އެކަމަށް ނުވިސްނާ ހުރި ޒައިނާންގެ ހަށިގަނޑު މޫދުގެ ފިނިފިނި ލޮނުގަނޑުގައި ޖެހުނެވެ. ޔޫނީންއަށް ހޭންފެށުނެވެ، ހެނމުން ހެނމުން ގޮސް އޭނާއަށް ބިންމައްޗަށް ތިރިވެވުނެވެ. ލޮނުގަނޑުގެ ތެރެއިން ތެދުވެވުމާއެކު ޒައިނާންއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. “ޔޫ..ނީ..ން..” އަކުރުތަކަށް ބާރުލަމުން ޒައިނާން ގޮވާލިއެވެ. އޭރު އޭނާގެ ދޮން މޫނުމަތި ވަނީ ރުޅިއައުމުގެ ސަބަބުން ރަތްވެފައެވެ. “ކިހާ ދެރަކަމެއް ޔޫނީންއާއި ހެދި.. ކޮފީތަށި ގަސްތުގައި ފޮނިގަދަ ކޮށްލީމަވެސް އެއްޗެއް ނުބުނެ ހުރީ.. އަނެއްކާ އަހަރެންނަށް މަލާމާތް ކުރީމަވެސް ކެތްކޮށްގެން ހުރީ ޔޫނީންއާއި […]
“އޭއި ކޮބާތަ މިހާރު އަނެއް ދެމީހުން؟ ހާދަ ނުފެނެޔޭ” ޔޫނީން އަހާލިއެވެ. “ލައިރާ ބުނީ ތަންކޮޅެއް އޮފީހުގައި ބިޒީއޯ.. އިއާން މިދުވަސްކޮޅު ޕްރޮޖެކްޓެއްގައި އުޅެނީ..” އެ ގްރޫޕުގައި ތިބޭ އަނެއް ދެކުދިންގެ ވާހަކަ އަރްސަލާން އޮޅުން ފިލުވައިދިނެވެ. “އެންމެން އެއްވާ ދުވަހަކުން ވާނެ ކަމެއް ކުރަން.. މިހާރު ކިހާ ދުވަހެއް އެންމެން އެކީގައި ކަމެއް ކޮށްނުލެވޭތާ ވެސް..” ޔޫނީން ބުނެލިއެވެ. “ހޫމް..” ޔޫނީންގެ މޫނަށް ބަލަހައްޓާއިގެން އިނދެ ހުވަފެނީ ގޮތަކަށް އަރްސަލާން ބުނެލިއެވެ. “އޭއި.. މި ބުނި […]
بِسْمِ اللَّهِ الرَّحْمَنِ الرَّحِيم “ޕިސްޕިސް.. މިހާރު އެއޮށް ނުވައެއް ޖެހީ ވިއްޔަ ދޯ.. އަދިވެސް ނޭނގެ އެ ޔޫނީނު އެނދުން ހިއްލާލި ކަމެއް..” ބަދިގޭގައި ރޮށިފިހަން ހުރި ހަސްނާ ކުދި ކިޔާލިއެވެ. އެންމެ ފަހު ރޮށި ފިހެލާފައި ބާރު ހިނގުމެއްގައި އޭނާ ދިޔައީ ޔޫނީންގެ ކޮޓަރިއަށެވެ. “އޭއި ޔޫނީނޫ.. ތެދުވާށޭ ކިޔާތާ މިހާރު ކޮން އިރެއްހޭ.. މިހާރު އެއޮތް ހައްވަގޯތި ނޫރާ ކުނިކަހާފައި ވަދެއްޖެ.. ކަލޭ އަދިވެސް އެނދުގައި ދެފައި ދަމާފަ ނިދަން.. ސާބަސް ސާބަސް […]
ޔޫނީން އާއި ޒައިނާން ދިމާވަނީ ޒައިނާން، ޔޫނީން މެންގެ ރަށް ކަމުގައިވާ ކުޅުދުއްފުއްޓަށް ކުރާ ދަތުރަކުންނެވެ. ޒައިނާންގެ ހިތުގައި ޔޫނީންގެ ނަން ރަން އަކުރުން ފަވާލެވެއެވެ. ލޯބި ހުށަހަޅާ ދެމީހުންގެ ނަން ލޯބިވެރިންގެ ލިސްޓަށް އެރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެދެމީހުން ކައިވެނީގެ ގޮތުން ގުޅުނުއިރު ޔޫނީންގެ އެންމެ ގާތް އެކުވެރިޔާ އަރްސަލާންއަށްވެސް ޔޫނީން ދެކެ ވަނީ ލޯބިވެވިފައެވެ. އެހެނަސް އަރްސަލާން އެކަން ސިއްރުކޮށްގެން ހުންނަނީ އެކުވެރިޔާއަށް ޓަކައެވެ. ޒައިނާންއާއި ޔޫނީންގެ ދިރިއުޅުމުގައި ދިމާވާނީ ކޮންކަަހަލަ ކަންތައްތަކެއް […]