ޑޮކްޓަރުގެ ހުއްދަ ލިބުމާއެކު އަޒާން ޔަޝާ ބޭރަށް ފުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސިއެވެ. އަޒާން ނިންމީ ޒަކީއާ މޫނިސާއެކު ޔަޝާ ގޮވައިގެން ބޭރަށް ފުރުމަށެވެ. ޑޮކްޓަރާއި ވާހަކަދެއްކުމަށްފަހު އަޒާން ދިޔައީ ޒަކީމެން ގާތަށް ކެންޓީނަށެވެ. “ދަރިފުޅާ އަޒާން.. ޒަކީބެއަށް އެކަނި މެނޭޖުވާނެއޭ. ވިޔަފާރި ބަލަހައްޓަން މިދުވަސްކޮޅު ދަރިފުޅު ހުރުން މުހިއްމު ކަންނޭނގެ.މޫނިސާގެ ހާލުވެސް މަޑުމަޑުން ރަނގަޅު ވަމުން އެދަނީ މިހާރު. ދަރިފުޅު ހުރިހާ ހަރަދެއްވެސް ތިކުރީ ޒަކީބެ އަށް އަންގާނުލާ”ޒަކީ އިނީ ފެންކަޅިވެފައެވެ. “ޒަކީބޭ! ހަމަ އެހާ […]
އެމަރޖެންސީ ރޫމުން ނިކުމެގެން އައި ޑަކްޓަރު ފެނުމުން އަޒާން އަވަސްއަވަހަށް އެ ދިމާލަށް ދިޔައެވެ.”ޑަކްޓަރ؟ ޔަޝާ ކިހިނެއްތޯ؟” ޑަކްޓަރު ފުން ނޭވާއެއް ލުމަށް ފަހު ޖަވާބުދިނެވެ. ޕޭޝަންޓް އަދިވެސް ސްޓޭބަލް އެއް ނޫން. އެކްސިޑެންޓްގެ ސަބަބުން ޕޭޝަންޓްގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. ސިކުނޑިއަށް ވެސް ކޮންމެވެސް ވަރަަކަށް ލޭ އެޅިފައި ހުރީ. ބޮލަށް ލިބިފައި ހުރި އަނިޔާގެ ސަބަބުން ޔަޝާގެ މެމޮރީ ލޮސްވުން އެކަށީގެންވޭ. އެކަމަކު ދުވަސްކޮޅެއް ވާނީ. ހަނދާންތައް އަނބުރާ އަންނާނެ. އެކަމަކު […]
ބާރު ދުވެލީގައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ޖެހުނީ ބްްރިޖް ހައިވޭގައި ހުރި ހޮޅިދަނޑިއެއްގައެވެ. އެއާއެކު ގުގުމާލީ އެމްބިއުލެންސްގެ ސައިރެންގެ އަޑެވެ. ހުރިހާ އެންމެން އެތަނަށް އެއްވާން ފެށިއެވެ. ކާރު ތެރޭގައި ލެއިން ތަތްތެޅިފައި އޮތީ ޒުވާން އަންހެން ކުއްޖެކެވެ.އެ އަންހެން ކުއްޖާގެ ބޮލުން ހޯސްލާފައި ލެއި ފައިބަމުން ދިޔައެވެ. ފުލުހުން ވެސް އެތަނުގައި ހަރަކާތްތެރިވިއެވެ. ފުލުހުންނާއި އެތަނަށް އެއްވެ ތިބި އާންމުންގެ އެހީގައި އެ އަންހެންކުއްޖާ އެމްބިއުލާންސް އަށް އަރުވައިގެން ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ޒަކީ […]