Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

ކަލާއާއި އެކުގައި މި ހިތް ނަށާނޭ 1

Kanbulo💝 Level 1
February 2, 2022 5 Mins Read
1 Comment

ކޮޓަރިން ނިކުމެ ފުރަތަމަ ވެސް ދިޔައީ ބަދިގެއަށެވެ. ބަދިގެއަށް ވަދެ ފުރިޖުން ފެންފުޅިއެއް ނަގައި ފެންބޮއެ ނިމުން ތަނުން ރީމާ ގޮވާއަޑަށް ލައިހާ ނިކުތެވެ. ރީމާ ކައިރީގައި ނުދަންނަ ޒުވާނެއް ފެނުމުން ތަންކޮޅެއް ދުރުގައި ލައިހާ ހުއްޓިފައި އިނެވެ.

*************************************************

 

ރަތް ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރުމުން ފިރިހެންވަންތަކަން ދައްކައެވެ. އެއް އަރިމައްޗަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްފައި ވުމުން ”ހޭންޑްސަމް“ ކަމަށް ދައްކައެވެ. ލައިހާ ފެނުމުން އެ ފިރިހެން ކުއްޖާ، އެސްފިޔަ ނުޖަހައި ބަލަން ހުއްޓެވެ. ”ދަރިފުޅާ. މީ ޝައުވާން. ދަރިފުޅު އިންނަން އުޅޭ ކުއްޖާ. ޝައުވާން މީ ލައިހާ.“ ރީމާ ދެ މީހުން ތަޢާރަފު ކޮށްދިނެވެ. ލައިހާ ހުރީ ޝައުވާންގެ ތޫނު ބެލުމަކުން ބަލާ ވަރުން ލަދުން ބޯ ހަލާކުވެފައެވެ. ލައިހާ ލަދުން އިންކަން އިނގުމުން ޝައުވާން ލާނެއް ހިނިތުންވުމަކާ އެކީ ހައްތަހާ ބޮޑަށް ލައިހާއާ ދިމާލަށް ބެލިއެވެ. އޭނާ އެންމެ ކުރާ ހިތްވާ ކަމަކީ އަންހެން ކުދިން ލަދު ގެންނެވުމެވެ.

އިރުކޮޅެއް ނުވެ ލައިހާގެ ބައްޕަ ނިހާން ކޮޓަރިން ނިކުތެވެ. ”އަހަ. ދަރިފުޅަ ޝައުވާން. އާދެ އުނދޯޔަށް އިށީންނަން.“ އެވަރުން ވެސް ޝައުވާން ބަލާ ވަރުން އުނދަގޫވުމުން  އެންމެ ފަހުން ޒީޝާމެން ގެއަށް ށޭ ކިޔާފައި ލައިހާ އަވަހަށް ނިކުމެގެން ދިޔައެވެ. ޒީޝާމެން ގެއަށް ދެވުނު އިރު ހުމައިންއާ ޒީޝާ އާ އޮލަ ވާހަކައިގައި ޖޯލިފަތީގައި އިށީނދެގެން ތިއްބެވެ. ލައިހާ ހޭން ފެށި އަޑަށް ދެ މީހުން ސިއްސައިގެން ގޮސް ތެދުވިއެވެ. ”މާފޮޅުވަނީ ދޯ.“ ލައިހާ ދިމާކުރަން ފެއްޓިއެވެ. ”ނޯ! ސާބަސް ލައިހާ.“ ޒީޝާ ރަތް ވެގެން ދިޔައެވެ. ހުމައިން ކުޑަކޮށް ރަކިވިއެވެ. ”ހޫމް. ދެން ހެވޭ. ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން މި އައީ.“ ލައިހާ ހިތްހަމަ ނުޖެހި ހުރެ ބުންޏެވެ. ”ހާދަ ހިތްހަމަ ނުޖެހިފަ. ހޫމް. ކިޔާބަ ތި ކިޔަން އުޅޭ އެއްޗެއް.“ ލައިހާ ހިތްހަމަ ނުޖެހިފައިވާ ހުރިކަން އިނގުމުން ޒީޝާ ބުންޏެވެ. ”މި އުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން.“ ލައިހާ ބުންޏެވެ. ”ވާޓް! އަނގާވެސް ނުލާ. ޕިސް ޕިސް. ހާދަ ގޯހޭ. އެކަމް ލައިހާ ކީއްވެ ހިތްހަމަ ނުޖެހިފަ. ކަމެއް ގޯސްވީތަ؟“ ޒީޝާ ޝަކުވާ ކޮށްލިއެވެ.

