Skip to content
އެސްފިޔަ

އަލްވަދާޢު..

ފަތިސްނަމާދު ކުރަން ތެދުވިގޮތަށް އަހަރެން އުޅެމުންދިޔައީ ބަދިގޭގައެވެ. ފިރިމީހާ ފަތިސްނަމާދު ކޮށްގެން އަންނަންވާއިރަށް ސައި ހެދޭތޯއެވެ. ކުޑަދެބެން ހޭލުމުގެ ކުރިން ރޮށިފިހެ، ރިހަފޮދެއް ކައްކާލީ، އެދެބެން ހޭލައިފިއްޔާ ދެން އެއްވެސް ކަމެއް ކުރަން ފަސޭހަނުވާނެތީއެވެ. ކައްކައި ނިމިގެން އަހަރެން އިލޮށިފަތި ހިފައިގެން ގޭދޮށް ކުނިކަހަން ފެށިތަނާ އަސްލަމް އަންނަތަން އަހަންނަށް ފެނުނެވެ. އަސްލަމަކީ އަހަރެންގެ ފިރިމީހާއެވެ. އަސްލަމް އައިސް މިއަދު މަހަށްދާ ދޯނި އެހެލަން ޖެހޭތީ އެތަނަށް އަވަހަށް ދާން ޖެހޭ ވާހަކަ ބުންޏެވެ. ސައިބޮއިގެން، ލައިގެން ހުރި ގަމީހާއި ފަޓުލޫނު ބަދަލުކޮށްލުމަށްފަހު އާންމުކޮށް މަސައްކަތް ކުރާއިރު ލާކަހަލަ ޓީޝާޓަކާއި ސޯޓެއް ލައިގެން ދޯނިދޮށަށް ދާން ތައްޔާރުވިއެވެ. ނިދާފައިތިބި ކުޑަދެބެންނާއި ލޯބިކޮށްލުމަށްފަހު އަހަރެންކައިރީ އަވަހަށް އަންނާނެކަމަށް ބުނެފައި އަސްލަމް ދާން ހިގައިގަތެވެ. އަސްލަމް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ އަހަރެންނަށް ހިނިތުން ވެވުނެވެ. އެފަދަ ރަގަޅު ފިރިޔަކު އަހަންނަށް ދެއްވި ކަމަށްޓަކައި މާތްﷲ އަށް ޝުކުރުއަދާކުރެވުނެވެ.

މިދުނިޔޭގައި އަހަރެންގެހުރި ހަމައެކަނި މީހަކީ އަސްލަމެވެ. ކުޑައިރު މަންމައާއި ބައްޕަ ނިޔާވެފައިވާއިރު އަހަރެން ބަލާބޮޑުކުރީ އަހަރެންގެ މާމައެވެ. ނަމަވެސް މާމަވެސް މިއަދު ދުނިޔޭގައި ނެތެވެ. އަސްލަމަކީ ކޮންމެ މީހަކުވެސް ބޭނުންވާނޭ ކަހަލަ ރަނގަޅު ފިރިއެކެވެ. ހުރިހާ ކަމެއްގައިވެސް އެހީތެރިވާ، ހިތްހެޔޮ މީހެކެވެ. އަހަރެންގެ 4 އަހަރުގެ އަންހެންދަރިފުޅު އަލްޔާ އާއި 1 އަހަރުގެ ފިރިހެން ދަރިފުޅު މާހް އަކީ އަހަރެންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭ ދެފަރާތެވެ. މިއަދު އަހަރެންގެ ކުޑަކުޑަ އާއިލާއާއި އެކު އަހަރެން އުޅެމުން މިދަނީ އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް ހަޔާތުގެ ބަހާރުމޫސުމުގެ ދުވަސްތައް ހޭދަކުރަމުންދާއިރު، ޚަރީފުމޫސުމުގެ ހިޔަނިވެސް އަހަރެންގެ ހަޔާތަށް އެޅިދާނެ ކަމަކަށް އަހަރެން ނުވިސްނަމެވެ.

ކުދިން ހޭލުމުން އެމީހުން ފެންވަރުވާލުމަށްފަހު ސައިދެވޭތޯ އަހަރެން އުޅުނީމެވެ. އިރުއިރުކޮޅުން އަލްޔާ ބައްޕަ ކޮބައިތޯ އަހައެވެ. އަސްލަމް އަލްޔާކައިރީ ބުނެފައިވަނީ މިަދު އެއްކޮށް އަލްޔާ ކައިރީ ހުންނާނަން ކަމުގައެވެ. ނަމަވެސް އަލްޔާ ހޭލި އިރުވެސް ބައްޕަ ނެތުމުން ބޮޑާހާކަން ފެށިއެވެ. އަވަހަށް ސައިބޮއިގެން ގުރުއާން ކިޔެވުމުން ބައްޕަ އަންނާނެކަމަށް އަހަރެން ބުނުމުން ކުޑަކުޑަ އަލްޔާ  ސައިބޮއިގެން ފިލާ ނަގައިގެން ގުރުއާން ކިޔަވަން ފެށިއެވެ.

ގަޑިން ހެނދުނު 11 ޖަހާކަންހާއިރެވެ. ދޮވެފަހުރި ހެދުންތައް ރޯނުގަ އަޅަން އަހަރެން ހުރި އިރު މާހް އޮތި ނިދާފައެވެ. އަލްޔާ އިނީ ފޮތެއް ނަގައިގެން ކުލަ ޖައްސާށެވެ. އަހަރެން ސިއްސައިގެން ދިޔައީ މާވަހަރު ދޯނި އެހެލަން އުޅުމުގެ ތެރޭ ބަޔަކު ދޯނި ދަށުވެއްޖެ އޭ، އެއިން މީހެއްގެ ފުރާނަ ހުރި ކަމެއްވެސް ނޭގެއޭ ކިޔައި މީހަކު ހަޅޭލަވަމުން އަންނަ އަޑު އިވުމުންނެވެ. އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. އަހަރެންގެ އަސްލަމް ހެޔޮހާލުގައި ލެއްވުމަށް އެދި ދުއާ ކުރެވުނެވެ. ރަށުގެ ކުދިބޮޑު އެންމެން އެދިމާއަށް ދާތަން ފެނުމުން އަހަރެންވެސް ދާންބޭނުން ވިއެވެ. އެގަޑީ މާހު ހޭލުންވީ އަހަރެންނަށް ދާން ލިބުނު ހިތްވަރަކަށެވެ. އަލްޔާއާއި މާހު ގޮވައިގެން އަހަރެންވެސް އެދިމާއަށްދާން ހިގައިގަތީމެވެ. އޭރުވެސް އަހަރެންގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އަސްލަމް ހެޔޮހާލުގައި ވުމަށްއެދި އެތައްފަހަރަކު ދުޢާ ކުރެވުނެވެ.

ޒަޚަމް ވެފައިވާ މީހުންތައް ރަށު ސިއްހީމަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ދެއެވެ. ތިންމީހަކު ވެގެން އަސްލަމް އުފުލައިލައިގެން ގެންދިޔަ މަންޒަރު ބަލަން އަހަންނަށް ފެންކަޅިވެފައި ހުރެވުނެވެ. އަސްލަމުގެ ބަނޑުގައި ބޮޑު ފޮތިގަނޑެއް އައްސައިފައިވާ އިރުވެސް، ލޭ އަންނަމުން ދިޔަ މަންޒަރު އަހަރެންގެ ދެލޮލުން ދުށީމެވެ. ސިއްޙީމަރުކަަޒަށް ޒަޚަމްވި އެންމެން ގެންދިއުމަށްފަހު އެކަށީގެންވަ ފަރުވާ ދެވެން ނެތުމުން އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ ތައްޔާރީތައް ވާންފެށުނެވެ. ސިއްޙީމަރުކަޒުގައި އޮތްއިރު އަހަންނަށް އަސްލަމާއި ވާހަކަދެއްކުމުގެ ފުރުސަތު ލިބުނެވެ. އައްސިވެފައި ހުރުމުގެ ސަބަބުން ތަދުގެ އިހުސާސް ނުވާކަމަށް އަސްލަމް ބުންޏެވެ. އަހަރުމެންގެ ދެދަރިން ރަގަޅަށް ބަލައިދިނުމަށާއި، ކެތްތެރިވުމަށް އެދި އަހަރެންގެ ކައިރީ ބުނިއިރު އެދެލޯވެސް ވަނީ ފެންކަޅިވެފައެވެ. އިރުކޮޅަކުން އަސްލަމްގެ ހަރަކާތްތައް ހުއްޓުނެވެ. އަހަރެންގެ ލޯބިވާ ފިރިމީހާ މިދުނިޔެ ދޫކޮށް އެދިޔައީ އަހަރެންގެ ކުރިމަތީގައެވެ. މުޅިދުނިޔެވެސް ހުއްޓުނުކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.

