ޭއެ ރީތި ހީލުމުގެ ފަހަތުގައި( ފުރަތަމަ ބައި)
މޫސުން ރީތި ދުވަހެކެވެ.ހަވީރުގެ ވަގުތުކަމުން ރަށުގެ ކުދި ބޮޑު އެއްމެން ކުޅިވަރު ކުޅުމުގަ އާއި ހިނގާލުމުގައި އުޅުނެވެ.މި އެންމެންގެ މޫނު މަތިން ފެނިގެން ދަނީ އުފާ ވެރިކަމުގެ ހިނިތުންތަކެވެ.ނަމަވެސް މިތަނުގައި ހަގީގީ އުފާވެރިކަން ލިބެމުން ދަނީ ކިތައް މީހުންބާވައެވެ؟
ޢަހަރެންނަކީ އެންމެ ކުޑަ އިރުއްސުރެން ވެސް ނަފްސާނީ ކަންތައްތަކާ ކުރިމަތި ލަމުންދާ މީހެކެވެ.ބައްޔެއް ވިއަސް އެއީ ކެންސަރު ކަމަށް ހީކޮށް މަރަށް ތައްޔާރުވުމަށް ބަރާބަރަށް ނަމާދު ވެސް ކުރީމެވެ.
ނަމަވެސް މިދިޔަ އަހަރު ދިމާވި ހާދިސާއިން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ.އަދި މިއީ ރަނގަޅަކަށް ދިމާވިކަމެއް ނޫނީ މުސީބާތަކަށް ވެސް ވެދާނެއެވެ.މި ކިޔައި ދެނީ އަހަރެންގެ ސިކުނޑީގެ ތެރޭގައި އަހަރެން އެކަނި މާއެކަނި ކުރި ބޮޑު ހަނގުރާމައިގެ ވާހަކައެވެ.
One Comment
Comments are closed.

2 vana bai beynuntha?