ލައިހާ އަދިވެސް ހިތްހަމަނުޖެހިފައި ހުރުމުން އަހާލިއެވެ. ”މީ މަންމަމެން ރޭވި ކަމެއް. އަހަރެން ކައިރީ ނުވެސް ބުނެ. ނޭނގެ ކޮންކަހަލަ ފިރިހެނެއް ކަމެއްވެސް. ދެންމެ އައި ގެއަށްވެސް. ބަލާވަރުން ނުކުޅަދާނަވެގެން މި އައީ ވެސް.“ ލައިހާ ބުންޏެވެ.” އޯ.. އަޅައި ގަތީ ކަންނޭގެ.“ ޒީޝާ ދިމާ ކުރަން ފެއްޓިއެވެ. ”ނޯވޭ.“ ޒީޝާއާއި ހުމައިން ހޭން ފެށިއެވެ. ”ކޮން ނަމެއް ތަ ކިޔަނީ އޭނަ އަށް؟“ ޒީޝާ އަހާލިއެވެ. ”ޝައުވާން އެކޯ. ކީއްކުރަން ނަން ތިޔަ ހޯދަނީ މާ ވަރަކަށް؟“ ލައިހާ ބުންޏެވެ. ”ޝައުވާން އޭ. އޭނާ އަހަރެންނަށް އަނގާވެސް ނުލާ.“ ހުމައިން މިހެން ބުނުމުން ލައިހާ ޙައިރާންވިއެވެ. ”ހުމައިން ދަންނަން ތަ ޝައުވާން؟“ލައިހާ ފާޑަކަށް ހުރެފަ އެހިއެވެ. ”އާން. އެއީ އަހަރެންގެ ކަޒިން އެއް.“ ހުމައިން ބުންޏެވެ. ”އޫ.“ ޒީޝާ އަނެއްކާ ދިމާކުރަން ފެށިއެވެ. ”ހޫމް. ދެން ހެވޭ.“ ހުމައިން އާއި ޒިޝާ ހޭން ފެށިއެވެ.

ޒީޝާމެން ގޭގައި ސަކަރާތް ޖަހަ ޖަހާ ފައި ލައިހާ އަނބުރާ ގެއަށް ދާން ނިކުތް އިރު މެންދުރު ނަމާދު ބަނގި ގޮވާފިއެވެ.  ގެއަށް ވަންނަ ބޭރު ދޮރު ހުޅުވި ވަގުތު މީހެއްގެ މޭމަތީގައި ލައިހާ ގެ މޫނު ޖެހުނެވެ. ލައިހާ ނުވެއްޓުނީ އެ މީހާ ހުޝިޔާރުކަމާއި އެކު ހިފެހެއްޓުމުންނެވެ. އެ މީހެއްގެ މޫނާ ދިމާލަށް ބެލިއެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ޝައުވާންއެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ޝައުވާން ވަރަށް ފުންކޮށް އެ ރީތި މަޑު މުށި ކުލައިގެ ދެ ލޮލަށް ބަލަމުން ދިޔައެވެ. ލައިހާއަށް ވެސް ވީ ހަމަ އެފަދަ ގޮތަކަށެވެ. ” އެހެމް. “ ރީމާ ކަރު ކެހެލި އަޑަށް ދެ މީހުން ސިއްސައިގެން ދިޔައެވެ. ” ކޮން ކަމެއް އަނެއްކާ؟“ ރީމާ ހޭން ފެއްޓިއެވެ. ” މަންމާ. “ ލައިހާ ކުނިމޫނު ހެދިއެވެ. ޝައުވާން ލާނެއް ހިނިތުންވުމަކާ އެކު ލައިހާ އާ ދިމާލަށް ބަލާފައި އޭނަގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. ޝައުވާން ގެއްލެން ދެން ދޮރު ކައިރީގައި ބަލަހައްޓައިގެން ލައިހާއަށް ހުރެވުނެވެ. ލައިހާއަށް ހަމަ ހޭ އަށް އާދެވުނީ ރީމާ ލައިހާ ގައިގާ ކޮށްޓާލުމުނެވެ. ”ކޯއްޗެއް ތިޔަ ބަލަނީ. ކަމުދޭދޯ.“ރީމާ ދިމާކުރަން ފެށިއެވެ. ”ވަޓް! ނޯވޭ. ދެން މަންމަ ވެސް ދޯ.“ ރީމާ ހޭން ފެށިއެވެ. ”ހޫމް. ތިޔެއް އިނގޭނެ ކައިވެނި ކުރީމަ.“ ރީމާ ބުންޏެވެ. ”ސާބަސް.“ ތުންފަތުން ވައްތަރު ތަކެއް ޖައްސާފައި މެންދުރު ނަމާދު ކުރަމަށް ލައިހާ ކޮޓަރިއަށް ވަނެވެ. އެއާއެކު ނިހާން ގޮވި އަޑަށް ރީމާ ކޮޓަރިއަށް ވަނެވެ. 

