Skip to content
އެސްފިޔަ

ތެމި ވާރޭގައި ވީމޭ (ޓްރެއިލާރ)

ނަވާރްގެ ދެލޯ ދުޅަވާން ކައިރި ވި އިރު ވެސް އެދެލޮލުން ކަރުނަ ހުސް ނުވާ ކަހަލައެވެ. މުޅި ކުއްޖާގެ މޫނު ރަތްވެފައިއެވެ. “ދަރިފުޅާ ނަވާ ..ދެން ހިނގާ ދަމާ … ނާނާ  އެއް ދެން ނާންނާނެ..މި ކެހިވެރި ދުނިޔެއާއި ނާނާ ވަކިވެއްޖެ..” ނޫރާގެ މެޔާލާ ބޮނޑި ކޮށްލަމުން ނޫރާ  ނަވާރް އަށް ވިސްނައި ދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް ވެސް ދިޔައީ ރޮވެމުންނެވެ.

**

އަތުގައި އޮތް ފޮޓޯ ލޯގަނޑަށް ބަލަހައްޓާއިގެން ހުރި ޔަޒަންގެ މޫނުމަތިން އެތައް ހާސް އަސަރެއް ފާޅުވެއެވެ.ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަން ވެސް މަސައްކަތް ނުކޮށް އެފޮޓޯގައި  އަތްކާތާލިއެވެ. ކުޑަ އަންހެން ކުއްޖަކާ ކުޑަ ފިރިހެން ކުއްޖެއް އޭގައި ވެއެވެ. އެ ފޮޓޯއަށް ބަލަހައްޓައިގެން ހުރި އިރު އެ މޫނުމަތީގައި ވާ ހިތާމަތައް އެދެލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކު ތެރޭން ފާޅުވެއެވެ. ކުއްލިޔަކަށް އެ ހިތާމަތަކުގެ މައްޗަށް ވެރިވެގަތީ އެހެން އިހްސާސެކެވެ.  “ވެއިޓް ފޯމީ… ދޮންބެ އިޒް ހިޔާރ” އެމޫނުމަތީގައިވި ބަދަލު ހިފުމުގެ ކުލަވަރާއި ރުޅިވެރިކަމުގެ  ކުލަވަރުން ފެނުނު މީހަކު ސިހިގެން ދާނެ ކަންގައިމެވެ.

 

 

އައްސަލާމް އަލައިކުމް

***

މިވާހަކައަކީ އަޅުގަނޑު މިސައިޓަށް ލިޔާ ދެވަނަ ވާހަކައެވެ.  އަޅުގަނޑުގެ ފުރަތަމަ ވާހަކަ “ހިރާސް” ފަދައިން މިވާހަކަ “ތެމި ވާރޭގައި ވީމޭ” އަށް ވެސް ކިޔުންތެރިންގެ ފަރާތުން ބޮޑު ސަޕޯޓެއް ލިބިގެން ދާނޭކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.

މި ވާހަކައިން ނަވާރްއާއި ޔަޒަން ގެ ހަޔާތުގައި ދިމާވާ ކަންތައް ގަނޑު ފެނިގެން ދާނެއެވެ. ގިރާ ކުރަން ދަތި އެތައް ހުރަސް ތަކެއް އެމީހުންނަށް ދިމާވެއެވެ. ބަދަލު ހިފުމުގެ ޖޯޝުގައިތިބެ އަނިޔާ ވެރިވި މީހުންގެ ފަރާތުން ރަނގަޅު ބަދަލެއް ހިފަން މަސައްކަތްކުރެއެވެ.

މި ވާހަކައިގެ ފުރަތަމަ އެޕިސޯޑު އިންޝާﷲ ވަރަށް އަވަހަށް ކިޔާލަން ލިބޭއެވެ.

Comments (2)

  1. Lily

    Trailer vrh interesting
    Unmeedhu kuran hiraas ekey ehgothah mi vaahka vx reethi vaane kamah
    As u hope Alhugandu ge full support libeyne I am always with u IA
    Curiously waiting for the first episode <33

  2. Lily

    Heyy sis
    Esfiya noon ehen site eh ga vx vaahaka liyuninthw?

Comments are closed.