ޒިޔާ! ފެންޑާގެ ދޮރުމައްޗައް ހުއްޓުނު މީހަކު ގޮވާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. އެއާއެކު ޒިޔާ އެދިމާއަށް ބަލާލިއެވެ. އެ ދޮރުމަތީގައި ހުރީ ލޫތު ކަންއެގުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ލޫތުއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި ! އާދެބަލަ މިސުވާލުގެ ޖަވާބު ހޯދަން. އުޅެއުޅެ ނުފެނިގެން މިއުޅެނީ! ޒިޔާ އުފާވެލާފަ ބުނެލިއެވެ. “ހިއުމަން ބައޮލޮޖީ” އަކީ ޒިޔާ އެއްމެ ކިޔަވާހިތްވާ އެކަމަކު އޭނާ އަށް އެންމެ އުނދަގޫ އެއް މާއްދާ އެވެ. މިއައީ […]
އުޑުމަތި ސާފުރީތި ދުވަހެކެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ހުޅަނގު ފަރާތުން ޖެހެމުން ދާ ނަލަނަލަ ވައިރޯޅިން ހިތްތަކަށް ފިނިކަން ލިބެއެވެ. މާހައުލު އެހާވެސް ފުރިހަމަ އެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އުފާވެރި ކަމެވެ. އެހެނަސް ގުދުރަތީ މި ފުރިހަމަ ކަމުން އުފާ ލިބިގަންނަނީ މަދުބައެކެވެ. ހަލަބޮލިވަމުން މިދާ ދުނިޔޭގައި މިއަދު މި ފެންނަ މަންޒަރަކީ ވަރަށްވެސް ތަފާތު މަންޒަރެކެވެ. އާއެކެވެ. އިންސާނުން ހޭބޯނާރާ ހޭލަމޭލައަކަށް އުޅެމުންދާ ތަނެވެ. ދުވާލު ރޭގަނޑަށްވެ ރޭގަނޑު ދުވާލަށްވާ ތަނެވެ. […]