- އައިކްގާތައް ރުޅިއައިސް އެކުއްޖާގާތައް ގޮސް ފަތިވަރުދަމަންފެށިއެވެ.އެވަގުތު އޭނާގެ ފަހަތުން އައި އައިމަން އައް އެ އަންހެންކުއްޖާގެ މޫނުފެނުމުން ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ.
ލައިރާ އާއި އަލައިނާ ފްލައިޓްއިން ފޭބިއިރު ތިބީ ވަރުބަލިވެގެންގޮސް ހާންތިވާވަރުވެފައެވެ.އެއާރޕޯޓް ކައިރީ ދެކުދިން މަޑުކޮއްލައިގެން ތިބީ އެމީހިން ބަލައި އަންނާނެ އިރަކަށެވެ.30 ވަރަކައް މިނެޓް އެހެން ތިބުމައް ފަހު އަލައިނާ ފާޙާނާއަކަށް ދާންޖެހުނެވެ.
އަލައިނާ އަންނަންދެން އިންތިޒާރުގައި ހުރި ލައިރާއަށް ތަންކޮޅެއް ދުރުން ދަންނަވައްތަރުގެ މީހެއް ފެނުނެވެ. ނަމަވެސް ވިސްނާވިސްނާވެސް އެއީކާކުކަމެއް،ކިހިނެއް ދަންނަ މީހެއްކަމެއް ހަނދާނަކައް ނައެވެ.5 ވަރަކައް މިނެޓުވަންދެން އެމީހާއައް ބަލަންހުއްޓާ ލައިރާއާއި ދިމާލައް އެމީހާ އަންނަން ފެށިއެވެ.
”ދުވަހަކު ފިރިހެނެއް ނުފެންނަނީތަ މަންޖެއަށް…ދެލޯ ކާއްޓަކަށް ހަދައިގެން ހުރެ މަށަށް ތި ބަލަނީ…”.”އާން ވެދާނެނު ނުފެންނަނީކަމަށްވެސް…ހަމަ ކަލެޔައްވެސް އަންހެނެއް ނުފެންނަނީކަންނޭނގެ… މަ ބެލިވަރަކަށް ކަލޭވިސް މަށަށް ބެލި…”ލައިރާވެސް އެމީހާއަކައް އެންމެ ބަހެއްވެސް ދޫނުކުރެއެވެ.”މަ ބެލީ މަންޖެ ބެލީމަ..އެހެންނޫންނަމަ މަންޖެއަށް މަ ބަ…..”އެމީހާ ބުނަން އުޅުނު އެތި ހުއްޓުނީ އޭނާގެ ފަހަތުން މީހަކު ވަރަށް ބާރަށް ހީގަތް އަޑަށެވެ.ބޯ އަރިކޮއްލުމައްފަހު ބަލައިލި ލައިރާއަށް ފެނުނު ސޫރައިން އުފަލުން ފޮޅުނެވެ. އެއީ އޭނާގެ ލޯބިވާ ދޮންބެއެވެ. ހެވިފައޮހުރެ ދޮންބޭ އޭ ކިޔާ ގޮސް ދޮންބެގެ ގައިގައި ބައްދާލިއެވެ.
އައިކް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ވާނިވެސް އެހެންނޫންހެއްޔެވެ.ދެންމެ އޭނާއާއިދިމާލައް ބެލި އަންހެންކުއްޖާ އައިމަން އަށް ދޮންބެގެ ނަމުން މުހާތަބުކޮށްފައި އައިމަންގެ ގައިގައި ބައްދާލިއެވެ.
”ދޮންބޭއޭ؟؟؟… އައިމަން މީ ކަލޭ ކޮއްކޮ؟؟؟” އައިކް ހަމަ އެ ހައިރާންކަންމަތީހުރެ ސުވާލުކޮއްލިއެވެ. “ޔެސް..އައިކް މީ އަހަރެންގެ ކޮއްކޮ ލައިރާ…ލައި މީ އައިކް އަލައިނާގެ ދޮންބެ”.އެއާއިއެކު ވަޓް އޭ ކިޔާ ހަޅޭއްލަވައިގަނެވުނީ ދެމީހުންނައް އެއްކޮށެވެ.ދެމީހުންވެސް އެކަކު އަނެކަކާއި ވާހަކަދެއްކުނު ގޮތް ހިތައް އެރުމުން ތިބީ ލަދުގަނެފައެވެ.
އައިމަން،އައިކް އަދި ލައިރާ ބޮޑުވާހަކައެއްގައި ތިއްބާ އައިމަން ފަހަތުން އައި ކުއްޖެއް އޭނާގެ ގައިގައި އަޅައިގަނެފައި ވެއްޓެންދިޔައެވެ.ދެވަނަ ސިކުންތުގައި އައިމަން ގެނައި ކުއްލި ހަރަކާތަކާއިއެކު ލުއްކެއް ޖަހާ އެކުއްޖާގެ އަތައް ދަމާލިގޮތަކުން އެކުއްޖާއައިސް ތަތްވީ އައިމަންގެ އެ ތަނަވަސް މޭމަތީގައެވެ.
ބައްޓަން ރީތި ހަށިގަނޑަކާއި ފުރިހަމަ އިސްކޮޅެކެވެ. އެހާމެ ރީތި ދެލޮލާއި ދޮން ހަންގަނޑެކެވެ. އެ އަންހރންކުއްޖާއާއިފިމާލައް އައިމަންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“އެހެމް އެހރމްމްމް…”އައިމަން އަށާއި އަލައިނާއަށް ހޭވެރިކަންވީ ލައިރާ ކަރުކެހެލުމުންނެވެ.ސިކުންތެއްތެރޭ އަލައިނާ އައިމަން ގެ އަތުތެރޭން ދެމިގަތެވެ.ލައިރާ ދެން އެދުވަހު ދިމާކުރުން ނޫންކަމެއް ނޯންނާނެކަން އެނގުމުން މަޑުމަޑުން ދުލުގައި ދަތްއަޅަލިއެވެ.
«ނުނިމެ»
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani