އައިކްގާތައް ރުޅިއައިސް އެކުއްޖާގާތައް ގޮސް ފަތިވަރުދަމަންފެށިއެވެ.އެވަގުތު އޭނާގެ ފަހަތުން އައި އައިމަން އައް އެ އަންހެންކުއްޖާގެ މޫނުފެނުމުން ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ލައިރާ އާއި އަލައިނާ ފްލައިޓްއިން ފޭބިއިރު ތިބީ ވަރުބަލިވެގެންގޮސް ހާންތިވާވަރުވެފައެވެ.އެއާރޕޯޓް ކައިރީ ދެކުދިން މަޑުކޮއްލައިގެން ތިބީ އެމީހިން ބަލައި އަންނާނެ އިރަކަށެވެ.30 ވަރަކައް މިނެޓް އެހެން ތިބުމައް ފަހު އަލައިނާ ފާޙާނާއަކަށް ދާންޖެހުނެވެ. އަލައިނާ އަންނަންދެން އިންތިޒާރުގައި ހުރި ލައިރާއަށް ތަންކޮޅެއް ދުރުން ދަންނަވައްތަރުގެ މީހެއް ފެނުނެވެ. ނަމަވެސް ވިސްނާވިސްނާވެސް އެއީކާކުކަމެއް،ކިހިނެއް ދަންނަ މީހެއްކަމެއް […]
އައިކްއަށް ހިޔާލުތަކުން ނިކުމެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ.އިންތަނުން ތެދުވެ ގައިން ވެލިފޮޅާލުމަށްފަހު އޭނާ މިސްރާބުޖެހީ މިސްކިތައް ދިއުމަށެވެ. ކަހާލެވިފައިވާ ކުޑަދޮރު ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އިރުގެ ރަންދޯދިތައް އައިސް ކުއިން ސައިޒް އެނދުގައި ނިދާލާފައި އޮތް ފަތްމިނޏެއް ފަދަ ރީތި އަންހެންކުއްޖާގެ މޫނުމައްޗައް އެޅުނެވެ.މޯޅިއަކަށް ދެމިލަމުން އެކުއްޖާ ދެލޯ ހުޅުވާލިއެވެ.”ލައިރާ…ލައީ..އަވަސް ހޭލަބަލަ..މިހާރު އެއޮއް ގަޑިޖެހެނީއޭ…ފްލައިޓެއް މަޑެއް ނުކުރާނެ އަހަރުމެން ދަންދެނެއް..ނުވައެއް ޖަހަންވާއިރަށް އެއާ ޕޯޓައް ދާންޖެހޭނެ…މިހާރު އެއޮއް ހަތެއް ޖެހީ” ލައިރާ އިންތަނުންތެދުވެ ގޮސް ދޮރުހުޅުވާލުމުން […]
ހަނދުވަރުދޭ ރٍތި ރެއެކެވެ.އަތިރިމަތި ފެންނަމުން ދިޔައٍ ފުދޭވަރަކަށް ފަޅުކޮށެވެ.ދިރޭ ފުރًނައެއްގެ ހިލަމެއްވެސް ނުވًފަދައެވެ.ދޭތެރެދޭތެރޭން ހުދު ދޮންވެލިގަނޑުމައްޗައް ބٍއްސًލً ރًޅުގެ އަޑު ފިޔަވً އިތުރު އަޑެއް ނީވެ އެވެ. ހުދު ދޮންވެލިގަނޑުމަތީ ކަކުލުގައި ބޯ އަޅައިލައިގެން އެއިނީ ބަލާބެލުމަށް 19 އަހަރުގެ ފިރިހެންކުއްޖެކެވެ. ބަލައިލި ކޮންމެ މީހަކަށްވެސް އެއީ ބޮޑު ހިތާމައެއް ކުރަމުންދާ ކުއްޖެއްކަން އެނގިގެން ދާނެއެވެ.އޭނާ ކައިރީ ރަތްކުލައިގެ ފިނިފެން މާތަކެއް ހުރި މާބޮނޑިއެއް އޮތެވެ. އަައިކް ކަކުލުގައި އަޅާފައި އޮތް ބޯ ހިއްލާލަމުން މޫނުމަތީ އަތް […]