“އަހަރެން ބޭނުންވަނީ މި ގުޅުމަށް ނިމުމެއް ގެންނަން” ޖަންކޫކްއަށް އެ މެސެޖް މަތިން ހަނދާން ނައްތާލެވޭ ގޮތެއް ނުއްވެއެވެ. އަބަދުވެސް އޭނައަށް ވިސްނެނީ ރޮޒޭގެ އެ މެސެޖާއި ދޭތެރޭގައެވެ. ވީނުވީއެއް ނޭންގި ރޮޒޭ އެ ކުއްލި ނިންމުން ނިންމީ ކިއެއްވެބާވައޭ އޭނަގެ ހިތަށް އަބަދު ވެސް އަރަމުން ދިޔައެވެ. ވަރަށް ގިނަ ދުވަހު ވިސްނުމަށްފަހު ރޮޒޭ އެގޮތަށް އެ ކަންތައް ކުރީ އޭނަ ފަލަވީމާކަމަށް އޭނަ ގަބޫލުކުރިއެވެ. “ވެދާނެ މަ މާފަލައީ ކަމަށް. ރޮޒޭ ކުރިން […]
އެދެކުދިން އެކެއް އަނެކެކާ ކިތަންމެ ދުރުގައި ތިބިކަމުގައި ވިއަސް އެދެކުދިންގެ ގުޅުމެކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުލާސްގަޑީގައި ވެސް އެކެއް އަނެެކެކަށް މެސެޖުކޮށް ، ދަންވަރުގަޑީ ވީޑިއޯ ކޯލްކޮށް ހަދައެވެ. އެއްދުވަހެވެ. ބޯކޮށް ވާރޭވެހި ގުގުރީގެ އަޑު މުޅި ރަށަށް އިވެމުން ދިޔައެވެ. ރޮޒޭ ހުރީ ވާރޭ ވެހޭތަން ބަލަން ކުޑަދޮރުކައިރީގައި، ޖަންކޫކްއަށް ގުޅައިގެނެވެ. އޭރު ޖަންކޫކް ހުރީ މުޅި ގައިގާ ރަޖާ އަޅަިގެނެވެ. އެއީ އެ ދުވަސް ކޮޅަކީ ކެނެޑާއަށް ސްނޯ ފައިބާ ދުވަސްކޮޅަށް ވާތީއެވެ. […]
ސުކޫލު ނިމުމާއެކު ރަނގަބީލުގެ އަނޑު މުޅި ޖަމާލުއްދީނުގެ ތެރެއަށް އިވިގެން ދިޔައެވެ. ހުރިހާ ކުދިން އަވަސް ވެގަތީ ސުކޫލުން ނިކުމެ ދިރިއުޅުމުގެ އެހެނިހެން ކަންތައްތަ އަަވަހަށް ފައްޓާށެވެ. ނަމަވެސް ރޮޒޭ ސުކޫލު ނިމުމުން އެންމެ އުފާވީ އޭނަގެ ބެސްޓީ ޖަންކޫކް އާއެކު ހިނގާފަ ގެއަށް ދެވޭތީއެވެ. ރޮޒޭ ޖަންކޫކް އަންނަން ދެން މަޑުކޮށްލައިގެން ހުރީ އެތާކައިރީ ހުރި ނިކަ ގަހެއްގެ ދަށުގައެވެ. ރޮޒޭ އެތާ ހުރިތާ 15 ވަރަކަށް މިނިޓު ފަހުން ޖަންކޫކް އެތަނަށް އައެވެ. “ގަޑި […]
ނާހީއަށް މާލެ އާދެވުނުތާ ހަފްތާ އެއްވީއެވެ. ސުކޫލުގެ ކަންތައް ހަމަޖެހުމުން މިއީ ސުކޫލަށްދާ ފުރަތަމަ ދުވަހެވެ. ވަރަށް ތައްޔާރުވެލަިގެން ސުކޫލަށް ދިޔަ މަގުމަތީ އޭނަ އެކޭ އެއްފަދައިން ކަލާފާން ސުކޫލަށްދާ އެހެން ކުދިން ވެސް ފެނުނެވެ. އަދި އެތަނުން އެއްކޮށް ދިޔަ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ފެނުމުން ނާހީއަށް އަލީޝާ މަތިން ހަނދާންވެ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް ސުކޫލުގެ ފުރަތަމަ ދުވަސްކަމުން ދެރަނުވުމަށް އޭނަ އަޒުމް ކަނޑައެޅިއެވެ. ކަލާފާނު ސުކޫލަށް ވަތް ގަޑީ ނާހީގެ […]
ހަވީރުގެ ވަގުތެވެ. ނަމަވެސް ވިއްސާރަ ދުވަސްކޮޅެއްކަމުން މުޅި ތަނަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ވާރޭ ބޯކޮއްލުމުން ރަށުގެ އެއްމެން ތިބީ ގެތަކަށް ވަދެ ހިޔާވެގެންނެވެ. އުމުރުން 15 އަހަރުގެ ނާހީ ހުރީ އޭނަގެ ގޭގައި އަލީޝާ އާއެކު ގުރުޕު މަސައްކަތެއް ކުރާށެވެ. އެކުދިންގެ 9 ގެ އަހަރުކަމުން އެކުދިން އަބަދު ވެސް އުޅެނީ ކޮންމެސް ސުކޫލު ކަމަކައިގެނެވެ. ނާހީ އާއި އަލީޝާ އަކީ ގުރޭޑު 7 ފެޝިގެން ވަރަށް ގާތް ދެ އެކުވެރިންނެވެ. އަންހެން ކުއްޖަކާ […]
މޫސުން ރީތި ދުވަހެކެވެ.ހަވީރުގެ ވަގުތުކަމުން ރަށުގެ ކުދި ބޮޑު އެއްމެން ކުޅިވަރު ކުޅުމުގަ އާއި ހިނގާލުމުގައި އުޅުނެވެ.މި އެންމެންގެ މޫނު މަތިން ފެނިގެން ދަނީ އުފާ ވެރިކަމުގެ ހިނިތުންތަކެވެ.ނަމަވެސް މިތަނުގައި ހަގީގީ އުފާވެރިކަން ލިބެމުން ދަނީ ކިތައް މީހުންބާވައެވެ؟ ޢަހަރެންނަކީ އެންމެ ކުޑަ އިރުއްސުރެން ވެސް ނަފްސާނީ ކަންތައްތަކާ ކުރިމަތި ލަމުންދާ މީހެކެވެ.ބައްޔެއް ވިއަސް އެއީ ކެންސަރު ކަމަށް ހީކޮށް މަރަށް ތައްޔާރުވުމަށް ބަރާބަރަށް ނަމާދު ވެސް ކުރީމެވެ. ނަމަވެސް މިދިޔަ އަހަރު ދިމާވި ހާދިސާއިން އަހަރެންގެ […]