”އެ ގޮއްޔެ ހާދަ ރުޅިކޭ އެ އަންނަނީ ޝައުވާން ފެނުނީމަ.“ ނިހާން ހޭން ފެށިއެވެ. ”އެހެން އުޅޭނެ. ކައިވެނި ކުރީމަ ދެން ރަނގަޅު ވާނެ. ޝައުވާން އަކީ ގޯސް ކުއްޖެއް ނޫން.“ ރީމާ ބުންޏެވެ. ”އެ ގޮއްޔެ ނަސީބު ރަނގަޅީތާ.“ ރީމާ އާއި ނިހާން ހޭން ފެށިއެވެ. ނިހާން ކޮޓަރިން ނިކުމެ ހިނގައިގަތީ ލަކުޑީގެ މަސައްކަތެއް ކުރަން ޖެހިގެންނެވެ.

ނަމާދު ކުރުމަށް ފަހު ކުރާނެ ކަމެއް ނެތުމުން ލެޕްޓޮޕުން ނަގައި ”ޑިސެންޑެންޓްސް އޮފް ދަ ސަން“ ކިޔާ ކޮރިއަން ފިލްމެއް އަޅުވައިގެން އެނދު މަތީ ގައި އޮށޯވެލައިގެން ލައިހާ ބަލަން އޮތެވެ. ކޮރިއަން ފިލްމުތަކަކީ ލައިހާ އެންމެ ބަލާ ހިތުން ބަލާ ވައްތަރުގެ ފިލްމު ތަކެވެ. ޙާއްޞަކޮށް ލޯބީގެ ފިލްމުތަކެވެ.

ޑްރާމައަށް ގެއްލިފައި އިންދާ ލައިހާ ސިއްސައިގެން ދިޔައީ ކޮޓަރި ދޮރުގައި ޓަކި ޖެހި އަޑަށެވެ. އެނދުން ތެދުވެފައި ދޮރު ހުޅުވާލުމަށް ފަހު ހުރި މީހާ ފެނުމުން ލައިހާ ޙައިރާންވިއެވެ. ޝައުވާންއެވެ. ލައިހާގެ ހިތް އަވަސްވަމުން ދިޔައެވެ.”ކޮބާ ލައިހާގެ މަންމަ؟“ ޝައުވާން ގެ ރީތި ބަރުކަމެއް ލިބިފައިވާ އަޑުން އެހިއެވެ. ”މަ..މަންމަ ނެތްތަ ސިޓިން ރޫމް ގަ؟“ ލައިހާ ވެސް އެހީ ސުވާލެކެވެ. ”ނެތީމައެއްނުން މި އެހީ.“ ޝައުވާން ގެ މޫނު މައްޗަށް ލާނެއް ހިނިތުން ވުމެއް ވެރިކުރިއެވެ. ”ތި..ތިހެން ވިއްޔާ ވާނީ ބެ..ބޭރަށް ގޮއްސަ ކަން..ކަންނޭގެ.“ ޝައުވާން ކުރިމަތީގައި މިހެން ވާހަކަ ދެއްކެވުމުން ލައިހާ އަމިއްލަ ނަފްސަށް ކުދި ކިޔަމުން ދިޔައެވެ. ”ހާދަ ބިރެކޭ ތި ގަންނަނީ.“ ޝައުވާން ހޭން ފެއްޓިއެވެ. ދެލޯނުޖަހައި ޝައުވާން އާ ދިމާލަށް ބަލަން ލައިހާއަށް ހުރެވުނެވެ. ޝައުވާން ގެ ހުނުމުގެ އަޑު ހަމަ އެހާ ރީތި ވުމުންނެވެ. ޝައުވާން ހިނިގަނޑު ހަމައަކަށް އެޅުވިއެވެ. އެހާ ހިސާބުން ދެ މީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.

