އެކްސިޓެންޓް ހިނގާފައި އޮތް ދިމާލަށް މީހުން ޖަމާވަމުން ދިޔައިރު ދެދްތިބި މީހުން ވެއްޓިފައި އޮތް ޒުވާނާ ހޮސްޕިޓަލައަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ނިދިފައި އޮތް އަޒާނަ އަށް ހޭލެވުނީ ފޯނު ރިންގުވާއަށެވެ. “އައްސަލާމު ޢަލަޢިކުމް…އޭޑީކާ އިން މިގުޅާލީ މުހައްމަދު ރާއިން އެކްސިޑެންޓް ވެގެން މިކޮޅަށް ވަނީ ގެނެވިފައި.އެހީތެރި އަކަށް ލިބުނީ ތިފަރާތުގެ ނަންބަރ”ނައިރާގެ ނަންބަރ ނުދި އަޒާން ގެ ނަންބަރު ދިނުމުން އަޒާން ހައިރާން ވިއެވެ.މާ ބޮޑަށް ވިސްނަން ނަހަދައި އަޒާން ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ. […]
*******2 މަސް ފަސް******* މުޅި އަލަމާރި ތެރެ ހާވަމުން ދިޔަ ނައިރާ ހުރީ ހިތް އަވަސްވެފައެވެ. ނައިރާ ތައްޔާރު ވަމުން ދިޔައީ ރާއިން އާއި ދޭތެރޭ ނައިރާގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް ރާއިން އަށް ހިއްސާ ކުރާށެވެ.”ސުއްބޫސް….ނައި މިހާވަރު ކޮށްގެންތަ ލާނެ ހެނދުމެއްވެސް ފެންނަ ކަމަށް ވަނީ” ކޮޓަރި ތެރެ އޮތްގޮތް ފެނުމާއެކު ރިފާ އަށް ބޮލުގައި އަތް އެޅުނެވެ.”އަޅެ ރިފް ނުފެނުނޭ ކަމުދާ ރަނގަޅު ހެނދުމެެއް…ހިނގާބަ ދާން ފިހާރަ އަކަށް ހެނދުމެއް ގަންނަން ޕްލީޒް”ނައިރާ ރިފާގެ […]
ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު މޯޅިއަކަށް ދެމިލާފައި ނައިރާ ތެދުވިއެވެ .ފާހަނަ އަށް ވަދެ ދަތްއުގުޅައި ވުޟޫކޮށް ނުކުމެ ނައިރާ ނަމާދުކުރިއެވެ.ބެލްކަނިއަށް ނުކުތް ނައިރާގެ އިސްތަށިގަނޑު ވަޔާ ވިހުރެން ނައިރާ ދޫކޮށްލިއެވެ.”ހަލޯ..ކަމަނާ މިއަދު މަންމަ ކުޑަކޮށް ބަލި…އެހެންވެ މިއަދު ނެތް ދުވަން ދެވޭކަށް..ސޮރީ”ނައިރާ ފޯނުނެގުމާއެކު އެއް ނޭވާއިން ރިފާ ބުނެލިއެވެ.”އެ އޯކޭ ވާނެ….މަންމަ އަށް ވެސް ސަލާމް ބުނައްޗޭ…ބްރޭކް ލިބުނީމަ ދާނަން ތިގެޔަށް..”ނައިރާ އޭނާގެ މޫނުމަތީގައި ފިރުކެމުން ދިޔަ އިސްތަށިގަނޑު އައްސާލަމުން ބުނެލިއެވެ.ރިފާ ގެ މަންމަ ދެކެ […]
“އަޒާން! ތިހާ މާތްކޮށް ވާހަކަ ނުދެއްކިޔަސް އެންމެ ރަގަނޅުވާނެ. ހިޔެއް ނުކުރަން އިރާ އަހަރެން ގެނައީ އަޒާން އަށް އިންޓްރޮޑިއުސްް ކޮށްދޭން ކަމަކަށް.”ނައިރާ ގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ރާއިން ބުނެލިއެވެ .އަޒާން ނައިރާ އާއި ދިމާލަށް ބަލައިލީ ރާއިން އާއި ރައްޓެހި ވި ކޮންއިރަކުހޭ އަހާފަދަ ގޮތަކަށެވެ.”ރާއި މަޑުކޮށްލައްޗެ.އިރާ ބޭނުން އަޒާން އާ އެކަނި ވާހަކަ ދައްކާލަން.”ރާއިން ހިނިތުން ވެލާފައި ނައިރާ ބޮލުގައި ފިރުމައިލިމުން އަޒާން ގޮވައިގެން ނައިރާ ދުރައް ޖެހިލިއެވެ. ****** ***** ****** […]
