Skip to content
އެސްފިޔަ

އެ އިޙްސާސް…

ނަޝީދާގެ މޫނުމަތިން ފެންނަމުންދަނީ ހިތާމަވެރިކަމެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް އިރުއިރުކޮޅުން ފޮހެލައެވެ. ކިތަންމެ ހިތްވަރުކުރަން މަސައްކަތް ކުރިއަސް އެކަންދަނީ ނާކާމިޔާބު ވަމުންނެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ؟ ހުރި ހަމައެކަނި އަންހެންދަރިފުޅު އެ އޮތީ މަރުގެ ތުންފަތްމަތީގައެވެ. ނަޝީދާއަށް ވިސްނައި ވިސްނައިވެސް ނޭގުނީ ނީމް އެފަދަ ކަމެއް ކުރުމަށް ދިމާވި ސަބަބެވެ. ކުޑަ އިރުއްސުރެ ނީމްއަކީ ބަސްއަހާ، ކިޔަމަންތެރި ދަރިއެކެވެ. ނަމަވެސް މިއަދު އަމިއްލަ އަށް މަރުވާން ނީމް މަސައްކަތް ކުރީ ކޮންކަމައް އުނިވެގެން ކަމެއް ނަޝީދާ އަކަށް ނޭގެއެވެ.

ނީމް އައި.ޖީ.އެމް.އެޗް ގައި އެޑްމިޓްކޮށްފައި އޮތްއިރު އަދިވެސް ލޯ ހުޅުވާނެ ވަރެއް އެ ހަށިގަނޑަކު ނުވެއެވެ. ނަމަވެސް ނީމްގެ ހާލުދަނީ ރަނގަޅުވަމުންނެވެ. ނީމް ކައިރީ ނީމްގެ ދޮންބެ މަޑުކޮށްލައިގެން ހުރިއިރު ނާޝިދާ ދިޔައީ ގެއަށެވެ. ނީމްއަށް ބޭނުންވާ ބައެއް އެއްޗެހި ގެނައުމަށެވެ. ގޭތެރެއަށް ވަދެވުމާއެކު ނާޝިދާ މިސްރާބުޖެހީ ނީމް ކޮޓަރިއާއި ދިމާލަށެވެ. އަލަމާރި ހުޅުވާލުމަށްފަހު ދެތިން ހެދުން ނަގައި ދަބަހަށް އެޅުމަށްފަހު ނާޝިދާ ނުކުންނަން އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ މޭޒުމަތީގެ އޮތް ފޮތް ފެނިފައެވެ. އެފޮތް ނަގައިގެން ކޮންމެވެސް އެއްޗެއް ލިޔަން ނީމް އިންނަތަން ނާޝިދާއަށް ވަރަށް ގިނައިން ފެނެއެވެ. ކީއްވެ ކަމެއް ނޭގެއެވެ. އެފޮތާއި، ނީމް މަރުވާން މަސައްކަތް ކުރި ސަބަބާއި ކޮންމެވެސް ގުޅުމެއް ވެއޭ ނާޝިދާގެ ހިތަށް އެރިއެވެ. މަޑުމަޑުން އައިސް އެފޮތް ހުޅުވައިލިއެވެ. ނީމްގެ އަތުލިޔުމުން ލިޔެފައިވާ އެ ލިޔުންްކޮޅު ކިޔަން ފެށިއެވެ.

