Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނޭހެ ދުނިޔޭގާ (1)

Nuzzi
May 17, 2016
3 Mins Read
43 Views
19 Comments

ވިލިމާލެ ފެރީގެ ތެރެއަށް މީހުން އަރައި ހަމަ ޖެހުމުން ފެރީ ނައްޓާލައިފިއެވެ. އެއްކަނެއްގައި އިށީނދެލައިގެން އިން އަންހެން ކުއްޖާ ދޭތެރެއަކުން މޫނު ފުހެލައެވެ. ހީވަނީ މީހުންގެ ތެރޭގައި އިންނަން ވުމުން ބިރުން އިންހެނެވެ. ކުޑަކޮށް ދޮން ގޮތެއްހުރި އެމޫނުގައި ވަނީ ނުތަނަވަސް ކަމެވެ. މޫނު އުނގުޅާވަރުން ރަތްވެފައި ހުރިހެންވެސް ހީވެއެވެ. އެހެން މީހުނަށް މޫނު ފޮރުވަން ވެގެން އޭނާގެ ދިގ ބުޅި އިސްތަށިގަނޑު ނަގައި ކޮނޑުމައްޗަށްލީވެސް އެހެންވެއެވެ. ބުޅުބުޅި އެއިސްތަށިގަނޑުން އޭނާގެ މޫނުގެ އެއްބައިވަނީ ފޮރުވިފައެވެ. ކައިރީގައި ހުރި އަންހެން މީހާ ހީވަނީ އެކުއްޖާގެ މަންމަ ހެންނެވެ. ދެފަހަރަކު މޫނުގައި އަތް ނުހާކައި އިނުމަށް ބުނެލިއެވެ.

“އަވީން… ބަލަ ތި މޫނުގައި އަތް ނުހާކަބަލަ..” އާސިޔާ އަޑުންވެސް ހިތަހަމަ ނުޖެހިފައި ހުރިކަން އެނގެއެވެ.

“އަހަރެން ބޭނުމެއް ނޫނޭ ތަންނަށް ދާކަށް.. ގޭގައި ބަހައްޓާފަ މަންމަ މިކޮޅަށް އައިނަމަ” އަވީންވެސް އޭނާގެ ދިގު އިސްތަށިގަނޑު މޫނާއި ދުރު ކޮއްލަމުން ބުނެލިއެވެ.

“މަންމަގެ ރައްޓެއްސެއްގެ ގެއަށް މިއައީ.. އަވީން ތީ އެހެން ނޫނަސް މިހާރު ކުޑަކުއްޖެއްނޫން.. 18 އަހަރުވީ މިއަހަރުއޭ” އާސިޔާ އަނެއްކާވެސް ބުނެލިއެވެ.

“ދެން މަންމާ..” އަވީނަށް އެޖުމްލަ އެހާ ކަމަކު ނުދިޔައެވެ. ބޮޑުމީހެއްކަން އަންގައި ދިނުމުން ކަމަށްވެސް ވެދާނެއެވެ.

އަވީންގެ އުމުރުން އެގާރަ އަހަރުގައި އޭނާގެ ބައްޕަވަނީ މަރުވެފައެވެ. މަންމައާއި ބައްޕަގެ ހުންނަނީ އޭނާ އެކަނި ކަމުން އެންމެންވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ. މަންމަ ފިޔަވައެވެ. މަންމަ އަބަދުވެސް ހުންނާނީ  ފުއްޖަހާ ރީތި ވެލާފައެވެ. އަވީން ހަނދާންވާން ފެށީއްސުރެވެސް އޭނާ ދުވަހަކުވެސް ބައްޕަގެ ހިދުމަތުގައި މަންމަ އުޅޭތަނެއް ނުދެކެއެވެ. އަދި އޭނާއަކާއިވެސް އެހާ ގާތްކޮށެއް ނޫޅެއެވެ. ބައްޕަ މާލޭމީހަކަށް ވުމުން މަންމަ އަބަދު ތަޅައި ބުރުއްސަން އެވަރަށް ލާރި ލިބެއެވެ. ބައްޕަގެ އެހެން ބަނޑެއްގެ ދެފިރިހެން ކުދިން ތިބިކަން އެއީ އޭނާގެ ނަސީބެވެ. ފެރީން ފައިބައިގެން އައި ދެމީހުން ހިނގަމުން ގޮސް މަޑުޖެހިލީ ފިހާރައެއްގެ ކައިރިއަށެވެ.

