“ކިހިނެއްތަ ނުވަނީ؟ އާލާ ފެނިފަ އަހަރެން ހަމަ އަސްލުވެސް މޮޔަ ވެއްޖެ. ލަވް އެޓް ފަސްޓް ސައިޓް އެއީ އަސްލުވެސް ތެދެކޭ…” ޔަޒްދާން ވާހަކަ ދައްކާ ދައްކާ އޮއްވާ އަހަރެން ފޯނު ކަނޑަލީމެވެ. އިރުކޮޅަކު މޭ މަތީ ފޯނު ބާވާލައިގެން އޮތުމަށްފަހު ފޯނުނަގާ ޔަޒްދާނަށް މެސެޖެއް ލިޔުނީމެވެ. އަހަރެން މިއީ މީހެއްގެ އަނތްބެއްކަމާއި އަހަރެންގެ ފަހަތުން ނޫޅުމަށް އެދުނީމެވެ. މެސެޖް ފޮނުވިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޔަޒްދާންގެ ޖަވާބު ލިބުނެވެ. މީހަކާ އިނދެގެން އުޅުނަމަވެސް މައްސަލައަކީ ކޮބައިތޯ […]
އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެ ދައްތަ ކައިރީ ޖެހިގެން ހުރި ޖޯލީގައި ގޮސް އިށީނީމެވެ. ފަރުވާތެރިކަމާއެކު އެ ދައްތަގެ މޫނަށް އަހަރެން ބަލާލީމެެވެ. ރޫޖެހި ވާން ގޮސްފައިވާ ހަންގަނޑެކެވެ. ހިކި އަނަރޫފަވެފައިވާ ތުންފަތެވެ. ވަޅުޖެހި ވިދުން ގެއްލިފައިވާ ދެލޮލެވެ. އުނގުގައި އޮތް އެ ދައްތަގެ އަތުގައި މަޑުމަޑުން ހިފާލުމާއެކު ސިހިފައި އެ ދައްތަ އަހަންނާ ދިމާއަށް ބަލާލިއެވެ. “ދައްތާ ކިހިނެއް؟” ރޫެޖެހިފައިވާ އެ އަތުގައި ފިރުމާލީމެވެ. “ދައްތަ ހަމަ ބަރާބަރު. އެ ކޮއެ ކިހިނެއް؟ މި ރަށު […]
ދަބަސް މެޔާލާ ބޮނޑިކޮށްލައިގެން އިން އިރު ހިތް ނެގިނެގިފާ ޖެހެމުން ދިޔައީ އެންމެ ބާރު މިނުގައެވެ. ދެފަރާތައް ހެލެމުން ދިޔަ ލޯންޗު ހީވަނީ ދެންމެ ދެންމެވެސް ބަންޑުން ޖަހާލަފާނެހެންނެވެ. މެޔާ ދިމާލުގައި އަތް އަޅާލައިގެން އިން އިރު އަހަންނަށް ބެލެމުންދިޔައީ މާސިންގާ ކަނޑަށެވެ. ރުޅިގަދަވެފައިވާ ރާޅުތަކުގެ ހަމަލާތައް ލޯންޗަށް އަމާޒުވަމުންދިޔައީ އެއްވެސް ރަހުމެއްނެތިއެވެ. ތުނިތުނި ކޮށް ވެހެމުންދިޔަ ހިމަފޮދު ވާރޭއިން އަހަަރެންގެ ހިތަށް އިތުރު ބިރުވެރިކަމެއް ގެނެސް ދެމުން ދިޔައެވެ. ހިތާހިތުން ހިކިފަސްތަނަކަށް ރައްކާތެރިކަމާއެކު ދެވޭތޯ ދުއާ […]