ފަތިސްނަމާދު ކުރަން ތެދުވިގޮތަށް އަހަރެން އުޅެމުންދިޔައީ ބަދިގޭގައެވެ. ފިރިމީހާ ފަތިސްނަމާދު ކޮށްގެން އަންނަންވާއިރަށް ސައި ހެދޭތޯއެވެ. ކުޑަދެބެން ހޭލުމުގެ ކުރިން ރޮށިފިހެ، ރިހަފޮދެއް ކައްކާލީ، އެދެބެން ހޭލައިފިއްޔާ ދެން އެއްވެސް ކަމެއް ކުރަން ފަސޭހަނުވާނެތީއެވެ. ކައްކައި ނިމިގެން އަހަރެން އިލޮށިފަތި ހިފައިގެން ގޭދޮށް ކުނިކަހަން ފެށިތަނާ އަސްލަމް އަންނަތަން އަހަންނަށް ފެނުނެވެ. އަސްލަމަކީ އަހަރެންގެ ފިރިމީހާއެވެ. އަސްލަމް އައިސް މިއަދު މަހަށްދާ ދޯނި އެހެލަން ޖެހޭތީ އެތަނަށް އަވަހަށް ދާން ޖެހޭ ވާހަކަ ބުންޏެވެ. ސައިބޮއިގެން، ލައިގެން ހުރި […]
ނަޝީދާގެ މޫނުމަތިން ފެންނަމުންދަނީ ހިތާމަވެރިކަމެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް އިރުއިރުކޮޅުން ފޮހެލައެވެ. ކިތަންމެ ހިތްވަރުކުރަން މަސައްކަތް ކުރިއަސް އެކަންދަނީ ނާކާމިޔާބު ވަމުންނެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ؟ ހުރި ހަމައެކަނި އަންހެންދަރިފުޅު އެ އޮތީ މަރުގެ ތުންފަތްމަތީގައެވެ. ނަޝީދާއަށް ވިސްނައި ވިސްނައިވެސް ނޭގުނީ ނީމް އެފަދަ ކަމެއް ކުރުމަށް ދިމާވި ސަބަބެވެ. ކުޑަ އިރުއްސުރެ ނީމްއަކީ ބަސްއަހާ، ކިޔަމަންތެރި ދަރިއެކެވެ. ނަމަވެސް މިއަދު އަމިއްލަ އަށް މަރުވާން ނީމް މަސައްކަތް ކުރީ ކޮންކަމައް އުނިވެގެން ކަމެއް ނަޝީދާ އަކަށް […]
“އުފަލާއި ހިތްހަމަޖެހުމަކީ ކޯއްޗެއްކަން އަހަރެންނަށް ނޭގޭ ކަހަލައެވެ. އަބަދުވެސް އަހަރެންގެ ހުރިހާ އިޙްސާސް ތަކެއްގެ މައްޗަށް ކުރި ހޯދަނީ ރުޅިއާއި އެކަނިވެރިކަމެވެ. މީހުން އެބުނާ “ޕޮޒިޓިވް މައިންޑެޑް” މީހަކަށްވާން އަހަރެންވެސް ބޭނުމެވެ. އެކަމަކު އަބަދުވެސް އެންމެ ގޯސްގޮތަށް އަހަރެންނަށް ވިސްނެނީ ކީއްވެ ހެއްޔެވެ؟ ކުޑަކުޑަ ކަމެއް ދިމާވާއިރަށް އެންމެ ފުރަތަމަވެސް މަރުވާން ހިތަށް އަރަނީ ކީއްވެ ހެއްޔެވެ؟ އަހަންނާއި ހެދި އެހެންމީހުންނަށް އުދަގޫ ވާނެ އޭ ހިތައް އަރަނީ ކީއްވެ ހެއްޔެވެ؟……….. މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. މިއީ […]