މަންމައާއެކު އެތަނަށް ނުވަދެ އަވީން ބޭރުގައި އާސިޔާ އުޅޭނެ ގޮތް އެނގޭތީއެވެ. ކުރިމަތިން ފެންނަން ހުރި ރީތިގެއަށް އަވީން ނަޒަރު ހިންގާލިއެވެ. މާލޭގެ ގެތަކާއި ވަރަށް ތަފާތުކޮށް ހަދާފައިވާ ބޮޑު ގެއެކެވެ. ފެހި ކުލަ ލައިފައި ހުރުމުން އެގޭގެ ފުރިހަމަކަން އިތުރު ކޮއްދެއެވެ. ބޮޑެތި ގަސްތައް ފެންނަން ހުރުމުން ބޭރުންދާ މީހުންވެސް އެތެރެއަށް ވަދެލާ ހިތްވާނެއެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ.

“އަވީން ތިގެއަށޭ މިއައީވެސް ވަރަށް ރީތި ދޯ..” އާސިޔާ އަވީންގެ ކުރިމަތިން ފެންނަން ހުރި ގެއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“މަންމާ މިހާރު އެފިހާރައިންވެސް ލިޕްސްޓިކް ގަތީދޯ” އަވީން ނުރުހުން ވިއެވެ. ކިތަންމެ ފަހަރަކު މީހުން އެދެމީހުނާއި ދިމާއަށް ބަލާކަން އޭނާއަށް އެނގެއެވެ. ނަމަވެސް މަންމަ ހުންނަލެއް ޒުވާން ކަމުން ގިނަފަހަރަށް ހީވަނީ އޭނާގެ ދައްތައެއް ހެންނެވެ.

“ދެން އިތުރު ވާޙަކަ ނުދައްކާ ހިނގާ އަވަހަށް…” އާސިޔާ ބާރަށް ހިނގައި ގަންނަމުން ބުނެލިއެވެ.

ގޭގެ ދޮރާށި ހުޅުވާލުމާއެކު ހީވަނީ ހުވަފެނީ މާލަމަކަށް ވަދެވުނު ހެނެވެ. އެކި ފާޑުފާޑު ގަހުން މުޅިގެވަނީ ހުރިފައެވެ. އަވީންގެ އެންމެ އުފާވީ އޯކިޑް ގަސްތައް ފެނުމުންނެވެ. އޭނާ އެންމެ ގަޔާވާ މަލަކީވެސް އެއީއެވެ. ގޭގެ އެކި ތަންތާގައި ބެންޗްތައް ބަހައްޓަފއި ހުއްޓެވެ. މުޅި ގޭގައިވަނީ ކާޕެޓް ގަސް ހައްދާލާފައެވެ. މިހާފެހި ވުމުން ގޭގެ ވެރިމީހާ އަކީ ގަހަށް ލޯބިކުރާ މީހެއްކަން އެނގެއެވެ.

އާސިޔާ ހުރީ ވަރަށް ހިތަހަމަ ޖެހިފައިކަން އޭނާގެ މޫނަށް ބަލާލުމުންވެސް އެނގެއެވެ. އެމީހުން ބަލައި ގޭގެ ދޮރުކައިރީގައި މެދު އުމުރުގެ އަންހެނެއް އައިސް ހުއްޓެވެ. އަވީން ފެނުމުން އެންމެ ފުރަތަމަވެސް އައިސް ބައްދާލީ އެކުއްޖާގެ ގައިގައެވެ. މިވަނީ ކިހިނެއް ކަމެއް ނޭނގި އަވީން ނިއްއަރުވާލީ އާސިޔާއަށެވެ. އެއަންހެން މީހާ ވަރަށް އުފާވެލާފައި އަވީންގެ މޫނުގައި ފިރުމާލިއެވެ. އާސިޔާވެސް ފޮނިވެލާފައި ތިމަންނަގެ ދަރިފުޅޭ ބުނެލިއެވެ.