” އުފަލާއި ހިތްހަމަޖެހުމަކީ ކޯއްޗެއްކަމެއް އަހަންނަށް ނޭގޭ ކަހަލައެވެ. އަބަދުވެސް އަހަރެންގެ ހުރިހާ އިހުސާސް ތަކެއްގެ މައްޗަށް ކުރި ހޯދަނީ ރުޅިއާއި އެކަނިވެރިކަމެވެ. މީހުން އެބުނާ ކަހަލަ “ޕޮޒިޓިވް މައިންޑެޑް” މީހަކަށް ވާން އަހަރެންވެސް ބޭނުމެވެ. އެކަމަކު އަބަދުވެސް އެންމެ ގޯސްގޮތަށް އަހަންނަށް ވިސްނެނީ ކީއްވެ ހެއްޔެވެ؟ ކުޑަކުޑަ ކަމެއް ދިމާވާ އިރަށް އެންމެ ފުރަތަމަވެސް މަރުވާން ހިތަށް އަރަނީ ކީއްވެ ހެއްޔެވެ؟ އަހަންނަކީ ބޭކާރު މީހެއްކަމަށް އަމިއްލައަށް ގަބޫލުކުރެވެނީ ކީއްވެ ހެއްޔެެވެ؟ އަހަރެން މިވަނީ މުޅި ދުނިޔެ މަތިން ފޫހިވެފައެވެ. ހީވާކަހަލައެވެ. އަހަރެންދެކެ ލޯބިވާ އެކަކުވެސް ނެތެވެ.

އަހަރެންގެ އުމުރުގެ އެހެންކުދިން ގޮތަށް ރައްޓެހިންނާއިއެކު، މަޖާކޮށް އުޅެން ބޭނުމެވެ. ނަމަވެސް އުމުރުން 18 އަހަރު ވީއިރުވެސް އަހަރެންގެ އެފަދަ ރައްޓެއްސެއް ނެތެވެ. ނުލިބެނީއެއްނޫނެވެ. އަހަރެންގެ ވިސްނުން ހުންނަ ގޮތުން އެކުދިންނާއި އެކު ނޫޅެވެނީއެވެ. އަހަންނަށް ވިސްނޭ ގޮތުގައި އަހަންނާއި ހެދި އެކުދިންނަށް އުދަގޫ ވާނެއެވެ. އެހެންކަމުން ކިތަންމެ ބޭނުންނުވިއަސް އަހަރެން އެކުދިންނާއި ދުރުވަނީއެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންމީ ފޮނިމީހެއްގެ ގޮތުގައި ލޭބަލް ކުރެވެއެވެ. ނަމަވެސް އެކުދިންނަށް ވިސްނުނު ނަމައެވެ.. ރައްޓެއްސަކަށް އަހަރެން ބޭނުންވެފައިވާވަރު އެނގުނު ނަމައެވެ.

އަހަރެން މިއޮތް މަރުވަނީ އެވެ… މި އިހުސާސްތަކަކީ އަހަރެންނަށް ކޮންޓްރޯލް ކުރެވޭ އެއްޗެއް ނޫނެވެ. ކުޑަކުޑަ ކަމެއްވާއިރަށް އަހަރެންނަށް ރުޅިއައިސް ކުރެވޭ ނުކުރެވޭ ކަމެއް ނޭގެއެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުން ދެވުނު އަދަދެއްވެސް ނޭގެއެވެ. އެންމެ ފަހުން އަހަރެން ސައިކޭޓްރިސްޓެއްގެ އެހީ ހޯދުމަށް ނިންމައި މަންމަ ކައިރީ ބުނިދުވަހު މަންމަ ބުނި ބަސް އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ރުޅި އަކީ އަހަރެންގެ އިޚްތިޔާރުގައިވާ ކަމަކަށް ވާއިރު އެކަން އަހަންނަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް މަންމަ ބުންޏެވެ. އެހެން މީހުންނާއި ގުޅިގެން އުޅުނީމަ ނިމުނީ ކަމަށް ބުނެ މަންމަ އަހަންނަށް ވިސްނައިދިނީ އެކަހަލަ ކަންތަކަށް ޑޮކްޓަރަށް ދައްކާނީ މޮޔައިން ކަމުގައެއެވެ. މަންމާއެވެ.. ޑޮކްޓަރަށް ދައްކައިގެން ވިއަސް މަންމަގެ މިދަރިފުޅަށް ކުޑަވެސް ލުއި ކަމެއް ލިބޭތޯ އުޅުމުން، މަންމަގެ ވާހަކަތަކުން އަހަރެން ބިރުގަތީއެވެ. މީހުންގެ ނަޒަރުގައި މޮޔަ އަކަށް ވާން ބޭނުން ނުވީއެވެ. ނަމަވެސް އަހަރެންގެ މުޅި ދިރިއުޅުން މިދަނީ މިހެންނެވެ. އުފަލަކީ ކޯއްޗެއް ކަމެއް ނޭގިއެވެ.

