އަޚްލާގެއް ހުރި މީހެއް ނޫނެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި އަރީޒު ވަނީ މުޅިން ހަލާކުވެފައެވެ. އޭނާ ވޭތުވެދިޔަ ދިހަ އަހަރު ދުވަސް ހޭދަކުރީ ޖަލުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައިރާ ވިހެއުމަށް ފަހު ވެސް ހަސީނާ ގޭގޭގައި މަސައްކަތް ކޮށްގެން ހޯދާ ފައިސާ ކޮޅު ވެސް ގިނަ ފަހަރަށް އަރީޒު އަތުލަނީއެވެ. އައިރާއަށް ހަމަސް ވީފަހުން އަރީޒު ހަސީނާއަށް އަނިޔާ ކުރަން ފެށިއެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނެ ކަމަށް ޓަކައި ހަސީނާ ދިރިއުޅުން ބަދަލުކުރީ އޭނާގެ އަމިއްލަ ރަށަށެވެ.

     އައިރާ ބޮޑުވަމުން ދިޔައީ ވަރަށް ދަތި ހާލުގައި އުޅެމުންނެވެ. އެއުމުރުގެ އެހެން ކުދިން ގެންގުޅޭ ގިނަ އެއްޗެހި އެއިރާއަކަށް ނުލިބެއެވެ. ނަމަވެސް އައިރާ އެކަމާ  ޝަކުވާއެއް ނުކުރެއެވެ. ސުކޫލަށް ދާން ފެށުމާއެކު މުދައްރިސުން އައިރާގެ ވިސްނުންތޫނުކަމާއި ހުނަރުވެރިކަމަށް ތައުރީފުކުރަން ފެށިއެވެ. އަދި ސުކޫލުގައި ބާއްވާ އެކި މުބާރާތްތަކުން މަތީ ވަނަތައް ހާސިލްކުރަމުން ދިޔުމުގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި އައިރާ މަޤުބޫލުވެގެން ދިޔައެވެ. އައިރާގެ މަސައްކަތް ފެނި ހަސީނާ އުފާކުރެއެވެ. އޭނާ ކުރާ މަސައްކަތުން ލިބޭ ކުޑަ ފައިސާކޮޅުން އައިރާގެ ހުރިހާ ބޭނުންތައް ފުރިހަމައަށް ފުއްދައި ނުދެވޭތީ އޭނާ ހިތާމަކުރެއެވެ. ނަމަވެސް އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ.

    އައިރާ ގްރޭޑު ނުވައެއްގައި ކިޔަވަމުން ދިޔަ އަހަރެވެ. ރަށު މީހުންގެ ފަރާތުން އޭނާގެ ބައްޕައޭ ކިޔައި ވާހަކަތަކެއް އިވެން ފެށުމުން މުޅި އުމުރުގައިވެސް އެންމެ ފުރަތަމަ ފަހަރަށް އޭނާގެ ބައްޕައާއި ބެހޭގޮތުން އައިރާގެ ހިތުގައިވާ ސުވާލުތައް ހަސީނާއަށް ބަންޑުންކޮށްލިއެވެ. ހަސީނާ ހިތްވަރު ކޮށްފައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އައިރާގެ ލޮލުން ކަރުނަ ހިލުނެވެ. ހިތުގައި ބުނެދެން ނޭނގޭ އިހުސާސްތަކެއް އުފެދިގެން ދިޔައެވެ. އޭނާގެ މަންމަ ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކޮށްދޭނެ ކަމަށް ބުނެ މަންމަގެ މޫނު ފުހެލަދިނެވެ. އޭގެ ހަފްތާއެއް ފަހުން އަތޮޅު ސުކޫލުތަކުގެ މެދުގައި ބޭއްވި ބަހުސް މުބާރާތުގައި ބައިވެރިވުމަށް ސުކޫލުގެ މުދައްރިސުންނާއި ބެލެނިވެރިންނާއެކު އައިރާ ރ.މީދޫއަށް ދިޔައެވެ. މުބާރާތް ނިމުމަށްފަހު ރެސްޓޯރެންޓަކަށް ހުރިހާ ކުދިންނާއެކު ދިޔައެވެ.

