Skip to content
އެސްފިޔަ
PRO · MVR 2.00

އެރޭގެފަސް

އުޑުމަތި ބަނަވެ، ގުގުރީގެ ބާރު އަޑާއެކު ބޯކޮށް ވާރޭ ވެހެމުންދިޔަ ރެއެކެވެ. މުޅި ރަށުތެރެ އޮތީ ހަމަހިމޭންކަމުގެ ތެރޭގައެވެ. ގަޑިން ދަންވަރު ދޭއް ޖަހާ ބޮޑުވެފައިވާއިރު، ގޭގެ އެންމެން ތިބީ ފުން ނިންޖަކުން ނިދާފައެވެ. އަހަރެން އެކަނި ކޮޓަރީގައި ފޮތެއް ކިޔަން އިނީ ނިދި ނައިސްގެންނެވެ. ބޭރުން އިވޭ ވާރޭގެ އަޑާއި، ގަސްތަކުގެ ފަތްތައް ހޫރޭ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ.
ކުއްލިއަކަށް އަހަރެންގެ ކޮޓަރީގެ ދޮރުގައި މީހަކު ވަރަށް މަޑުމަޑުން ޓަކިޖަހާލި އަޑު އިވުނެވެ. މި ދަންވަރު ގަޑީގައި ޓަކިޖަހާނީ ކާކުބާވައޭ ހިތަށް އަރައި، ބިރުން ހުރެ “ކާކު؟” އޭ އަހާލީމެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. އަހަރެން ތެދުވެގެން ގޮސް ދޮރު ހުޅުވާލި އިރު، ބޭރުގައި އެކަކުވެސް ނެތެވެ. ބޮޑުކޮޓަރީގެ ބޮކިތައް ނިއްވާލާފައި އޮތުމުން މުޅި ތަން އޮތީ އަނދިރިކޮށްލާފައެވެ.
އަހަރެން އެނބުރި ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު، ކޮޓަރީގެ ކަނެއްގައި ހުރި ފަރުދާގެ ފަހަތުން މީހަކު ބަލަން ހުރިހެން ހީވިއެވެ. ފަނޑު އަލީގެ ތެރެއިން ފެނުނީ އިންސާނެއްގެ ސިފައަށް ހުރި ކަޅު ހިޔަންޏެކެވެ. އެ ހިޔަނި މަޑުމަޑުން އަހަރެންނާ ދިމާލަށް އަންނަން ފެ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