Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ިސިހުރު 2

Rana Level 1
July 26, 2020 One Min Read
3 Comments

ދުވަހަކީ ވިއްސާރަ  ދުވަހަކަށް ވުމުން އަހަރެން ނިންމީ ސެކަންޑް ޔުނިފޯރްމް ލައިގެން ދިއުމަށެެެެވެ.. އަދި މަގުމަތީގައި ފެންބޮޑުވެފާ ހުންނާނެތީ ބޫއްޓު ތެމުނަ ނުދެން  ފައިވާނަށް އެރިގެން ދާން ނިންމީމެވެ. ސީކުރެޓް ސެންޓުފުޅިން ގަޔަށް ވައި ކޮޅެއް ބުރުވާލުމަށް ފަހު ހިތު ތެރެއިން ހެނދުނު ކިޔާ ޒިކުރުތައް ކިޔަމުން  ދަބަސް ހިފައިގެން އަހަރެން ނިކުތީމެވެ. މަންމަ ކުޑަ އެއް ހިފައިގެން އަހަރެން  ސްކޫލަށް ލާންދިއުމައް ނުކުންނަނީއެވެ. ސްކޫލަކީ ވަރަށް ދުރު ހުންނަ ތަނެއް ކަމުން ހިނގާފަ ދާނަމަ ގާތްގަނޑަކަށް 10 މިނަޓް ނަގާނެއެވެ. ނަމަވެސް މިއަދު އަހަރެން ބޭނުން ވީ ހިނގާފަދިއުމަށެވެ. ސަބަބަކީ އަހަރެން ވަރަށް ޗަކަ ގަނޑަށް އެރޭހިތްވާތީއެވެ.ސްކޫލްގޭޓުތެރެއިން  ރަނގަޅަށް ނުވަދެވިގެން އުޅެނިކޮށް އައިރާ ފަހަތުން އައިސް ބައްދާލިއެވެ. އައިރާ އަކީ ކުޑަ އިރުސްސުރެ ވެސް އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. އިނގެރޭސި ބަހުން ބުނާނަމަ *ބެސްޓް ފްރެންްޑްސް*. ހިތާމަ އަކީ ރައިސާ މި ދުނިޔެ އަށް އަލްވަދާއު ކިޔާފާވާކަމެވެ. މާޒީގެ އެދުވަސްތަށް ހިތަށް އެރުމުންވެސް ގައިން ހީބިހި ނަގައިގެން ދެޔެވެ. އޭރު ރަށުގައި އެންމެ ލާނެއް ވާނީ އަހަރެންގެ ރައްޓެހިންނޭ ބުންޏަސް ދޮގަކަށް  ނުވާނެވެ. ރައިސާ މަރުވެގެން ދިޔަ ދުވަސް ދެންމެ ވީ ކަމެއް ހިން އަހަންނަށް ސިފަކުރެވެމުން ދެއެވެ. އޭނަ މަރުވެގެން ދިޔަ ދުވަހު  އެންމެކައިރީގަ  އޭނަ ގެ ލޭ ތަށް ފުހަން ހުރީވެސް އަހަރެން ނޭ . ރައިސާގެ ފުރާނަ އާ އޭނަގެ މަސްގަނޑު މި ދުނިޔެ އަށް އަލްވަދާއު ކީ އަހަރެންގެ އަތްމަތީގައެވެ. އެ މަންޒަރުތަށް ފެނުނުފަހުން އަހަރެންނަށް ހުރެވެނީ ކޮންމެވެސް ކަމަކާ ބޯގޮވާ ފައެވެ. އޭނަ އެހާބޮޑަށް ބަލިވަން ޖެހުނު ސަބަބެއް ހުދު އަހަރެން ވެސް ބަލަން ބޭނުމެވެ.

މިހާރު އަހަރެންގެ ކައިރީ ގަ ހުރީ އައިރާ އެކަންޏެވެ. މިހާރު އައިރާ އަކީ ހިތުގެ އެއްފަޅި އޭ ބުންޏަސް ދޮގަަކަށް ނުވާނެއެވެ. ނަމަވެސް އައިރާ އަހަންނާއެކު އުޅެނީ އައިރާ އެކު އުޅެނީ އައިރާ މަންމަ ނުރުހުމުގައެވެ. އެތައް ދުވަހަކު  އައިރާގެ މަންމަ އަހަންނާއެކު ނޫޅުމަށް ބުނަމުން އައި ބަސްތައް އަހަންނަށް އިވިފާވެއެވެ.ސަބަބަކީ އަހަންނަކީ އައިރާ ކަހަލަ މުއްސަންޖަކަށް ނުވުމުން ނެވެ. އަދި އެންމެ ބޮޑަށް ހަސަދަލާ އެއްކަމަކީ އަހަރެން އައިރާ އަށް ވުރެ ކިޔަވަން މޮޅުވެ އަޙްލާޤް ރަނގަޅު ވުމުންނެވެ. އެކަމު ރައިސާ އަހަރެންގެ އަތުން ބީވެގެން ދިޔަހެން އައިރާ ބީވެގެން ދާކަށް ނޭދެމެވެ.

Share Article

Follow Me Written By

Rana

Level 1

Other Articles

Previous

ނާމާން – 7

Next

ވަކިވެދިޔަޔަސް…(ޓްރެއިލަރ)

Next
July 26, 2020

ވަކިވެދިޔަޔަސް…(ޓްރެއިލަރ)

Previews
July 26, 2020

ނާމާން – 7

3 Comments!

  1. Ilmaa says:
    July 26, 2020 at 3:41 pm

    When next part

  2. މޯދީ says:
    July 27, 2020 at 8:37 pm

    faharaku folhuvatheh liyan veenun…

    1. Unadha says:
      August 2, 2020 at 12:51 pm

      Miah vure reethikoh feeback dheyn v nu

Comments are closed.


All Right Reserved!