“އީޝާ” ނައިރާ އަށް ގަބޫލު ކުރަން ދަތިވިއެވެ.އަޒާން އެއްވެސް އެއްޗެއް ބުނުމެއްނެތި ރިޒޭވް ކޮށްފައި އިން މޭޒަށް މިސްރާބު ޖެހިއެވެ.” ސޯ ޔާ! ނަވް މީ އީޝާ މައި ފިއުޗަރ ވައިފް….ބުނި ނަވް ވެސް ވޯކް ކުރަނީ ހަމަ އީޝް އުޅޭ ތާގައޭ” އަޒާން އީޝާ ގެ އަތުގައި ހިފާލަމުން ބުނެލިއެވެ.ނައިރާ ގެ ހިތުގައި އަޒާން އާމެދު ޝަކުވާ އުފެދުނެވެ.އީޝާ އަކީ ކޮންކަހަލަ ކިހާފެންވަރެއްގެ ކުއްޖެއްކަން ނައިރާ އަށް އެނގެއެވެ. އޮފީހުގައި ނައިރާ އަށް އެތައް ގޮތަކުން […]
“ނައި….އޭތް..މަޑުކޮށްބަ…”އަޒާން ގޮވާލިއެވެ.”ފަހަތަށް އެބުރި ބަލާލަން ހިތް ކިތަންމެ އެދުން ނަމަވެސް ހިތްވަރު ކޮށްލާފައި ހިނގުން ބާރު ކޮށްލިއެވެ.އަޒާން ވެސް މާބޮޑު ކަމަކަށް ނަހަދައި ހަވީރު ނައިރާމެން ގެއަށް ދާން ނިންމިއެވެ. އިވެމުން ދިޔަ ވޭނީ ރުއިމުގެ އަޑުން ހިލަ ހިތުގެ ވެރިޔާގެ ހިތްވެސް މަޑު ކަފަކޮޅާކަށް ވެގެން ދާނެކަން ގައިމެވެ.ގިނަ އިރު ރުއިމުގެ ސަބަބުން ނައިރާގެ ލޯ ކައިރި ވަނީ ގަދައަށް ރަތްވެ ދުޅަވެފައެވެ.ކަރުނަތަށް ފޮހެލުމަށްފަހު ތެދުވެގެން ގޮސް އަލަމާރީގައި އިން ގިޑާ ނައިރާ ނަގާލިއެވެ. ދެރަވާ […]
“އަޒާން..ކިހިނެއް؟ކޮންއިރަކު މިކޮޅަށް އައީ..އަމިއްލަ ހަށިގަނޑު ސީދާ ކޮށްލަމުން ނައިރާ އަހާލިއެވެ. ” ގުޑް ދެންމެ ހަމަަ….ނައި ހާދަ ތަފާތު ވެއްޖޭ ދޯ… ކޮންތާކަށް ތިދަނީ؟ލައިގެން ހުރި އައިސް ބްލޫ ޖިންސަށް އަތް ޖަހާލަމުން އަޒާން އަހާލިއެވެ.ނަމަވެސް ނައިރާ އަށް އަޒާން ބުނި އެއްޗެއް އަޑުއިވޭ ވަރަށް ވުރެ ނައިރާ ވީ އަޒާން ަައަށް ގެއްލި ހުސްވެފައެވެ.އަތް ކުރު ކަޅު ގަމީހާއި އައިސް ބްލޫ ޖިންސު އޭނަގެ ދޮން ހަންގަޑާ ވަރަށް ގުޅެއެވެ.އެ ފަން އިސްތަށިގަޑު ވެސް ވަނީ […]
އާދައިގެ މަތިން ނައިރާ ފަތިސް ނަމާދަށް ފަހު ދުވަން ދާން ތައްޔާރު ވާންފެށިއެވެ. ސްޕޯޓްސް ހަރުވާޅާއި ފިޔާތޮށި ކުލައިގެ ސްޕޯޓަސް ޓީޝާޓުނަގައި ނައިރާ ތައްޔާރުވެލިއެވެ.ޗާޖަށް ޖަހާފައިވާ ފޯނު ހިފައިގެން ނުކުމެ އަވަސް އަވަހަށް ބޫޓަށް އަރައިގެން ބޭރަށް ނުކުތެވެ.ބޭރުގައި ނައިރާގެ އިންތިޒާރުގައި ރިފާ ފެނުމާއެކު ނައިރާ އަށް މިއަދުވެސް ދެން މި ދުވަސް ދިޔައީއޭ ހިތަށް އަރައި ދުލުކޮޅުގައި ދަތްއަޅައި ލެވުނެވެ.”ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ!މިއަޅާ އަށް ކެތްތެރިކަން ދެއްވާށި.ދެން މިހިސާބުން މި ނިމުނީ. ކަމަނާ ގޮވައިގެން […]