“މާޝާ ﷲ ވަރަށް ފުރިހަމަ… ދައްތައަށް ކިޔަނީ ޔުސްރިއްޔާ” އެއަންހެން މީހާ އަމިއްލައަށް ތައާރަފް ވެލިއެވެ.

“މީ އަވީންއަކީ.. ޔުސް ހާދަ ހިކިއްޖޭ މިހާރު” ޔުސްރިއްޔާގެ ވަޅުވަދެފައިވާ ލޮލަށް ބަލާލަމުން އާސިޔާ ބުނެލިއެވެ.

ޔުސްރިއްޔާ އަވީނާއި  އޭނާގެ މަންމަ ގޮވައިގެން ގޭގެ ތެރެއަށް ވަދެލީ ސައި ދިނުމަށެވެ. އަވީންގެ ރީތިކަމަށް ޔުސްރިއްޔާ ފަހުރު ވެރިވިއެވެ. ތަފާތަކީ އަވީނަށް ލިބިފައިވާ ދިގު ބުޅި އިސްތަށިގަނޑެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ގެ ބަލާލުމަށް ޔުސްރިއްޔާ އަވީން ގޭތެރެ ބަލާލުމަށް ފޮނުވާލައިފިއެވެ.  މަންމަމެނާއި ދުރަށް ދަމުން އަދިވެސް އެއްފަހަރު އަވީން އެއަންހެން މިހާއާއި ދިމާލަށް ބަލާލިއެވެ. މޫނުމަތިން ވަރަށް ބަލިހެން ހީވެއެވެ.

ސިޑިން މައްޗަށް އަރަމުން ދިޔަ ވަރަކަށް އަވީންއަށް ހީވީ ގަނޑު ވަރެއްގައި އުޅޭވޭހެނެވެ. އެހާވެސް ބޮޑުވެފައި ފުރިހަމައެވެ. ދެބުރިއަށް ނަގާފައިވާއިރު މަތީބައިގައި ހަތަރު ކޮޓަރި އަދި ތިރީގައި ތިން ކޮޓަރި ހުއްޓެވެ.  އަވީން އެންމެ ހިތްހަމަ ޖެހުނީ  ހަދާފައިވާ ކުޑަ ލައިބްރަރީއެއް ފެނުމުންނެވެ. އެތަނުގައި ދޮރެއް ނެތެވެ. މުނި ކޮޓަރީގެ ހަރުފަތް ތަކުގައިވަނީ އެކި ވައްތަރުގެ ފޮތްތަކެވެ. އަވީންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެލާފައި އައިސް ފަހަރަކު ފޮތެއް ބަލާލައެވެ. އެހެން އުޅޭއިރު އުމުރަށްވުރެ ކުޑަހެންވެސް ހީވެއެވެ. ހުރިހާ ފޮތަކާއި ހިލާފަށް އަވީންގެ ލޮލުގައި ދުރުގައި ބާއްވާފައިވާ ކަޅު ކުލައިގެ ބޯ ފޮތެކެވެ. އެފޮތް ބަލާލުމަށް ބޭނުންވި ވަރުން އަވީންއައިސް އެ ހުޅުވާލިއެވެ.  ގޮނޑިއެއްގައި އިށީންނަ ހިތެއްވެސް ނުވިއެވެ. ފުރަތަމަ ގަނޑު އެއްލި ތަނާހެން މީހަކު އައިސް އެފޮތް ޖަހައި ގަނެއްޖެއެވެ. އެކަމަށް ތައްޔާރު ނުވެ ހުރި އަވީން ދިޔައީ ބުރައިގެންނެވެ. ފަހަތުގައި ހުރި މޭޒުގައި ޖެހުމުން އޭނާގެ ބުރަކައްޓަށް ދިޔައީ ދިލަ ތަދެއް އަރައިގެންނެވެ.

