Skip to content
އެސްފިޔަ

ކަލާއާއި އެކުގައި މި ހިތް ނަށާނޭ {ޓްރެއިލާ}

އުޑުގައި އެތަށް ހާސް ތަރިތައް ފިޔަޖަހާ ތަނާއި، ބުރު ހަމަ ހަނދެއްގެ އަލިކަން ފެނުމުން މި ރޭގަނޑު ފުރިހަމަކަމަށް ދައްކައެވެ. އަށާރަ އަހަރުގެ ލައިހާ ގޭ ބޭރު ޖޯލިފަތީގައި އިށީނދެގެން މި ރޭގަނޑުގެ ފުރިހަމަކަމަށް ހިތުން ތަޢުރީފު ކުރަމުން ދިޔައެވެ. މި މަންޒަރު ބަލަން އިންނަ ކޮންމެ މީހަކަށް އެހާ ވެސް ހިތްހަމަ ޖެހުން ލިބޭނެކަން ޔަޤީނެވެ. ނަމަވެސް ލައިހާގެ ހިތް ތަޢުރީފު ކުރިއެއް ކަމަކު ސިކުނޑި ތެރޭގައި ވިސްނެމުން ދިޔައީ މި ހަނދުވަރު ދޭ ރެއާ އެއްވެސް ވަރަކަށް ގުޅުން ހުރި ކަމެއް ނޫނެވެ. މަޑު މުށި ކުލައިގެ ރީތި ކަޅިއަކާއި ދިގު ކަޅުކަން ގަދަ އެސްފިޔައެއް ލިބިފައިވާ ދެލޮލުން، މުތީއެއް ފަދަ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ލައިހާގެ ކޯތާފަތް ތެމެން ފެށިގެން.

އޭނާގެ މައިންބަފައިން މިއަދު އޭނާ ނޭނގުމެއްގެ ތެރެއަށް ވައްޓާލައިފިއެވެ.  ގޮތް ނޭނގޭ މީހަކާ ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ.  މި ސުވާލަށް ދޭނޭ ވަރަށް ގިނަ ޖަވާބުތައް ލައިހާގެ ސިކުނޑި ތެރޭގައި ހިނގަމުން ދިޔައެވެ . ގޮތް ނޭނގޭ މީހަކާ ލައިހާ ކައިވެނި ކުރުވުމަށް ލައިހާގެ މައިންބަފައިން ނިންމީ ލައިހާއަށް ހެޔޮކޮށް ކަމަށެވެ. މި ދެ އާއިލާގެ ދެމެދުގައި އޮތް މަޝްވަރާގައި ލައިހާއާއި އެ ގޮތް ނޭނގޭ ފިރިހެނާއާއި އެކު ކައިވެނި އަވަސް ކުރުމަށް ނިންމިއެވެ. ކުއްލިއަކަށް ލައިހާ ގެ މަންމަ ރީމާ، ލައިހާއަށް ގޮވާ އަޑު އިވުމުން ކަރުނަތައް ފޮހެލައި އަވަހަށް ގޭތެރެއަށް ވަދުނެވެ.

