Skip to content
އެސްފިޔަ

ދުލެއްގެ ސާބިތު ގޮވުން ( ޓްރެއިލާ )

    އަންހެނެއްގެ ވޭނީ ދިރިއުޅުމެކެވެ. ޖިސްމާނީ އަނިޔާއެއް އޭނާގެ ހަށިގަނޑުގައި ނުވި ނަމަވެސް އެހިތުގައި އަޅަމުން ދިޔަ ވޭނަކީ ދުލުން ބުނެދެވޭނެ ފަދަ ވޭނަކާއި ކެކުޅުމެއް ނޫނެވެ.

   ޑޮކްޓަރުން އުއްމީދު ކަނޑައިލި ނަމަވެސް އޭނާ އުއްމީދު ކަނޑައިލުމެއް ނެތި ދުޢާ ކުރުމުގައި ދެމިހުރެއެވެ. الله އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހެއް ކަން ފިރިމީހާއަށް ހަނދާން ކޮށްދެއެވެ.

   ދުނިޔޭގެ އެތައް ހިސާބަކަށް ދަތުރު ކުރިއެވެ. އެތައް ފައިސާއެއް ޚަރަދުކޮށް އެތައް ޓެސްޓުތަކެއް ހެދިއެވެ. އެތައް ބޭސްތަކެއް ބޭނުން ކުރެވިއްޖެއެވެ. ލިބެނީ ހަމަ އެއް ޖަވާބެކެވެ. އާއިލާއިން އުއްމީދު ކަނޑައިލައެވެ. މިއީ މިންވަރު ކުރެއްވި ގޮތް ކަމަށް ބުނެ ދެން އެކަމާ ނޫޅުމަށް ބުނެއެވެ. ނަމަވެސް ދެމަފިރިންގެ ހިތްވަރަކަށް، އުއްމީދަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ.

   “މާތް ރަސްކަލާކޮ، މިއަޅާގެ ގޮވުންތައް އިބަ އިލާހު އަޑުއައްސަވާނދޭ. އިބަ އިލާހު ހެޔޮ ގޮތެއް މެނުވީ މިންވަރު ނުކުރައްވާނެ ކަން މިއަޅާ ގަބޫލުކުރަން. މިއަޅާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.”

ހުއްޓުމެއް ނެތި ކޮންމެ ދުވަހަކުމެ އެތައް ފަހަރަކު މި ގޮވާލާ ގޮވާލުމަށް އިޖާބަ ދެއްވާނެ ބާއެވެ؟

ނޯޓް: މިއީ އަޅުގަނޑުގެ އެންމެ ފުރަތަމަ ދިގު ވާހަކައިގެ ކުރު ޓްރެއިލާ އެއް. އިންތިޒާރުކޮށްލައްވާ

Comments (2)

  1. Your fav bab

    It looks like it’s gonna be interesting
    Wohoooooooooo!!!!!
    The trailer is very nice
    Waiting for u to start the story

  2. Tuleep

    Very nice waiting for next part 🫀

Comments are closed.