ޒަޚަމްވި މީހުންނަށް އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުނެވެ. އެ އެންމެންގެ ހާލުވެސް ދިޔައީ ރަގަޅުވަމުންނެވެ. ފަހުން އެގޮނުގޮތުގައި ގިނަމީހުން ޒަޚަމްވީ ދޯނި އެހެލަން ގެންގުޅުނު ދަނގަނޑު ހޮޅިތަކުން ހަދާފައިހުރި އެއްޗެއް ހަލާކުވެ އޭގެ ހުރި ހޮޅިތަކެއް ބުރައިގެން ދިއުމުގެ ސަބަބުންނެވެ. އަސްލަމް މަރުވީ ބަނޑަށް އޭގެއިން ހޮޅިއެއް ވަނުމުގެ ސަބަބުންނެވެ. ނަމަވެސް ދެން އެވަހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. އަސްލަމް އެނބުރި ނާންނަނެއެވެ. މިއަދު އަހަރުމެން ތިންމައިން އެކަނި ވެއްޖެއެވެ. ނަމަވެސް އަހަރެން ކެތްތެރިވާނަމެވެ. އަހަރުމެން ދެމީހުންގެ ދަރިންނަށްޓަކައި ހިތްވަރު ކުރާނަމެވެ. އުޖާލާ މުސްތަގުބަލެއް އެކުދިންނަށް ހޯދައިދޭނަމެވެ. ކިތަންމެ ގިނަދުވަހެއްވިއަސް އަސްލަމްގެ ހަނދާންތަކައި އަހަންނަކަށް ދުރަކަށް ނުދެވޭނެއެވެ. އަހަރުމެން ތިންމައިންނާއި، މުޅި ދުނިޔެއަށް އަލްވަދާޢު ކިއުމަށްފަހު ވަކިވެގެން އެދިޔަ އެހިތި މަންޒަރު ދުވަހަކުސް ހިތަކުން ނުދާނެއެވެ.

 

Comments (13)

  1. risha

    miey hagee gee vaahaka ehta??

    1. QueEn...
      risha

      hageegee concpt eh… bt i used my own ideas on it…:)

  2. misty

    Awsome varah salhi

  3. swyty

    v hama nujehey vaahaka eh..eh faharu dhe kudhin aneh faharu 3 main..mee kihineh vaa kameh

    1. European
      swyty

      Saabas saabas… Dhedharin Naa mamma akaa veema eyee 3 main Dho…

    2. anonymous
      swyty

      U ok?

  4. Naani

    Swyty moyafulhu veetho.. 2 dharinna mamma aka veema vaany 3 mainnah.. 2 dharinna bappa aka veema vaany 3 bafainnah..

  5. Thaathu

    He he … ehennu vaany vaahaka kiyaa nunimenees comment kuran vey viyya… vaahaka v reethi

  6. Zeena

    Nice

  7. S

    Varah reethi, ekamu thankolheh kuree vaahaka

  8. Niu

    Varah Reethi, thikahala asarugadha ginain, genen dhevvun edhen

  9. Pandit

    Queen
    Just a few words, if that will help you be a better story writer. I hope you take my advice positively and not consider them as unfair criticism.Your concept may be “hageegee”. But as a story line it is a no-brainer.What is the point of the story if the well-loved breadwinner of a family simply meets an accident through no fault of him and succumbs to death, bringing untold misery to the family? Much better is a happy ending for the story.Let the breadwinner survive the accident though the loving care of his wife and children,bringing the family even closer together and tears of joy to the eyes of your readers.
    I wish you success as a writer.

  10. aloo

    reethi storee eh..

Comments are closed.