
އެދުވަސް އަނބުރާ ލިބޭނެ ނަމަ

އިރުއޮއްސެމުން ދިޔަ ވަގުތެވެ. އުދަރެހުގައި ރަން ރީނދޫ ކުލައިގެ ދޯދިތައް ފެތުރި، ކަނޑުގެ ރާޅުތަކުގެ ތެރެއަށް ޣަރަގުވަމުން ދިޔައެވެ. ފިނި ރޯޅިއެއް އައިސް ޒަޔާންގެ މޫނުގައި ބީހިލުމާއެކު، އޭނާގެ ހަށިގަނޑު ކުޑަކޮށް ތުރުތުރުއަޅައިގަތެވެ. އަތިރިމަތީގެ ހިމޭން މާހައުލުގައި، ދޮންވެލިގަނޑު މަތީގައި އިން އިރު، ޒަޔާންގެ ނަޒަރު ހުއްޓިފައިވަނީ ދުރުން ފެންނަ ރާޅު ބިނދޭ ހިސާބަށެވެ. އެހެން ނަމަވެސް، އޭނާގެ ވިސްނުމާއި ފިކުރު ގުޅިފައި ވަނީ މީގެ ދިހަ އަހަރު ކުރީގައި ޒަޔާން ހޭދަކުރި ދިރިއުޅުމަށެވެ. އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ވެލިގަނޑުގެ ތެރެއަށް ގެއްލިގެން ދިޔައީ، ހިތުގައި އަޅަމުންދިޔަ ވޭނާއި، ކުރެވެމުންދިޔަ ހިތާމައިގެ ބޮޑުކަން ހާމަކޮށްދެމުންނެވެ. ޒަޔާންގެ ހިތުގެ ކަނަކުން އަބަދުވެސް ގޮވަމުން ދިޔައީ އެންމެ ޖުމްލައެކެވެ؛ “އެދުވަސް އަނބުރާ ލިބޭނެ ނަމައެވެ!”
ޒަޔާނަކީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިއެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެ ވެސް މައިންބަފައިންގެ އޯގާތެރިކަމާއި ލޯބި އޭގެ އެންމެ ފުރިހަމައަށް ލިބިގެން ބޮޑުވި ޒުވާނެކެވެ. ޒަޔާންގެ ބައްޕަ، ޢަބްދުﷲ އަކީ މަސްވެރިކަން ކޮށްގެން ދިރިއުޅުމުގެ ޚަ…