Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featured

ޔަޝާ-1

rooyerrr Level 1
March 5, 2025 3 Mins Read
1 Comment

ބާރު ދުވެލީގައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ޖެހުނީ ބްްރިޖް ހައިވޭގައި ހުރި ހޮޅިދަނޑިއެއްގައެވެ. އެއާއެކު ގުގުމާލީ އެމްބިއުލެންސްގެ ސައިރެންގެ އަޑެވެ. ހުރިހާ އެންމެން އެތަނަށް އެއްވާން ފެށިއެވެ. ކާރު ތެރޭގައި ލެއިން ތަތްތެޅިފައި އޮތީ ޒުވާން އަންހެން ކުއްޖެކެވެ.އެ އަންހެން ކުއްޖާގެ ބޮލުން ހޯސްލާފައި ލެއި ފައިބަމުން ދިޔައެވެ. ފުލުހުން ވެސް  އެތަނުގައި ހަރަކާތްތެރިވިއެވެ. ފުލުހުންނާއި އެތަނަށް އެއްވެ ތިބި އާންމުންގެ އެހީގައި އެ އަންހެންކުއްޖާ އެމްބިއުލާންސް އަށް އަރުވައިގެން ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.

ޒަކީ އިނީ ބެލްކަނީގައި ވާހަކަ ފޮތެއް ކިޔާށެވެ.” ޒަކީ. ހާދަހާ އިރެއް ވެއްޖެއޭ މި ފޯނެއް ރިންގްވާތާ. ސޭވް ކޮށްފަވެސް އިން ނަމްބަރެއް ނޫން. އޮފީހުން ކަންނޭނގެ ދޯ.” ގޭތެރެއިން ފޯނު ހިފައިގެން ނިކުންނަމުން މޫނިސާ ބުންޏެވެ. “އޮފީހު ހުރިހާ އެންމެންގެ ނަމްބަރު ވެސް ސޭވް ކޮށްފަ އިންނާނީ. ނެގީމަ އިނގިދާނު.” ޒަކީ ފޯނު ކަންފަތުގައި ޖަހަމުން ބުންޏެވެ.
” ކީކޭ؟ ކޮންއިރަކު؟ ކޮބާ މިހާރު ޔަޝާ؟” ޒަކީ އަޑަށް ބާރުލާފައި ބުންޏެވެ. ބެލްކަނީގައި ގަސްތަކަށް ފެންދޭން ހުރި މޫނިސާ އަތުން ފޭންދޭން ހުރި ކުރާގަނޑު ދޫވިއެވެ. “ކިހިނެއްވީ ޔަޝާއަށް؟ މޫނިސާ ރޮއިގަނެފައި ބުންޏެވެ.

“ޔަ..ޝަ.. ޔަޝާ.. އެކްސިޑެންޓެއް ވެގެން އެބައޮތް ހޮސްޕިޓަލުގައި. ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް ހޮސްޕިޓަލުން ބުނީ.” މޫނިސާ ގެ ފައިދަށުން ހީވީ ބިންގަނޑު ކެހިގެން ދިޔަހެނެވެ.”މަގޭ ދަރި.. ޔަޝާ.. ނުވާނެ އެހެނެއް.. އެކްސިޑެންޓޭ… ” ޒަކީ މޫނިސާ އަތުގައި ހިފައިގެން ހިނގައިގަތެވެ.ޔަޝާއަކީ މޫނިސާއާއި ޒަކީގެ ހުރި ހަމައެކަނި ދަރިއެވެ. ދެމަފިރިންވެސް އެދެމީހުންގެ ދަރި ބަލާ ބޮޑުކުރީ ނުހަނު ލޯބިން، ބުނި ކޮންމެ އެއްޗެއް ހޯދައިދީގެންނެވެ.

ޒަކީ އާއި މޫނިސާ ހޮސްޕިޓަލް އަށް ދިޔައެވެ. އެމަރޖެންސީ ރޫމްކައިރީގައި ދެތިން ޕޮލިހެއް ވެސް ހަރަކާތްތެރިވެ އުޅެއެވެ. ޔަޝާ އޮތީ ވެންޓިލޭޓަރުގައެވެ. ފުލުހެއް އައިސް ޒަކީ އާ ސަލާމްކޮށްލިއެވެ.

