ކަޔާލް ބިރުން ހުރެ ފަހަތަށް ބެލި އިރު ހިޔަންޏެއް ޖޭމް ވަލު ކައިރިން ހުރަސް ކުރި ހެން ހީވިއެވެ. އެވަގުތު ދުވި ފަރުހިކި ވަހުން ކަޔާލް އަށް ހޮޑު ނުލެވުނީ ކިރިޔާ އެވެ. ދެފައި ރޫރޫ އަޅާވަރުން ބިންމަތީގައި ހަރުނުލައެވެ. ގައިގައި ހުރި ބާރެއް ލާފައި ދޮރުގައި ތަޅަން ފެއްޓިއެވެ. އެވަގުތު އާލިޔާ ގޭތެރޭ ހުރެފައި ލަވަ ޖަހާ އަޑު އިވެ އެވެ. ރަނގަޅަށް ވިއްޔާ އެ ލަވަ ޖެހީ ކަޔާލް ދޮރު ތަޅާ އަޑު އިވިގެންނެވެ. […]
ހަސީނާ އަކީ ދެކުދިންގެ މައެކެވެ. ހޫދް އާއި އިދެގެން ހަސީނާ އައްޑޫ އަށް އައީ އޭނާ ކުރީގެ ކައިވެންޏަށް ލިބުނު ދެކުދިން ވެސް ގޮވާގެންނެވެ. އެއީ އާލިޔާ އާއި ލިއަމް އެވެ. ހޫދުގެ ކުރީގެ އަބިމީހާ ވަނީ ހޫދު ބޮލަށް އެމީހުންގެ ހުރި ދަރިފުޅު ކަޔާލް ޖަހާފައެވެ. ކައިވެނީގެ ފުރަތަމަ ދުވަސް ކޮޅު ހަސީނާ ކަޔާލް އައް ވަރަށް ރަނގަަޅެވެ. މަހެއްހާ ދުވަސް ވީ އިރު ހަސީނާ އޭނާގެ އަސްލު ސިފަ ދައްކާ ލިއެވެ. ކުދި ކުދި […]