މި އިހުސާސްތަކަކީ މިހެން ކިޔައިދެވޭނެ އެއްޗިއްސެއް ނޫނެވެ. ނަމަވެސް އަހަރެން ވެސް ބޭނުމެވެ. އެހެންމީހުން ހެން އުޅެން ބޭނުމެވެ. އުފަލުގައި އުޅެން ބޭނުމެވެ. އަހަންނަށް އެހީ ވެދޭށެވެ. މިކަމުން ސަލާމަތްކޮށްދީ، އުފާވެރި ހަޔާތެއް އަހަންނަށް ހޯދަ ދޭށެވެ. އަހަރެންދެކެވެސް ލޯބިވާ ބަޔަކު ތިބިކަން އަހަންނަށް އިހުސާސްކޮށްދޭށެވެ.”

ލިޔުން ކިޔައި ނިމުނުއިރު ނަޝީދާއަށް ހުރީ ހަމަރަނގަޅަށްވެސް ރޮވިފައެވެ. އޭނާގެ ލޯބިވާ ދަރިފުޅު ވޭތުކުރަމުންއެދަނީ ކޮންފަދަ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިއަސް ނަޝީދާ އޭނާގެ ދަރިފުޅު ސަލާމަތް ކުރާނެއެވެ. ޑިޕްރެޝަން އަކީ އެކަމުގެ ސަބަބުން އެމީހަކު ބާކީކޮށްލަން ޖެހޭ ކަމެއްނޫންކަމާއި، އެހެންމީހުންގެ ލޯތްބާއި، އަޅާލުމުން ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީވެވޭނެ ކަން ދުނިޔެއަށް އަންގާނެއެވެ. މިއަދު އޭނާގެ ހުރި ހަމައެކަނި އަންހެންދަރިފުޅު މަރުން ސަލާމަތްވީ ހަމަކިރިޔާއެވެ. ނަމަވެސް ދެވަނަ ފަހަރަށް ނީމް އެކަހަލަ ކަމެއް ކުރުމުގެ ފުރުސަތެއް ނަޝީދާ ނުދޭނެއެވެ. ޑިޕްރެޝަންގެ ސަބަބުން މީހުން އިހުސާސް ކުރަމުންދާ ވޭންދެނިވި ކަންތައްތައް މިއަދު ނަޝީދާއަށް ވިސްނިއްޖެއެވެ. އޭނާ ނީމް ސަލާމަތްކުރާނެއެވެ. ނީމްއަށް އުފާވެރި ހަޔާތެއް ހޯދަދޭނެއެވެ. ޑިޕްރެޝަންގެ ސަބަބުން އެ އިހުސާސްކުރާ ކަންތައްތަކާއި ދުރުގައެވެ… ނިމުނީ.

As this is my frst stry, thre wud b mistakes n i promise coming storys wud b far bttr thn dis and thnk you everyone who kept waiting fr dis stry n i hpe u ol wil lyk dis

Comments (23)

  1. yashoo

    salhii.. adhi ehen vaahaka eh koyaalan libeyne kamah heekuran.. good luck

    1. QueEn...
      yashoo

      thnk you….:)

  2. yashoo

    salhii.. adhi ehen vaahaka eh kiyaalan libeyne kamah heekuran.. good luck

  3. meesha

    really nice

  4. TiNkEr BeLl

    My lyf.. i hate this lyf.. First vs baaky kohlevuny family thereiin.. beynun nuvaa iru ga dharin dhuniye ah gina kuran noony ufann nukohba dhw.. miii gothah kithah kudhin dhuniyega ulheyne.. m simple gurl who tired of being broken.. who tired of crying. now i don’t need a family in my lyf .

