ކަލާގެ އިންތިޒާރުގާ{2}
ނާހީއަށް މާލެ އާދެވުނުތާ ހަފްތާ އެއްވީއެވެ. ސުކޫލުގެ ކަންތައް ހަމަޖެހުމުން މިއީ ސުކޫލަށްދާ ފުރަތަމަ ދުވަހެވެ. ވަރަށް ތައްޔާރުވެލަިގެން ސުކޫލަށް ދިޔަ މަގުމަތީ އޭނަ އެކޭ އެއްފަދައިން ކަލާފާން ސުކޫލަށްދާ އެހެން ކުދިން ވެސް ފެނުނެވެ. އަދި އެތަނުން އެއްކޮށް ދިޔަ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ފެނުމުން ނާހީއަށް އަލީޝާ މަތިން ހަނދާންވެ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް ސުކޫލުގެ ފުރަތަމަ ދުވަސްކަމުން ދެރަނުވުމަށް އޭނަ އަޒުމް ކަނޑައެޅިއެވެ.
ކަލާފާނު ސުކޫލަށް ވަތް ގަޑީ ނާހީގެ ބޮލަށް ފާޑެއްގެ ގޮތެއްވިއެވެ. އެއީ އެ ސުކޫލު ރަށު ސުކޫލާއި އަޅާ ކިޔާ އިރު ދެގުނަ ބޮޑު ކަމުންނެވެ. އަދި އެސުކޫލު ކުދިންވެސް އެހާ ގިނައެވެ. އޭނަގެ ރަށުގައި ދިރި އުޅޭ އެންމެނައް ތުރެން ވެސް އެ ސުކޫލު ކުދިން ގިނައެވެ. ސުކޫލު ބޮޑު ކަމުން އޭނައަށް ކުލާސް ހޯދުނީ ވެސް އެހާ ގިނަ އިރުންނެވެ. ކުލާހަށް ވަނުމުން އިށީނަންވީ ގޮނޑި މުދައްރިސް ދެއްކިއެވެ.
އެދުވަހު ސުކޫލުގައި ނާހީއަކަށް ކިޔެވުމަކަށް ސަމާލު ކަމެއް ނުދެވުނެވެ. އޭނާއަށް ވިސްނެމުން ދިޔައީ އޭނަ މުޅި މިދުނިޔެއަށް ތުރެން ވެސް ލޯބިވާ އަލީޝާ އާއި މެދުގައެވެ. އޭނާ އާއި އަލީޝާ ބެޑްމިންޓަން ކޮންމެ ދުވަހަކު ކުޅު ހަނދާންތައް ވެސް އާލާވަމުން ދިޔައިރު އޭނާގެ ހިތް ދަނީ ކުދި ކުދި ވަމުންނެވެ. އޭނާ އާއި އަލީޝާ އަކީ ވެސް ބެޑްމިންޓަން ވަރަށް ކުޅޭ ހިތްވާ ދެ ކުދިންނެވެ.
އެދުވަހު ސުކޫލު ނިމިގެން ސުކޫލު ގޭޓުން ނުކުންނަން އުޅުނު ގަޑީ ކޮންމެސް ފިރިހެން ކުއްޖަކު އޭނާ ހުއްޓުވިއެވެ. ނާހީއަށް އެ ފިރިހެން ކުއްޖާ އޭނަ ސުކޫލަށް ވަތް ގަޑީ ވެސް ކުދިންކައިރީ ސުވާލު ކުރާތަން ދެކުނެވެ. ނާހީ ހުއްޓުވުމަށް ފަހު އެ ފިރިހެން ކުއްޖާ ސުވާލު ކުރިއެވެ. “މާދަން ބާއްވާ ބެޑްމިންޓަން މުބާރާތު ބައިވެރި ވާނަންތަ؟”. ނާހީ އެއްވެސް ވަރަކަށް ވިސްނާ ވެސް ނުލާ އުފަލުން އާއިކޭބުނެ ނާހީ އޭނަގެ ނަން ދިނެވެ.