”އަހަންނާ އެކީ މިއަދު ހަވީރު ހިންގާލަން ދެވިދާނެތަ؟“ އިރުކޮޅަކު ދެ މީހުން އެހެން ހުރެފައި ޝައުވާން ވާހަކަ ދައްކަން ފެށިއެވެ. ލައިހާ ދޭނެ ޖަވާބަކާ މެދު ވިސްނިއެވެ. ހަވީރު ކުރާނެ ކަމެއް ނޯނަނާނެއެވެ. ގޭތެރޭގައި ފޫހިވެފަ އިނުމަށް ވުރެއް ހިތްހަމަޖައްސައިލަން ހިނގާލަން ދިޔަސް ރަނގަޅުވާނެކަމަށް ދެކި ލައިހާ އާއިކޭ ބުނުމުގެ ގޮތުން ލަދުން ބޯޖަހާލިއެވެ. ”އޯކެ. އަންނާނަން ބަލައި. ރެޑީ ވެގެން ހުންނާތި.“ ޝައުވާން އެއް ލޯ މަރާ ލައިފައި ނިކުމެގެން ހިނގައްޖެއެވެ.

ލައިހާގެ ހިތުގައި މީގެ ކުރިން ނުވާ ކަހަލަ އިޙްސާސްތަކެއް ވާން ފެށިއެވެ. ހިތް ނަށާ ކަހަލައެވެ. ނަމަވެސް ލައިހާ އަދި ވެސް ހިތަހަމަ އެއް ނުޖެހެއެވެ. މިހާރު އެހެން އުޅުނަސް އޭނާގެ ޙަޤީޤަތެއް ނޭނގޭނެއެވެ. ކިތަންމެ ނުބައި ނުލަފާ މީހަކު މީހުންގެ ކުރިމަތީގައި ރަނގަޅު ކަމަށް ދެއްކިގެން އުޅޭނެއެވެ.

އެ ހިޔާލު ތަކުން ދުރުވެ ބަނޑުހައި ވެގެން ނޫޑުލިސް ކައްކަން ލައިހާ ބަދިގެއަށް ވަދުނެވެ. އޭރު ގޭތެރެއަށް ރީމާ ވަދެގެން އައެވެ. ”ކޮން ވާހަކައެއް ޔާނީ އެއް ދައްކަނީ؟“ ޔާނީ އޭ ބުނުމުން ލައިހާ ދެކެ ރުޅިއައެވެ.” ކޯއްޗެއް؟ ކީކޯ އޭނަ ބުނީ؟“ ރީމާ ގާތުގައި ފޫހިވެފައި ހުރި ގޮތަކަށް ލައިހާ އެހިއެވެ. ”ލައިހާ ގޭތެރެއަށް ފިރިހެނުން ވައްދަނިއްޔޯ. ކާކު މި ގެއަށް ވެއްދީ؟“ ރީމާ ދެކެ ރުޅިއަންނަން ފެށިއެވެ. ”ސާބަސް މަންމާ. މަންމަ ވެސް މިހާރު ޔާނީ ދައްކާ ވާހަކަތަކަށް ހެއްލެނީ ދޯ. ޝައުވާން އައީ މަންމަ ހޯދަން.“ ލައިހާ ޔާނީއާ ދިމާލަށް ކުދި ކިޔަމުން ދިޔައެވެ. ވާނީވެސް އެހެން ތާއެވެ. ޔާނީގެ ކަމަކީ މީހުންގެ މަސް ކެއުމާއި ދޮގެއް ހަދައިގެން ކަމަކު ވެސް ދޭތެރެޖެއްސުމެވެ. ލައިހާ އޭ ކިޔައިގެން އެތައް ދޮގެއް ރީމާ ކައިރީގައި ބުނަމުން ދެއެވެ. ލައިހާއަށް ކެތްތެރިވުން ނޫން ކަމެއް ނެތެވެ. ”މަންމަ ހަންދާން ނެތިފަ މިހުރީވެސް. ޝައުވާން ދަރިފުޅަށް އެއްޗެއް ނުދޭތަ؟“ ރީމާ އެހިއެވެ.” ނުދޭ. އެކަމް… “ ދެން އޮތް ބައި ބުނަން ލައިހާ ލަދުގަންނަން ފެށިއެވެ. މަންމަ ކައިރީގައި ބުނެފިއްޔާ ދީމާ ކުރާ ވަރުން ނުކުޅަދާނަ ވާނެއެވެ. ”ހޫމް..އެކަމް ކޯއްޗެއް؟“ ރީމާ ހުރީ ކެއްމަދުވެފައެވެ.” އެކަމް…. އޭނަ ބުނި ހިނގާލަން ދާން އަންނާނަމޯ ބަލައި.“ ރީމާއަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް ލައިހާ ބޭނުމެއް ނުވިއެވެ. ”ހަމަ އަސްލަށް؟ ޝައުވާން އަށް ދަރިފުޅު ކަމު ދިޔައީ ތޯއްޗެ؟“ ރީމާ ދިމާކުރަން ފެއްޓިއެވެ. ”ސާބަސް މަންމާ. އެހެންނެއް ނޫން. “ ލައިހާ ތުން ދަމައިގެން އިނެވެ. ”ހޫމް ގަޑިއަށް ތައްޔާރު ވެޔޭ އަނެއްކާ.“ ރީމާ ހެމުން ކޮޓަރިއަށް ވަދުނެވެ.