“އައްސަލާމްޢަލައިކުމް އަޅުގަނޑު ނާހިދު އިނގޭތޯ؟ ޔަޝާ ބައްޕަ ދެއްތޯ؟ ޒަކީ ބޯޖަހާލިއެވެ. ސީންގަ އިސްކޮށް ހަރަކާތްތެރިވެ އުޅުނީ އަޅުގަނޑު. ގަބޫލުކުރަން ދަތިވެސް ވެދާނެ. އެކަމަކު ޔަޝާ އެކްސިޑެންޓްވީ އޯވާރޑޯޒްވެގެން ކަން ޑޮކްޓަރުގެ ރިޕޯޓްތަކުންވެސް އިނގެން އެބައޮތް. މިކަހަލަ އެއްވެސް ކަމެއް ފާހަގަވެފައިވޭތޯ މީގެ ކުރިން؟ ޒަކީ ހައިރާންވެފައި ސުވާލުކުރިއެވެ. “ތިޔަ ވިދާޅުވަނީ ހަމަ ރަނގަޅަށްތޯ؟ ޔަޝާ އޯވާރޑޯޒްވީއޭ. ނޫން އިންސްޕެކްޓަރ! ޔަޝާ އެކަހަލަ ކަމެއް ނުކުރާނެ. އަޅުގަނޑަށް ވަރަށް ރަނގަޅަށް އަޅުގަނޑުގެ ދަރިފުޅު އިނގޭ. އަޅުގަނޑުގެ ދަރިފުޅު ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައް. ޔަޝާ މަސްތެއް ނުވާނެ. ތިޔަ ރިޕޯޓްތައް ރަނގަޅެއް ނޫން. އަދި އެއްފަހަރު ޗެކް ކުރައްވާ.”

ކިތަންމެ ފަހަރަކުވެސް ޗެކް ކުރެވިދާނެ. އެކަމަކު މިއީ ހަގީގަތް. ޔަޝާ އެކްސިޑެންޓްވީ ބާރުގަދަ ޑްރަގްގެ ބާވަތެއް ބޭނުންކޮށްގެން މަސްތުގެ ހާލަތުގައި ހުރެ. އޭގެ ޕެކެޓްތަކެއް ވެސް އެ ކާރު ތެރެއިން ފެނުނު. މައްސަލަ ދަނީ ތަހުގީގު ކުރަމުން. އަޅުގަނޑު މިވަގުތު ގޮސްލާނަން.” ނާހިދު ޒަކީގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު ނިކުމެގެން ދިޔައެވެ.

ޒަކީ ހުރީ ހުރިތަނުން ގުޑިލާން ވެސް ނޭނގިފައެވެ. އޭރު ދުުރުގައި އިން މޫނިސާ  ގިސްލަ ގިސްލާފަ ހަމަ ރޮނީއެވެ. ނާހިދު ކިޔައިދިން ވާހަކަތައް މޫނިސާއަށް އިނގިއްޖިއްޔާ އޭނާއަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. ޔަޝާގެ ދެ ރަހްމަތްތެރި އަންހެން ކުއްޖަކުވެސް މޫނިސާ ކައިރީވެސް ތިއްބެވެ.

އިރުކޮޅެއް ނުވެ، އެމަރޖެންސީ ރޫމް ކައިރީއަށް އަޒާން އައެވެ. އަޒާން އަކީ އިސްކޮޅުން ދިގު ރީތި ޒުވާނެކެވެ. އަޒާންއަކީ ޔަޝާގެ އެންމެ ގާތް ރަހްމަތެރިޔާއެވެ. އަޒާންގެ ބައްޕަ އިލްޔާސްއާ ޔަޝާގެ ބައްޕަ ޒަކީ އަކީ އެ ދެކުދިން އެންމެ ކުޑައިރުއްސުރެ އެކީގައި ވިޔަފާރިކުރާ ދެމީހުންނެވެ. ދެކުދިންގެ ރަހްމަތްތެރިކަން އުފެދުނީ އެހިސާބުންނެވެ.