އޭގެ އަނެއް ދުވަހުގެ ހަވީރުގެ ވަގުތެވެ. އުޑު މަތި ވަނީ ކުޑަކޮށް ބަނަ ވެފައެވެ. އެހެންކަމުން ވަރަށް އަރާމު ފިނި ވައިރޯޅި ޖެހެމުން ދިޔައެވެ. ނާހީ ސުކޫލު ބެޑްމިންޓަން ކޯޓަށް އައީ ކުޅުމަށް ވަރަށް ތައްޔާރު ވެގެންނެވެ. ނާހީއަށް އެންމެ ފުރަތަމަ ކުޅެން ޖެހުނީ ފައިސަލް އާއެކުގައެވެ. ފައިސަލް އަކީ އެ މުބުާރާތުގައި ޖެހި ޖެހިގެން 2 އަހަރު މޮޅު ވެފަިވާ އިސްކޮޅުން ދިގު ކުައްގެކެވެ. ނަމަވެސް ނާހީ ވަރަށް ފަސޭހަ ކަމާއެކު ފައިސަލް ބަލި ކޮށްލިއެވެ. އެވަގުތު މުޅި އެތަނުން ތަރުހީބުގެ އަތްތިލަ ބަޑި ނާހީއަށް ލިބިގެންދިއައެވެ. މިމަންޒަރު ބަލަން ހުރި ފައިސަލް ހުރީ ގަދަކަމުން ހިނިތުން ވެލައިގެނެވެ.
އެމެޗު ނިމުނު ތަނާހެން ބޯ ވާރޭ އޮއްސައިލިއެވެ. އެހެންކަމުން މެޗު ބަލަން އައިސް ތިބި އެންމެން ވެސް ހިޔާ ވެވޭނެ ތަނެއް ހޯދުމަށް ދުއްވައިގަތެވެ. ނާހީ ވެސް ދުވެފައި ދަނިކޮށް ވެއްޓިގެން ނުތެދުވެވިފައިވާ އަންހެން ކުއްޖެއް އޭނައަށް ފެނުނެވެ. އެއްވެސް މީހެއް އެހީވާން ނައުމުން ނާހީ އެ އަންހެން ކުއްޖާއަށް އެހީވާން ދިޔައެވެ. ގޮސް އެ އަންހެން ކުއްޖާ ނަގަން އުޅެނިކޮށް އޭނަ ވެސް އެ ޗަކަ ބިންމަތިން ކައްސާލައިގެން ވެއްޓުނެވެ.
ނާހީ އާއި އެ އަންހެން ކުއްޖާއަށް ވެސް މިކަން ވީ ވަރަށް މަޖާ ކަމަކަށެވެ. ދެކުދިން އެއްފަހަރާ ޕަކަ ޕަކަސް ލާފާ ހީގަތެވެ. އަދި ވާރެއާއި އެއްކޮށް ތެމިފޯވެފައި ވާތީ ދެކުދިން ވެސް ޗަކަގަނޑުގެ ތެރެއިން ނުތެދުވެ ހީހީ ވާހަކަ ދައްކާ ދެކުދިން ދެކުދިންނަށް ތައާރަފް ވެލިއެވެ.”އަހަރެންނަށް ކިޔަނީ ނިޝާނާ. ކުރުކޮށް ނިޝާ”. ޖަވާބުގައި ނާހީ އޭނަގެ އެ ފިރިހެންވަންތަ ބަރު އަޑުން ބުނެލިއެވެ”ހާދަ ރީތި ނަމެކޭ. އަހަންނަށް ކިޔަނީ ކުރުކޮށް ވެސް ދިގުކޮށް ވެސް ނާޙީ”. މިހެން އެކި ވާހަކަ ދައްކާ އެ ދެކުދިން ސަކަރާތް ޖަހަން ތިއްބެވެ.
މި މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ހުރި ފައިސަލްގެ މޫނު މަތިން ފެނިގެންދަނީ ރުޅި ވެރިކަމެވެ. އޭނާއަށް ނާހީއަށް ނަފްރަތު ކުރެވެން ފެށިއެވެ. ނާހީ ހީ ހީ ސަކަރާތް ޖަހަމުން ދާ އިރު މާދަން ކުރިމަތި ލާން ޖެހޭ ކަމުގެ ބޮޑު ކަމެއް އޭނާ އަކަށް ނޭންގެއެވެ. މުޅި ސުކޫލުގަި ހުރި ސާދަ ވިލޭރޭގެ ހަނދު ވެސް ލަދުން ފިލާވަރުގެ ރީތި އަންހެން ކުއްޖަކާ މިހާ ގާތް ވުުމުން ކުރިމަތި ލާން ޖެހޭނެ ކަންތައް ވަރަށް ބޮޑެވެ.
= ނުނިމޭ =
3 Comments!
Comments are closed.

Masha Allah 😍 when’s next?
next saturday due exams
yeah thedhekey I also have exam’s this week ga