ގަޑިން ތިނެއް ޖެހުމުން ލައިހާ އަވަހަށް ފެން ވަރަން ވަދުނެވެ. ފެންވަރައިގެން ނިކުމެ އަތްދިގު ރަތްކުލައިގެ ބަންދު ލީ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ލިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅަނިކޮށް ޢަޞުރު ބަންގި ގޮވާފިއެވެ. ފެންވެރި ގަޑީގައި ވުޟޫކުރުމުން އަވަހަށް އިސްޓާކީނާއި ދޮޅި އަޅައިގެން ލައިހާ ނަމާދަށް އެރިއެވެ.

ނަމާދު ކުރުމަށް ފަހު މޫނުގައި ފުއް ކޮޅެއް ޖަހައިގެން މަޑު ފިޔާތޮށި ކުލައެއް ތުންފަތުގަ ޖައްސައިގެން ކޮޓަރިން ނިކުތެވެ. އޭރު ނިހާން ސޯފާގައި އިށީނދެގެން އިން އިރު ރީމާ ބަދިގޭގައި ނިހާން އަށް ޖޫސް ތައްޓެއް ގިރަނީއެވެ. ”ދަރިފުޅު ކޮންތާކަށް ދާން އެހާ ރީތި ވެލައިގެން؟“ ލައިހާ ފެނުމުން ނިހާން އެހިއެވެ. ”އެ އުޅެނީ ޝައުވާން އާ އެކީ ހިނގާލަން ދާން ނުން.“ ރީމާ ބަދިގެއިން ނިކުމެފައި ނިހާން އަށް ޖޫސް ތަށި ދެމުން ބުންޏެވެ. ”މަންމަ އަށް ވާ ތިއޮތި ވަރެއް ވެފަ. އޭނަ އާ އެކީ ހިނގާލަން ދިއުން އެއީ މައްސަލައެއްތަ؟“ ލައިހާ ތުން އަނބުރާލިއެވެ. އެންމެ ފަހުން ޝައުވާން އަންނަން ދެން ނިހާން ކައިރީގައި ޓީވީ ބަލަން އިނެވެ.

ގަޑިން ހަތަރެއް ޖެހިތަނުން ޝައުވާން އައެވެ. ”އައްދާން.“ ޝައުވާން ގޮވާލުމުން ދެ މީހުން އެއްކޮށް ހިނގަން ނިކުމެގެން ދިޔައެވެ.

..ނުނިމޭ..

 

 

Share Article

Follow Me Written By

Kanbulo💝

Level 1

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (13)

Next

އެ ނަފްސުގެ ބަދަލު 1

Next
February 3, 2022

އެ ނަފްސުގެ ބަދަލު 1

Previews
February 2, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (13)

One Comment

  1. KøD •xAC3x• says:
    February 2, 2022 at 2:36 pm

    Varah reethi ? can’t wait for the next part. Keep it up!

Comments are closed.



All Right Reserved!