”ކީކޭ މަންމާ؟“ ލައިހާ ގެއަށް ވަންނަމުން އަހާލިއެވެ. ”އެކަނި ބޭރުގަ ތި އިނީ ކީއްވެ؟“ ރީމާ ވެސް އެހީ ސުވާލެކެވެ. ”ކަމެއް ނުވެ.“ ލައިހާ މިހެން ބުނެލިއިރު އެ އަޑުގައި ހިތްދަތި ވެފައި ވާކަން އެނގެއެވެ. ”ހަމަ އެކަމާ ވިސްނަނީތަ؟ ދަރިފުޅު ކައިރީގައި ބުނީމެއްނު އެކަމާ އެހާ ވަރަށް ވިސްނާނިކަމެއް ނެތޭ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް އެއްވެސް ދެރައަށް ނުލިބޭނެއޭ.“ ރީމާ ނަސޭހަތް ދެމުން ދިޔައެވެ. ”އެކަމަކު މަންމާ. އޭނަ އަހަރެންނަށް ހިތްހެޔޮ ނުވެއްޖެއްޔާ؟“ ލައިހާގެ ސިކުނޑި ތެރޭގައި ހިނގަމުން ދިޔަ ސުވާލު ކުރިއެވެ. ”ނޫން ދަރިފުޅާ. އެއީ ހިތްހެޔޮ، އޯގާތެރި، ފިރިހެންވަންތަ ކުއްޖެއް. ދަރިފުޅަށް ދެރަ ގޮތެއް ނުހަދާނެ. އެކަމާ ނުވިސްނަ ދެންދޭ އަވަހަށް ނިދަން.“ ރީމާ މިހެން ބުނުމުން ކުޑަކޮށް ނަމަވެސް ހިތްހަމަ ޖެހުން ލިބުނެވެ.

ދެން އަވަހަށް ކޮޓަރިއަށް ވަދެ ފެންވަރަން ވަނެވެ. ހަނދާއި ތަރިތަކުން ޑިޒައިން ކުރެވިފައިވާ ކަނޑު ނޫކުލައިގެ ނިދާ ހެދުމަކާ ހަރުވާޅެއް ލައިގެން އެނދުގައި އޮށޯތެވެ. މިނެޓެއްގެ ތެރޭގައި ލޯ ޖެހެމުން ގޮސް ލައިހާއަށް ނިދުނެވެ.

ހެނދުނު ތެދުވެ ތާޒާ ވެލައިގެން އަތްދިގު ޕްލެއިން ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖިންސެއް ލައިގެން ހުރުމުން ލައިހާ ރީތިކަމަށް ދައްކައެވެ. އަދި އިތުރު ފުރިހަމަ ކަމެއް ގެނައުމަށް ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލިއެވެ.

ކޮޓަރިން ނިކުމެ ފުރަތަމަ ވެސް ދިޔައީ ބަދިގެއަށެވެ. ބަދިގެއަށް ވަދެ ފުރިޖުން ފެންފުޅިއެއް ނަގައި ފެންބޮއެ ނިމުން ތަނުން ރީމާ ގޮވާއަޑަށް ލައިހާ ނިކުތެވެ. ރީމާ ކައިރީގައި ނުދަންނަ ޒުވާނެއް ފެނުމުން ތަންކޮޅެއް ދުރުގައި ލައިހާ ހުއްޓިފައި އިނެވެ.

.. ނޫނިމޭ ..

ސަލާމް…

މިއީ އަޅުގަނޑު މި ސައިޓަށް ނެރޭ ފުރަތަމަ ވާހަކަ. މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަން.  ކޮންމެ ހަފްތާއެއްގައި 2 ނުވަތަ 3 ވަރަކަށް މި ވާހަކައިގެ ބައިތައް ނެރެވޭތޯ މަސައްކަތް ކުރާނަން. އިންޝާ ﷲ

?Tc

 

 

 

Comments (6)

  1. Hûdhãkkø

    Mi vaahaka vrh reethi vaane hen Heevey ???✨
    Aslu VX vrh reethi mi part ???
    Waiting for the next part ????
    Next part vrh vrh avahah up kohdhehchey ???

  2. KøD •xAC3x•

    Varah furihama ?? keep writing more interesting stories like this. Can’t wait for part 2. Consider me as your biggest fan. Keep it up!

  3. orange

    Thank u for all ur support?
    Plzz wait for the next part
    Sarah avahah up kohlladheveytho balaanan
    ?Insha allah?

    1. orange
      orange

      *varah
      ??

  4. silent gurl3022

    Looking foward to read this story!?

  5. Mysterious Woman

    v.interesting… waiting for the story…

Comments are closed.