    1. Unkn
      TiNkEr BeLl

      i understand you, Tinker Bell 🙁 my life is like this too. full of negatiev thoughts, my family is good to me, but i dunno why i am having such feelings..

  5. sheen

    Tinker bell abadhuvs try kuran v positive koh visneytho…faharehga vedhaane u ge family ah u akee v muhimmu meehakah vs ekam ekn nuvisnenee kamah…

  6. maal

    Wow.. Nice story.. Gud luck..

  7. usufshaun

    Mee too tinker bell.i just hate my self

  8. usufshaun

    Want to tok u tinker bell… Kihineh hadhaany tok kuran….

  9. ken?

    keep faith in allah…n evrything will b fine…islaam dheenun hidhaayai liniganey eyrun hutihaa kamei rangalhuvaane…insha allah…☺

    1. ken?
      ken?

      libiganey*

  10. Maayaa

    A story just like my life……

  11. Nihaa

    I hate my life too….nyc story

    1. usufshaun
      Nihaa

      Niha, maayaa kehkurey iraadhakurehviya Huriha kamehvs rangalhuvaane

  12. usufshaun

    Ahrmn Kahala kithah kudhin midhuniyeyga ulheyne dho.. Meehehge ehytherikamah beynun va ves kithah kudhin ulheyne dho.. Ahrnvs mee hama ekahala nikamethi grl eh n ehytherikamah inthiha ah beynun vefa va kujjeh..

  13. meen

    thi regular koh namaadu kura kudhin tha…. ehen viya v hate nuvaane life deke. god is with u. u r in a exam. how much time do u spend in social media…. too much socialise. too much expectations are too bad for u. instead think abt someone who is more poor than u will start to think positive

  14. Cupcake

    Thedheh thibuny!!!
    I’m just shocked!!! -It is a vopy paste of my life!!!! ?
    But I’m a patient of Anxiety!!! But no one else knows that but me!!!
    Yes it’s lonely!!! I have issues in trusting people…. I evene get anxiety attacks as such in Chest ain or so!!!
    But I don’t hurt myself!!! But yes… Even I feel like I should die and all those things,, evarihama vaane kithamme kuda kamehgai viyas!!! ?
    But I keep on going…. without suicide!!! Cause every time I rethink like I should die, I remind myself that it’s Haraam in Islam!!! :’)

  15. Cupcake

    Thedheh thibuny!!!
    I’m just shocked!!! -It is a copy paste of my life!!!! ?
    But I’m a patient of Anxiety!!! But no one else knows that but me!!!
    Yes it’s lonely!!! I have issues in trusting people…. I evene get anxiety attacks as such in Chest ain or so!!!
    But I don’t hurt myself!!! But yes… Even I feel like I should die and all those things,, evarihama vaane kithamme kuda kamehgai viyas!!! ?
    But I keep on going…. without suicide!!! Cause every time I rethink like I should die, I remind myself that it’s Haraam in Islam!!! :’)

  16. Pandit

    Tinker Bell
    Quite disturbed by what you wrote.You deserve a better life. I hope you don’t mind few words of advice. Here they are:
    “As you think so shall you become.” If you think,’I’m good. I’m wanted.
    I’m a joy to my family” and keep repeating those phrases or similar to yourself until they permeate your subconscious mind, the law of attraction decrees that such things will MANIFEST in your life. So THINK only positive thoughts and block out NEGETIVE ones.
    -Find out some thing, any thing, you truly love doing; then do it consistently even if monetarily unrewarding at first. Money part will follow.
    Wishing you success and joy and fulfillment.

  17. ina

    Owhh wowww…vrh nice..:-/:-/;-):|

  18. Sienna

    nice try! :* 😉

  19. Gabbe

    Interesting.. looking forward for another story.

Comments are closed.