ޔަޝާ-2
އެމަރޖެންސީ ރޫމުން ނިކުމެގެން އައި ޑަކްޓަރު ފެނުމުން އަޒާން އަވަސްއަވަހަށް އެ ދިމާލަށް ދިޔައެވެ.”ޑަކްޓަރ؟ ޔަޝާ ކިހިނެއްތޯ؟” ޑަކްޓަރު ފުން ނޭވާއެއް ލުމަށް ފަހު ޖަވާބުދިނެވެ.
ޕޭޝަންޓް އަދިވެސް ސްޓޭބަލް އެއް ނޫން. އެކްސިޑެންޓްގެ ސަބަބުން ޕޭޝަންޓްގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. ސިކުނޑިއަށް ވެސް ކޮންމެވެސް ވަރަަކަށް ލޭ އެޅިފައި ހުރީ. ބޮލަށް ލިބިފައި ހުރި އަނިޔާގެ ސަބަބުން ޔަޝާގެ މެމޮރީ ލޮސްވުން އެކަށީގެންވޭ. އެކަމަކު ދުވަސްކޮޅެއް ވާނީ. ހަނދާންތައް އަނބުރާ އަންނާނެ. އެކަމަކު އެއްވެސް ވަރަކަށް ޕްރެޝަރު ނުކުރާތި ހަނދާންތައް އަނބުރާ ގެންނަން. ނޫނީ، އިތުރަށް ގޯސްވެދާނެ. ދެން ފައި އިނީ ޕެރެލައިޒް ވެފައި. ދެފައިވެސް. ނަސީބަކުން އުނަގަނޑުން ފެށިގެން މަތި އޯކޭ ކޮށް އިނީ. އެވެސް ވަރަށް ބޮޑު ވަރު. ނޫންނަމަ ވަރަށް އުނދަގޫ ވާނެ އަސްލު ރަނގަޅުކުރަން. މިހާރު ފައި އެއިން ވަރުން ޔަޝާއަށް ހިނގޭނެ. އެކަމަކު ދުވަސް ނަގާނެ. ޔަޝާ ވަނީ ވަރަށް ބާރުގަދަ ޑްރަގް ޕިލްއެއް ނަގާފައި، އެކަމަކުގެ ސަބަބުން ލަފާކުރެވެނީ އެކްސިޑެންޓް ވީ އޯވަރޑޯޒްވެގެން ކަމަށް. ޔަޝާގެ ލިވަރ ވެސް އިނީ ހަލާކުވެފައި. ޕޭޝަންޓް ޖެހިދާނެ ލިވަރ ޓްރާންސްޕްލާންޓް ކުރަންވެސް، އެއީ ލިވަރަ ގައި މިހާރު އިނީ ކުޑަކުޑަ ޕަސެންޓްއެއް. އޯ ޕޮޒިޓިވް ޑޯނަރ އެއް އެބަ ބޭނުންވޭ، އަވަހަށް އެރޭންޖް ކޮއްލައްޗެ ޕޭޝަންޓް އަށް. އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން މި ދެއްކީ އެއް. އަޅުގަނޑު މަސައްކަތްކުރާނަން ޕޭޝަންޓް ރަނގަޅުކުރަން. ބޭނުންވަނީ ތިކޮޅުގެ ދުޢާ. ” އަޒާންގެ ކޮނޑުގައި ޖަހާލުމަށްފަހު ޑަކްޓަރު ދިޔައެވެ.
ޑަކްޓަރު ދިޔަތާ ދެ މިނެޓް ނުވެ މޫނިސާ ހޮސްޕިޓަލް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. ހުރި ހަމައެކަނި އެދަނީ މަރާ ހަނގުރާމަކުރަމުންނެވެ. ޒަކީ ވެސް ހުރީ ގަބު ކައިފައެވެ. އަންހެނުން ތަޅުންގަނޑު މަތީ ހޭނެތިފައި އޮތް އިރުވެސް ނަގާކަށް ނޫޅުނެވެ. ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. އަޒާން ގެ މޫނުމަތިންވެސް ފެނުނީ މާޔޫސްކަމާއި ހިތްދަތިކަމެވެ. މޫނިސާ ތަޅުންގަނޑު މަތީ ވެއްޓިފައި އޮއްވާ ނަރުސްކުދިންގެ އެހީގައި ނަގައިގެން ފަރުވާދިނުމަށް ގެންދިޔައެވެ. އަޒާން އަވަސްވެގަތީ ޑޯނަރެއް ހޯދުމަށެވެ.