ގައިގައި ފިރުމާލަމުން އަވީން ލޮލުގައިވީ ކަރުނައާއިއެކު ކުރިމަތީގައި ހުރި މީހާއަށް ބަލާލިއެވެ. ދެލޯ އަޅާލައިގެން ހުރި ފިރިހެން ކުއްޖާ ފެނުމުން އަވީން ކުޑަކޮށް މޭޒުގައި ހިފަހައްޓާލައިފިއެވެ. ސިފައިންގެ ޔުނިފޯމްގައި ހުރި އެމީހާއަކީ އިންސާނެއްބާއޭ އަވީންގެ ހިތައް އެރިއެވެ. ފިރިހެންވަންތަ އެބެލުމުގައި ވަނީ މީހުންގެ ހިތް ދަމައިގަންނަ ފަދަ ގޮތެކެވެ. ނަމަވެސް މިމީހާ އޭނާދެކެ އެހާ ރުޅި އަންނަންވީ އެއްވެސް ސަބަބެއް އަވީނަކަށް ނޭނގުނެވެ.

“ގެޓް އައުޓް… މިތަނުން ނިކުމޭ ހަމަ މިހާރު..” އަމުރުވެރި ރާގަކަށް އެމީހާ އެހެންބުނި އިރު އަޑުވެސް ތުރު އަޅައެވެ. އަވީން ގަތީ އަމަށަކު ބިރެއް ނޫނެވެ. ދުވެފައި ކަހަލަ ގޮތަކަށް އެ ލައިބްރަރީއިން އޭނާ ނިކުމެގެން ހިނގައްޖެއެވެ. ޔުސްރިއްޔާއާއި އާސިޔާ އަދިވެސް ތިބީ ވާހަކަ ދައްކާށެވެ.

“އާސި އެމަންޖެގެ ކައިރީގައި ބުނިންތަ؟ އެމަންޖެގެ ދިރިއުޅުމުގެ މިހާބޮޑު ކަމެއް އަހަރެމެން ދެމީހުން އެކަނި ނިންމާކަށް ނުވާނެ އެއްނު” ޔުސްރިއްޔާ ބުނި އެއްޗަކުން އާސިޔާ ހާސްވާ ގޮތްވިއެވެ. ތެދެކެވެ. އަދި އޭނާ އެއުޅެނީ އެވާހަކަ އަވީންގެ ކައިރީގައި ނުދައްކައެވެ.

“އެކަމާ ހާސްނުވޭ.. ބަލަ ޔުއާން ކައިރީގައި  ބުނެފިންތަ؟ އަހަރެން ބޭނުން މިމަހުގައި މިކަން ކުރަން” އާސިޔާ ހީވަނީ އަވީން އޭނާގެ ބޮލުން ދުއްވާލަން އުޅޭހެންނެވެ.

“އަހަރެން ބުނިން… އޭނާ ބުނީ މަންމައަށް ފެންނަ ކޮންމެ ގޮތެއް ރަނގަޅު ވާނޭ.. އަދި ރުކާޔަތު ކައިރީގައެއް ނުބުނަން” ޔުސްރިއްޔާ ގެއަށް ވަދެގެން އައި ރުކާޔަތު ފެނުމުން ބުނެލިއެވެ.

“ރުކޫ… ހާދަ ބޮޑު ވެއްޖޭ މިހާރު” އާސިޔާ ރުކާޔަތަށް ގޮވާލަމުން ބުނެލިއެވެ. ނަމަވެސް ރުކާޔަތު މަޑުވެސް ޖެހި ނުލައެވެ. ޔުސްރިއްޔާ ލަދުން އިސްޖަހާލީ އެހާ ފަރުވާ ކުޑަކޮށްލާފައި ރުކާޔަތު ދިއުމުންނެވެ.

“ޔުސް ވާނެ ރަންކިޔާ ދުވަހު ޗެކް ރެޑީ ކުރަން އެހެންނާ މިކަމެއް ނުވާނެ”  އާސިޔާ މޫނު މައްޗަށް ސީރިއަސްކަން ގެނުވަމުން ބުނެލިއެވެ.

