Skip to content
އެސްފިޔަ

ލޯބި ވٍމޭ

  • ހަނދުވަރުދޭ ރٍތި ރެއެކެވެ.އަތިރިމަތި ފެންނަމުން ދިޔައٍ ފުދޭވަރަކަށް ފަޅުކޮށެވެ.ދިރޭ ފުރًނައެއްގެ ހިލަމެއްވެސް ނުވًފަދައެވެ.ދޭތެރެދޭތެރޭން ހުދު ދޮންވެލިގަނޑުމައްޗައް ބٍއްސًލً ރًޅުގެ އަޑު ފިޔަވً އިތުރު އަޑެއް ނީވެ އެވެ.

ހުދު ދޮންވެލިގަނޑުމަތީ ކަކުލުގައި ބޯ އަޅައިލައިގެން އެއިނީ ބަލާބެލުމަށް 19 އަހަރުގެ ފިރިހެންކުއްޖެކެވެ. ބަލައިލި ކޮންމެ މީހަކަށްވެސް އެއީ ބޮޑު ހިތާމައެއް ކުރަމުންދާ ކުއްޖެއްކަން އެނގިގެން ދާނެއެވެ.އޭނާ ކައިރީ ރަތްކުލައިގެ ފިނިފެން މާތަކެއް ހުރި މާބޮނޑިއެއް އޮތެވެ.

އަައިކް ކަކުލުގައި އަޅާފައި އޮތް ބޯ ހިއްލާލަމުން މޫނުމަތީ އަތް ކާތާލިއެވެ.އެވަގުތު އޭނާގެ ހަނދާނަށް އަންނަންފެއްޓީ މީގެ ތިންގަޑިއިރު ކުރިން ހިނގި ކަންތައްގަނޑެވެ.

ރިސޯޓުގައި 4 މަސްދުވަސް ހޭދަކުރުމަށްފަހު ރަށުގެ ފަސްގަނޑުގައި ފައިޖެހުމުން އައިކް އަށް ކުރެވެމުންދިޔައީ ބަޔާންކުރަން ދަތި އިހުސާސެކެވެ.އޭނާ ކެތްމަދުކަމާއިއެކު އިންތިޒާރުކުރަމުން ދިޔައީ އޭނާގެ ހިތުގެ މަލިކާ ކަމުގައިވާ އަނާގެ އެ ސޫރަ ފެންނާނެ އިރަކަށެވެ.އެހާދުވަަސް ފަހުން އޭނާ ފެނުމުން އަނާއަށް ވާނީ ކިހިނެއްބާއެވެ.އައިކް ބޭނުންވީ އަނާއަށް ސަޕްރައިސް އެއް ދޭށެވެ.އެހެންކަމުން އޭނާ ގެނައި މާބޮނޑި ހިފައިގެން ފުރަތަމަވެސް މިސްރާބު ޖެހީ އަނާމެން ގެޔާ ދިމާލަށެވެ.

އައިކް އަނާމެންގެ ގެއަށް ވަންނަން އަޅާލި ފިޔަވަޅު ހުއްޓުނީ އިވުނު އަޑަކުންނެވެ.”ދެން ލައިތް…ގިލިގިލި ނުކޮއްޓަބަ…”. އަނާގެ އަޑު އައި ދިމާލަށް އައިކް މަޑުމަޑުން މިސްރާބުޖެހިއެވެ.

ކުޑަކޮން ހިޅުވިފައިވާ ކާގޭގެ ދޮރު އެތެރެ ފެންނާނެވަރަށް ހުޅުވާލީ އައިކް އަށް ފެންނާނެ މަންޒަރެއް ނޭންގޭ ހާލުގައެވެ.އެތެރެއިން ފެނުނު މަންޒަރުން އައިކް އަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ޖެހިހެންނެވެ.އެވަގުތު އެއީ ހުވަފެނެއްނަމައޭވެސް ހިތައް އެރިއެވެ.ނަމަވެސް އެއީ ހަގީގަތެވެ.އެއެއް ބަދަލެއް ނުކުރެވޭނެއެވެ.

