” ހަމަ ވައި ޖައްސާލަން އައީ. އާލާ ކިހިނެއް؟” ރަނާ އަށް ޖަވާބު ދިންއިރު ވެސް މަނާލްގެ ލޯ ހުރީ ސީދާ އާލާގެ ސިހުރެއްފަދަ ޖާދުވީ މޫނަށެވެ. މަނާލް މާ ވަރަކަށް ބަލާތީ އާލާ ހުރީ ކުޑަކޮށް އުނދަގޫވެ ލަދު ވެސް ގަނެފައެވެ. އާލާއަށް ރަނގަޅަށް ޖަވާބު ނުދެވިގެން އުޅެނިކޮށް، ރަނާ މި އަންނަނީ އޭ ބުނެފައި ޓެރެސްއިން ފައިބައިގެން ދިޔައީ އޭނާގެ މަންމަގެ ފޯނެއް އައިސްގެންނެވެ. ލިބުނު ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ހިފުމަށްޓަކައި މަނާލް އާލާއާ […]
ހޯމަދުވަހުގެ ބަޔާ ގުޅޭ އާލާ ފެންވަރައިގެން އައިސް އެނދުގައި އޮށޯތެވެ. އެހެން ނަމަވެސް އެނދުގައި ހަމަ ޖައްސާލި ތަނާ ދޮރުގައި މީހަކު ޓަކިޖެހުމުން އެ ދޮރު ހުޅުވާލިއެވެ. ކުރި މަތީގައި ހުރީ މަނާލް އެވެ. މަނާލް ވަގުތުން ކޮޓަރިތެރެއަށް ދެމިގަނެ ދޮރުލައްޕައި ތަޅުލިއެވެ. އަދި އާލާ ގެ އަނގަމަތީގައި އަތްއެޅިއެވެ. ސިއްސައިގެން ގޮސް އާލާ އަށް ހޭލެވުނެވެ. ނިދިޖެހުނުތާ އެންމެ 5 މިނެޓެއްހާއިރު ތެރޭ މި ފެނުނީ ކޮންކަހަލަ ހުވަފެނެއްބާއޭ އާލާގެ ހިތަށް އެރިއެވެ. އަމުދުން އޭނާ […]
ވެހެމުން ދިޔަ ބޯ ވާރޭގައި އާލާ ހިނގަމުން ދިޔައީ ދާނެ ވަކި މަންޒިލެއް ނެތިއެވެ. ދާނެ ވަކިތަނެއް ވަންނާނެ ގެދޮރެއް އާލާގެ ނެތެވެ. ދާދި ދެންމެ އާލާ ގެ އާއިލާގައި ހިނގި ހަމަނުޖެހުމުގައި އާލާގެ ދޮންމަންމަ އާލާ ނެރި ބޭރުކުރީ ދެން ދުވަހެއްގެ ކޮޅުން ވެސް އާލާ ދެކެން އެ ދޮންމަންމަ ބޭނުންނުވާ ހާލުގައެވެ. އާލާ އަކީ ރަމްލާ އާއި ހަސަނަށް ލިބިފައި ހުރި ހަމަ އެކަނި ދަރިފުޅެވެ. އާލާގެ އުމުރުން އެންމެ 10 އަހަރުގައި ރަމްލާ […]