    މިރެސްޓޯރެންޓަށް ވަނީއްސުރެ ފިރެހެނަކު އޭނާއަށް ބަލަމުން ދިޔަކަން އައިރާއަށް ފާހަގަވިއެވެ. މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް އެ މީހާގެ ބެލުންތަކުގެ ސަބަބުން އައިރާއަށް އުނދަގޫވަމުން ދިޔައެވެ. ކައި ނިމުމަށްފަހު އެހެން ކުދިންނަށްވުރެ ކުރިން އެތަނުން އައިރާ ނިކުތެވެ. ތިރީގައި ހުރި ސައިކަލުތަކުން ސައިކަލެއްގައި އިށީނދެލައިގެން އިންދައި އެއްކަލަ ފިރިހެން މީހާގޮސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. ބޮލުގެ އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ދިގުކޮށް ހުރިއިރު ލައިގެން ހުރީ ގޮޅިޖެހި ގަމީހެކެވެ. ޖިންސު އުނަގަނޑުން ތިރިއަށް ވެއްޓިފައި އޮތްއިރު އަތްފަޔާއި ކަރުގައި ފާޑުފާޑުގެ ޗޭނުތައް އަޅައިފައި ހުއްޓެވެ. އައިރާއަށް ބަލަން ހުރެ ކޮން ނަމެއްތޯ ކިޔަނީ އޭނާ އަހައިލިއެވެ. އެއްވެސް ޖަވާބެއް ދިނުމެއް ނެތި އައިރާ އޭނާއާއި ދުރަށް ހިނގައިގަތެވެ. އެވަގުތު އެ ފިރިހެން މީހާ އޭނާގެ މަންމަގެ ނަމުން ގޮވާލިއެވެ. އައިރާގެ ދެފައި ކުއްލިއަކަށް ގަނޑުވި ކަހަލައެވެ. އޭނާއަށް މަންމަގެ ނަމުން އެމީހާ ގޮވީ ކީއްވެ ކަމާއި މެދު ސުވާލު އުފެދުނެވެ. އެމީހާއަށް މަންމަ އެނގެނީ ކިހިނެއްބާއެވެ؟ ފަހަތަށް އެނބުރި ބަލައިލުމާއެކު އޭނާ ހިނިތުން ވެލިއެވެ.

     އަރީޒަށް ކުރިމަތީ ހުރި ކުއްޖާގެ މޫނުމަތިން ހަސީނާ ސޫރަ ސިފަވިއެވެ. އެއީ އޭނާގެ ދަރިފުޅުކަން އެނގުމުން ހިތަށް ބަޔާންކުރަން ދަތި އިހުސާސްތަކެއް ވެރިވެގަތެވެ. އެއާއެކު އޭނާގެ ދުލުން ދެން ބޭރުވި ބަހާއެކު އެކުއްޖާގެ ދެލޯ ފެންކަޅިވިތަން ފެނުނެވެ. “ދަރިފުޅާ” އަރީޒުގެ އަޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. އެވަގުތު ކާން ދިޔަ ކުދިން ލަސްވެގެން ކޮބައިތޯ ބަލަން ހަސީނާ އެތަނަށް އައެވެ. އަރީޒުގެ މޫނު ފެނުމާއެކު ހަސީނާ އައިރާގެ އަތުގައި ހިފައި ދުރަށް ޖެއްސިއެވެ. ހަސީނާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަން ކަމެއް ނުވަތަ ހިތާމައާއި ވޭންކަމެއް ބުނެދޭކަށް ނޭނގެއެވެ. “މަގޭ ދަރިފުޅާ ކައިރި ނުވާތި. މިއީ ހަމައެކަނި އަހަރެންގެ ދަރިއެއް.” ރުޅިއާއި ވޭން އެކުލެވިފައިވާ ހަސީނާގެ އަޑު އަރީޒަށް އިވުމާއެކު އިތުރު ބަހެއް ބުނުމެއް ނެތި ފަސް އެނބުރި ދާން ހިނގައިގަތެވެ.