ސަކަރާއިޖަހަމުންދިޔަ އޭނާގެ ހިތުގެ މަލިކާ ކަމުވައިވާ އަނާގެ އުނަގަނޑުގައި ބައްދައިގަނެގެންހުރެ ގިލިގިލި ކޮއްޓަމުން އެދަނީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލައިތް އެވެ.

“އައިކް އަކަށް އަދިވެސް ޝައްކުވެސް ނުވެދޯ އަހަރުމެން ދެމީހުން ރައްޓެހިވެގެން އުޅޭކަމެއް”. ލައިތް އަނާ އާއި ގާތްވެލިއެވެ.” އޭނައަށް ކިހިނެއް އިނގޭނީ ރަށުގަ ނޫޅޭ މީހަކަށް…ފޫހިވެއްޖެ ދެން މިހާރު އޭނަ މާ ގިނައިން ރިސޯޓުގަ އުޅޭތީ”. އަނާ އާއި ލައިތް ގެ ވާހަކަތައް އަޑުއަހަން ހުރި އައިކް އަށް އެވަގުތު ހީވީ އޭނާގެ ހިތައް މީހަކު ވަޅި ޖެހިހެންނެވެ.އެ ހިތައް އެވަގުތު އެހާ ތަދުވިއެވެ.

އަނާ އެހާ ބޮޑު ބޭވަފާއެއް އެވީ ކީއްވެހެއްޔެވެ.މިވީ އެއް އަހަރުތެރޭ އަނާ އޭނާ ދެކެ ލޯބިނުވަނީހެއްޔެވެ.އައިކް ގެ ހިތައް ފާޑުފާޑުގެ އެއްޗިހި އަރަމުންދިޔައެވެ.

އައިކްގެ ކެތްތެރިކަން ކޮޅުންލުމުން އޭނާ އެތަނަށް ވަދުނެވެ.އެވަގުތު ފިތިގެން ތިބި އަނާ އާއި ލައިތް ދިޔައީ ސިއްސައިގެންނެވެ.ދުރަށް ޖެހުންއިރު ހީވީ ކަރަންޓު ޝޮކެއް ޖެހުން ދެމީހުންހެންނެވެ.

“އަނާ ތިހާ ބޮޑު އޮޅުވާލުމެއް ތި އޮޅުވާލީ ކީއްވެ…އަހަރެން އަނާއަށް ނުކޮށްދެނީ ކީއް..ލައިތް …އަހަރެން ހީކުފީ ލައިތް ތީ އަހަރެންގެ ބެސްޓް ފްރެންޑްކަމަށް…އެކަމް އޯބްވިއަސްލީ ޔޫ ޑޯންޓް ސީ މީ އޭސް ޔޯ ބެސްޓްފްރެންޑް…އަނާ ވީ އާ އޯވާ”. އައިކް އަށް ބުނެވުނީ އެހިސާބަށެވެ.ހިތް ފަޅައިގެންދާން އުޅެ ކަމުގެ އިހުސާސް ކުރެވުމުން އޭނާ އެތަނުން ނިކުތީ އަނާގެ ގޮވުންތަކަށް ބީރުކަންފަތެއް ދެމުންނެވެ.

އައިކްއަށް ހިޔާލުތަކުން ނިކުމެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ.އިންތަނުން ތެދުވެ ގައިން ވެލިފޮޅާލުމަށްފަހު އޭނާ މިސްރާބުޖެހީ މިސްކިތައް ދިއުމަށެވެ.

«ނުނިމެ»

Comments (3)

  1. No one

    This prt is vry nice… Hope the story will be nice…. Keep the good work

  2. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for fist part
    Keep it up

  3. malaa

    mi part ves vrh reethi.. vrh reethi vaane hen heevani ..
    curiously waiting for first..
    keep it up

Comments are closed.