އިލްޔާސް ޒަކީގައި ގައި ހިފަހައްޓާ ތަޅުވާލިއެވެ.” ޒަކީ. ޒަކީ. މިއީ ޒަކީ ހިތްވަރުކުރަންވީ ވަގުތު. އިންޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. ދުޢާ ކުރޭ. ޔަޝާ އަދި ރަނގަޅުވާނެ. ދެރަގޮތެއް ނުވާނެ” ޒަކީ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން މޫނިސާ ގާތަށް ދިޔައެވެ. ޝާޒްލީ އާއި ޒުހައިރާ މޫނިސާ ކައިރީ އޭނާއަށް ހިތްވަރުދިނުމަށް ތިއްބެވެ.
އަޒާން އޭނާގެ ރައްޓެހިންނަށް ގުޅަމުން ދިޔައީ ޔަޝާއަށް ލޭ ހޯދުމަށެވެ. ހާސްވެފައި ހުރެ އެކި މީހުންނަށް ގުޅަމުން ދިޔައެވެ. އަޒާން ފޯނު ބާއްވަމުން ބުންޏެވެ. ޔަޝާގެ ލެއާއި ދިމާވާނެ މީހެއް.. ކާކުބާ؟ ޕިސް ޕިސް…” އަޒާން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ކޮނޑުގައި ޖަހާލަމުންނެވެ. “ހާދަ ހާސްވެފައި. ޔަޝާ އޯކޭތަ މިހާރު. ކައެ އަށް ގުޅާފަ އިންނާނެ ފޯނަކަށް ނާރާވިއްޔާ. އެންމެ ފަހުން ޝާޒް އަށް ގުޅައިގެން މިތަނަށް މިއައީ.” ރަވީ އަކީ ޔަޝާއާއި އަޒާންގެ ކުލާސް ކުއްޖެކެވެ. “ޔަޝާ އޯކޭ އެއް ނޫން.” އަޒާން ރަވީ ގައިގައި ބައްދައިގަތެވެ.
” އޭ ކައެ ހަމަޖެހިބަލަ ނުރޮއެބަލަ. ޝާޒް ބުނި ޑޯނަރ އެއް ހޯދާ ވާހަކަ. އެހެންވެ އަސްލު ޑިއުޓީގައި ހުރެފައި މިއައީވެސް. އަހަރެން ގައިގައި ވެސް ހުންނަނީ އޯ ޕޮޒިޓިވް.” އަޒާން ކަރުނަތައް ފޮހެލަމުން ދިޔައީ ރަވީ ގޮވައިގެން ޔަޝާއަށް ލޭ ހަމަޖެއްސުމަށެވެ.
ހާމަނުކުރިއަސް އަޒާން އިންތިހާއަށް ޔަޝާ ދެކެ ލޯބިވެއެވެ. އެހެން ނަމަވެސް، ޔަޝާގެ ހިތުގައި އޭނާއާ ދޭތެރޭ އޮންނަނީ ކޯއްޗެއް ކަމެއް ނޭނގޭތީ ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ. ޔަޝާއާއެކު ޒަވާޖީ ހަޔާތެއް ފެށުމަށް އަޒާން އަބަދުވެސް އުއްމީދުކުރެއެވެ. ޔަޝާއަކީ އަޒާން ބޭނުންވާ ކަހަަލަ ކުއްޖެކެވެ. މަޑުމައިތިރި، އަޚުލާގު ރަނގަޅު ކުއްޖެކެވެ. ގުދުރަތުން ޔަޝާއަށް ދެއްވައިފައިވަނީ އާދަޔާ ޚިލާފު ރީތިކަމެކެވެ. އަޒާން ބޭނުންވަނީ ކޮންމެ ގުރުބާނީއެއް ވެގެން ވެސް ޔަޝާ ރަނގަޅުކުރާށެވެ.
2 Comments!
Comments are closed.

okay i like the mysterious vibe abt yashas life on this story but the part ge length needs some serious working
When’s next? Curiously waiting…..