ކުރިމަތީގައި ހުރީ ރީތި ސޫރައެއްގައި ހުރި ޒުވާން ފުރައިގެ ދިވެހި އަންހެން ކުއްޖެކެވެ. އެކުއްޖާ ހީވަނީ ކަމަކަށް ބޭނުންވެގެން އުޅޭހެންނެވެ. އެކުއްޖާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ކޯތާފަތްމަތިން އޮހެމުންދެއެވެ. ހީވަނީ ކޮންމެވެސް ބަޔަކު އަނިޔާތަކެއް ކޮށްފައި ހުރިކުއްޖެއްހެނެވެ. އެކުއްޖާ ލައިގެން ހުރި ހެދުންވެސް ހުރީ ވީދިފައެވެ. މާރޓިން އެނދުން ފުންމައިލިއެވެ. އަދި ސުވާލުކުރަން ފެށިއެވެ. “ތީކާކު؟ މިކޮޓަރީގަ ކީއްކުރަނީ؟ ވާހަކަ ދައްކަބަލަ؟ ސުވާލަކަށްފަހު ސުވާލެއް އެއަންހެން ކުއްޖާއަށް މާރޓިން ކުރަމުންދިޔައެވެ. އެ އަންހެންކުއްޖާ އަނގައިން އެންމެ ބަހެއްވެސް […]
ކުއީންއައިލެންޑް ރިސޯޓަކީ ރާއްޖޭގެ ރީތި ރިސޯޓްތަކުގެ ތެރެއިން ހުރިހާ ގޮތަކުންވެސް ހޮވާލެވޭ ނަން މަޝްހޫރު ރީތި ރިސޯޓެކެވެ. 2004 ޑިސެމްބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި މުޅި ރާއްޖޭގެ ހުރިހާ ރިސޯޓްތަކަށްވެސް ގެއްލުން ލިބުނު ފަދައިން މިހުވަފެނީ މަންޒިލަށްވެސް ފޫނުބެއްދޭފަދަ ގެއްލުންތަކެއް ލިބިގެންދިޔައެވެ. ގިނަ ދުވަސްތަކަކަށްފަހު، ރިސޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް، އެރަށް ފަތުރުވެރިންނަށް އަލުން ހުޅުވިގެން ދިޔުމާއިއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ވަރަށްގިނަ ފަތުރުވެރިން އެރަށަށް ޒިޔާރާތްކުރަމުންދިޔައެވެ. އޭގެ […]