ކޮޓަރިން ނިކުމެ ފުރަތަމަ ވެސް ދިޔައީ ބަދިގެއަށެވެ. ބަދިގެއަށް ވަދެ ފުރިޖުން ފެންފުޅިއެއް ނަގައި ފެންބޮއެ ނިމުން ތަނުން ރީމާ ގޮވާއަޑަށް ލައިހާ ނިކުތެވެ. ރީމާ ކައިރީގައި ނުދަންނަ ޒުވާނެއް ފެނުމުން ތަންކޮޅެއް ދުރުގައި ލައިހާ ހުއްޓިފައި އިނެވެ. ************************************************* ރަތް ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރުމުން ފިރިހެންވަންތަކަން ދައްކައެވެ. އެއް އަރިމައްޗަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްފައި ވުމުން ”ހޭންޑްސަމް“ ކަމަށް ދައްކައެވެ. ލައިހާ ފެނުމުން އެ ފިރިހެން ކުއްޖާ، […]
އުޑުގައި އެތަށް ހާސް ތަރިތައް ފިޔަޖަހާ ތަނާއި، ބުރު ހަމަ ހަނދެއްގެ އަލިކަން ފެނުމުން މި ރޭގަނޑު ފުރިހަމަކަމަށް ދައްކައެވެ. އަށާރަ އަހަރުގެ ލައިހާ ގޭ ބޭރު ޖޯލިފަތީގައި އިށީނދެގެން މި ރޭގަނޑުގެ ފުރިހަމަކަމަށް ހިތުން ތަޢުރީފު ކުރަމުން ދިޔައެވެ. މި މަންޒަރު ބަލަން އިންނަ ކޮންމެ މީހަކަށް އެހާ ވެސް ހިތްހަމަ ޖެހުން ލިބޭނެކަން ޔަޤީނެވެ. ނަމަވެސް ލައިހާގެ ހިތް ތަޢުރީފު ކުރިއެއް ކަމަކު ސިކުނޑި ތެރޭގައި ވިސްނެމުން ދިޔައީ މި ހަނދުވަރު ދޭ ރެއާ […]