އަޒާން އައިސް ޒަކީ ގާތު އަހާލިއެވެ. “ޒަކީބެ ކޮބާ ޔަޝާ މިހާރު؟ ހަމްނާ ގުޅީމަ އެނގުނީ ކަމެއް ވެގެން އުޅޭކަންވެސް. ކީއްވެތޯ އަޅުގަނޑު ގާތު ނުބުނީ މި ވަރު ކަމެއް ވެގެން އުޅޭ ކަން. އަޅުގަނޑު މީޓިން އެއްގަ އިނދެފައި މިއައީވެސް. ބައްޕަ ވެސް ރިސޯޓުން އެބަ އާދޭ މިހާރު. މަންމަ އެބައާދޭ ޝާޒް އެކީގައި.”

ޒަކީގެ ދެލޮލުން ކަރުނަ ހިލުނެވެ. ޒަކީ ވެއްޓެން ދާން އުޅުމުން އަޒާން ޒަކީ ގައިގައި ހިފެހެއްޓުމަށް ފަހު ގޮނޑިީގައި ބޭންދިއެވެ. “ދަރިފުޅާ އަޒާން. ޔަޝާ އޮތީ އަދިވެސް ވެންޓިލޭޓަރުގައި، ޑޮކްޓަރުންވެސް އަދި ވަކި އެއްޗެއް ނުބުނޭ. ބޭރަށް ފުރާ ވާހަކަ ބުނުމުން ބުނީ އަދި ނުފުރޭނެއޭ، ކްރިކްޓިކަލް ކޮންޑިޝަން ގައޭ އޮތީ. ދަރިފުޅާ އަޒާން.. ތިއީ ބޭބެގެ ދަރިއެއް ފަދަ ކުއްޖެއް. ބޭބެ އަޒާން އަށް ފުރިހަމައަށް އިތުބާރުކުރާ ހެން. ހަމަ ޔަޝާ ފަދައިން. އަޒާން އަށް ޔަޝާގެ ހުރިހާ ކަމެއް ވެސް އިނގޭނެ. އަޒާން.. އަޒާން ގަބޫލުކުރަންތަ ޔަޝާ މަސްތެއް ވެދާނެ ކަމަށް؟
އަޒާން ފުންމައިގެން ގޮނޑިން ތެދުވިއެވެ. “ކީކޭ؟ ކީއްވެ ބޭބެ ތިކަހަލަ އެއްޗެއް ހިތަށް އަރުވަންވީ؟ ޔަޝާ އެކަހަލަ ކަމެއް ކުރީތަ؟ ނޫން! އަޅުގަނޑަށް ވުރެ ބޮޑަށް ޔަޝާ އިނގޭނެ މީހަކު ނުހުންނާނެ. ޔަޝާ އެކަހަލަ ކަމެއް ނުކުރާނެ. އެއަށްވުރެ ޔަޝާ ބޭބެ އާއި މޫނިސައްތަ ދެކެ ލޯބިވާނެ. ތިދެމީހުން ދެރަވާނެ، ތިދެމީހުނަށް ހަޑި ލިބޭ އެއްވެސް ކަމެއް ޔަޝާ ނުކުރާނެ؟

އިރުކޮޅެއްނުވެ އަޒާން މަންމަ ޒުހައިރާ އާއި އޭނާ ކޮއްކޮ ޝާޒްލީ ވެސް ހޮސްޕިޓަލަށް އައެވެ. މާއިރުތަކެއް ނުވެ އިލްޔާސް ވެސް އައެވެ. އެންމެން ވެސް ހާސްވެފައެވެ. އިންތިޒާރު ކުރަމުންދިޔައީ ޑަކްޓަރުގެ ބަހަކަށެވެ.

 

Share Article

Follow Me Written By

rooyerrr

Level 1

Other Articles

Previous

އުމުރަށް ވަކިވީ …..

Next

ތިޔަ ލޯތްބަށް އެދެވޭތީ… 18

Next
March 5, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 18

Previews
March 5, 2025

އުމުރަށް ވަކިވީ …..

One Comment

  1. Anonymous says:
    March 6, 2025 at 1:57 am

    Masha Allah very reethi vaahaka eh?
    When next part?

Comments are closed.



All Right Reserved!