ވިލިމާލެ ފެރީގެ ތެރެއަށް މީހުން އަރައި ހަމަ ޖެހުމުން ފެރީ ނައްޓާލައިފިއެވެ. އެއްކަނެއްގައި އިށީނދެލައިގެން އިން އަންހެން ކުއްޖާ ދޭތެރެއަކުން މޫނު ފުހެލައެވެ. ހީވަނީ މީހުންގެ ތެރޭގައި އިންނަން ވުމުން ބިރުން އިންހެނެވެ. ކުޑަކޮށް ދޮން ގޮތެއްހުރި އެމޫނުގައި ވަނީ ނުތަނަވަސް ކަމެވެ. މޫނު އުނގުޅާވަރުން ރަތްވެފައި ހުރިހެންވެސް ހީވެއެވެ. އެހެން މީހުނަށް މޫނު ފޮރުވަން ވެގެން އޭނާގެ ދިގ ބުޅި އިސްތަށިގަނޑު ނަގައި ކޮނޑުމައްޗަށްލީވެސް އެހެންވެއެވެ. ބުޅުބުޅި އެއިސްތަށިގަނޑުން އޭނާގެ މޫނުގެ އެއްބައިވަނީ ފޮރުވިފައެވެ. ކައިރީގައި […]