“އަވީން ހީވަނީ އަންޖުމް ޅައިރުގަހެން ހަމަ… އެކަމް އަންޖުމް ހާ ދޮނެއް ނޫންދޯ” ޔުސްރިއްޔާ މާޒީގެ ސޮފްހާތައް މަތިން ހަނދާން ވުމުން ބުނެލިއެވެ.

“ތިހެން މާ ބާރަށް ނުކިޔާ.. އަވީނަކަށް ނޭނގޭނެ އަދިވެސް އަހަރެން މީ އޭނާގެ މަންމަ ނޫންކަމެއް” އާސިޔާ މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

ނުނިމޭ

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Nuzzi

Other Articles

Previous

އިންތިޒާރުގައި ހުރިން 4

Next

ކޮންމެ ވިންދެއްގައި… (1 ވަނަ ބައި)

Next
May 17, 2016

ކޮންމެ ވިންދެއްގައި… (1 ވަނަ ބައި)

Previews
May 16, 2016

އިންތިޒާރުގައި ހުރިން 4

19 Comments

  1. Pwincess says:
    May 17, 2016 at 1:04 pm

    V salhi aneh bayah inthixaaru kuran

  2. kamana says:
    May 17, 2016 at 1:16 pm

    mi vaahaka thafaathu vaane kamah heekuran . v reethi mi bai ves

  3. Jaxx says:
    May 17, 2016 at 1:22 pm

    Haadha kurey. Next part Thankolheh dhigu kollan feney

  4. Nuzzi says:
    May 17, 2016 at 1:24 pm

    in shaa allah dhigu kohlaanan..

  5. Shaai says:
    May 17, 2016 at 2:51 pm

    V rythi feshun. Dhen onna baithahves rythi vaane kamah unmeedh kuran . daily koh up kohlaifihya v ufaa vaane☺☺☺

  6. ywhy says:
    May 17, 2016 at 4:16 pm

    Nice starting…. hyvey v v v rythi vaanehnn.. bt akuruthakaa filithah liyumuga ithurah balaalan jehey.. hp kuran nxt part ehga rangalhu kohlaane kamah.. all the best 4 ur hard works?

  7. priness says:
    May 17, 2016 at 4:33 pm

    Next bai v salhi vaane hn heevany..axlu v lwbiii…dhn oi Baya inthixaru kuran.. All the best:-)

  8. Zaee says:
    May 17, 2016 at 5:50 pm

    V nics waiting for next part??

  9. Noora says:
    May 17, 2016 at 6:29 pm

    Varh reethi… avahah up kohladehchey…?
    Vahaka nimendeh up kuranekamah unmeedu kuran…?

  10. Noora says:
    May 17, 2016 at 6:31 pm

    Varh reethi…
    Vahaka nimendeh up kuranekamah unmeedu kuran…?

  11. Marsha says:
    May 17, 2016 at 7:03 pm

    Rythi feshumeh.. story vv rythi vaanehen hyvey.. Marsha vv kiyaa hit vejje.. plz next part avahah up kohdhehchey Nuzzi

  12. laish says:
    May 17, 2016 at 7:17 pm

    Vaahaka vr rythi… hope kurani next part mi ah vure dhigu vaanekamah

  13. leem says:
    May 17, 2016 at 7:19 pm

    Vaahaka vr rythi… hope kurani next part mi ah vure dhigu vaanekamah

  14. nym says:
    May 17, 2016 at 7:20 pm

    Vaahaka vr rythi… hope kurani next part mi ah vure dhigu vaanekamah

  15. Ellie says:
    May 17, 2016 at 7:30 pm

    Feshun v reethi. Next part thankolheh dhigukohla dhehcheyy

  16. mal says:
    May 17, 2016 at 9:46 pm

    kaaku yuaan aky…n who is ruku…v confuse vaa name thakeh…over all v habeys

  17. MidhoO says:
    May 17, 2016 at 11:33 pm

    Feshun vrh intrstng
    Hope mulhi story vs salhi vaane kamah
    Kyp workin… gud luuuck:-)

  18. rish says:
    May 18, 2016 at 11:39 am

    Waiting for next part

  19. Mimmy says:
    May 18, 2016 at 12:56 pm

    Feshun v reethi avahah up kurahchey

Comments are closed.

All Right Reserved!