     އެދުވަހުން ފެށިގެން އައިރާ އިތުރު ހިތްވަރަކާއި އެކު ކިޔެވުމުގައި ކުރިއަރަމުން ދިޔައެވެ. އޭނާގެ ހަމައެކަނި އުއްމީދަކަށްވީ މަންމަ ފަޚުރުވެރި ވާނޭ ފަދަ ދަރިއަކަށް ވުމެވެ.ނަތީޖާ އަކަށްވީ އޭނާކުރި މަސައްކަތުން އެއްވެސް ޓިއުޝަނަކަށް ދިއުމެއް ނެތި ދިހަ އަހަރުދުވަހުގެ ކިޔެވުން ނިންމާލައި އޯލެވެލް އިމްތިހާނުން މުޅިރާއްޖެއިން އެއްވަނައިގައި ހިމެނުމެވެ. އޭނާ ދިރިއުޅުމުގެ ރާސްތާ ކަޑައްތުކުރުމަށް އެހިތުގައިވި އުއްމީދުގެ ފަނޑު ހުޅުކޮޅު ނިވުނަނުދިނުމަށް މަންމަ ކޮށްދިން މިންނެތް މަސައްކަތުގެ އަގު އަދާކޮށްދިނުމީ ނުވާނެ ކަމެކެވެ. އެހެންނަމަވެސް މަންމަގެ އެހިނިތުންވުމުގެ ސަބަބަކީ އޭނާގެ ކާމިޔާބީކަން އެނގުމުން އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. އޭނާ ޢަޒުމް ކަނޑައެޅީ އަބަދުވެސް މަންމަ އުފަލުގައި ބެހެއްޓުމަށެވެ. ހަޔާތުގެ ކުރިއަށް އޮތް ރާސްތާގައި ވެސް މަންމަ ދިއްލައިދިން ހުޅުކޮޅުގެ އަލީގައި ކުރިއަށް ދިޔުމަށެވެ.

– ނިމުނީ –

ނޯޓް: ސަލާމް! މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައަށްވުމުން ކިޔުންތެރިން މިވާހަކައާއި މެދު ދެކޭގޮތް ހާމަކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

Share Article

Follow Me Written By

sajnaa

Level 1

Taking step by step to the destination 🦋 Reading & writing are my favorite things to do 📚

Other Articles

Previous

އަވާމެންދުރު ފެނުމުން

Next

ބޭވަފާތެރިޔަކީމޭ 22

Next
December 20, 2024

ބޭވަފާތެރިޔަކީމޭ 22

Previews
December 20, 2024

އަވާމެންދުރު ފެނުމުން

13 Comments!

  1. Your fav bab says:
    December 20, 2024 at 7:45 pm

    Very moral story

    1. sajnaa says:
      December 20, 2024 at 9:22 pm

      Thank you!

  2. shimraah17 says:
    December 20, 2024 at 8:26 pm

    Amazing Story, Looking forward to read more from you 😍

  3. Your Fav Person says:
    December 20, 2024 at 9:41 pm

    Very Beautiful Story, Looking Forward To Read More From You 😍

    1. sajnaa says:
      December 23, 2024 at 12:17 pm

      Thankiu sm!

  4. Your fav Someone says:
    December 21, 2024 at 10:19 am

    V reethi mi story

    1. sajnaa says:
      December 23, 2024 at 12:17 pm

      Thank you!

  5. Bubbbuuuuu says:
    December 21, 2024 at 12:49 pm

    It’s very moral story
    But this being your first story it’s really really goood
    Hope I get to read love stories tooo 👀
    Looking forward to read more from youuuuuu
    Lots of love ❤️

    1. sajnaa says:
      December 23, 2024 at 12:19 pm

      Thankiuu! More stories coming up soon Insha Allah 🫶🏻

  6. Tuliplover Tuleep says:
    December 23, 2024 at 4:48 am

    Love it

    1. sajnaa says:
      December 26, 2024 at 7:44 pm

      Thankiu!

  7. Anonymous says:
    December 31, 2024 at 11:29 am

    😍 very nice story! Is there a sequel?

  8. ނަމެއް ނެތް ޝާއިރެއް says:
    December 31, 2024 at 11:30 am

    😍 very nice story! Is there a sequel?

Comments are closed.



All Right Reserved!