Skip to content
އެސްފިޔަ

އެމަންޖެގެ ރޫހް

ކުއީންއައިލެންޑް ރިސޯޓަކީ ރާއްޖޭގެ ރީތި ރިސޯޓްތަކުގެ ތެރެއިން ހުރިހާ ގޮތަކުންވެސް ހޮވާލެވޭ ނަން މަޝްހޫރު ރީތި ރިސޯޓެކެވެ. 2004 ޑިސެމްބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި މުޅި ރާއްޖޭގެ ހުރިހާ ރިސޯޓްތަކަށްވެސް ގެއްލުން ލިބުނު ފަދައިން މިހުވަފެނީ މަންޒިލަށްވެސް ފޫނުބެއްދޭފަދަ ގެއްލުންތަކެއް ލިބިގެންދިޔައެވެ.
ގިނަ ދުވަސްތަކަކަށްފަހު، ރިސޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް، އެރަށް ފަތުރުވެރިންނަށް އަލުން ހުޅުވިގެން ދިޔުމާއިއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ވަރަށްގިނަ ފަތުރުވެރިން އެރަށަށް ޒިޔާރާތްކުރަމުންދިޔައެވެ. އޭގެ ތެރެއިން ގިނައީ ހަނީމޫނު ހޭދަކޮށްލުމަށް އަންނަ ދެމަފިރިންނެވެ.
މެލީނާއާއި، މާރޓިން އަކީވެސް އަލަތު ކައިވެންޏަށްފަހު މިރަށަށް މާމުއި ހަނދުވަރުގެ ދުވަސްތައް ހޭދަކޮށްލުމަށް އައި ދެމަފިރިންނެވެ.
އިޓަލީ ވިލާތުގެ މިދެމަފިރިންނަށް ލިބުނީ ރިސޯޓްގެ 38 ނަންބަރު ވޯޓަރ ބަނގަލޯ ކޮޓަރިއެވެ.
މި ބަންގަލޯއަކީ މިރިސޯޓްގެ އެންމެ ހިތްގައިމު ތަންތަނުގެ ތެރޭގައި ހިމެނޭ އެއް ތަނެވެ. އެއީ އެންމެ ޒަމާނީ ޚިދުމަތްތައް ލިބޭނޭގޮތަށް މަރާމާތުކޮށްފައިވާ ބަނގަލޯއެކެވެ. ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާފައިހުރި ވަރަށް އަގު ބޮޑު ބަނގަލޯއެކެވެ. މި ބަންގަލޯ ލިބުމުގެ ފުރުޞަތުވެސް ލިބެނީ އެރިސޯޓަށް ޒިޔާރާތްކުރާ ދުނިޔޭގެ މަހުޖަނުންނަށެވެ.
މާރޓިންއާއި މެލީނާ ރިސޯޓްގައި ހޭދަކުރަމުންދިޔައީ އުފަލާއި މަޖަލާއިއެކުއެވެ.
މިރޭވެސް އާދައިގެމަތިން މާރޓިންއާއި، މެލީނާ ނިދަން އައީ ސްވިމިންގ ޕޫލަށް އެރި މަޖާކުރުމަށްފަހުއެވެ. ދެމަފިރިންވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އިސާހިތަކުން ދެމަފިރިންނަށް ނިދިއްޖެވެ.
މެލީނާއަށް ކުއްލިއަކަށް ހޭލެވުނީ ޒުވާން އަންހެން ކުއްޖަކު ރޯއަޑަށެވެ. މެލީނާ ބޭރަށް ނުކުމެ މުޅި ބަނގަލޯ ވަށައިގެން ހޯދާ ބަލަން ފެށިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ހީވިގޮތެއްކަމަށް ހީކޮށް އޭނާ ދުވެފައި އައިސް ދޮރު ލައްޕާ ތަޅުލުމަށްފަހު ނިދަން އޮށޯތެވެ.
މެލީނާ އަނެއްދުވަހު މިވާހަކަ މާރޓިންއަށް ކިޔައިދިނެވެ. ނަމަވެސް މާރޓިން މިވާހަކަ ޤަބޫލެއް ނުކުރިއެވެ.
މިގޮތަށް މެލީނާއަށް މިކަންތައް ދިމާވާތާ ދެތިން ރޭ ވެއްޖެއެވެ. މިރޭވެސް އޭނާއަށް ހޭލެވުނީ އެ އަންހެންކުއްޖާ ރޯއަޑަށެވެ.
“މާރޓީން! ހޭލަބަ! ޕްލީސް ހޭލަބަ!” މެލީނާ ގަނެފައިވާ ބިރުގެ ސަބަބުން ރޮމުން މާރޓިންގެ އަތުގައި ހިފާ ދަމަންފެށިއެވެ.
މާރޓިން ކުއްލިއަކަށް ހޭލެވުނެވެ. މާރޓިންގެ ލޮލަށް ފެންނަންހުރި މަންޒަރު އޭނާގެ އަމިއްލަ ޒަމީރުވެސް ޤަބޫލު ނުކުރިއެވެ.

ނުނިމޭ

Comments (19)

  1. Ahmed Ammu

    V Reethi vaane hen heevany.

  2. shafu

    Mee kiyaafa oi vaahaka eh.. some ppl have raped that girl years b4

  3. raas

    i agree with shafu

  4. Rausha

    Shafu e vaahaka ah kiyanee konnamehtha

  5. flwr

    Ya u r right shafu. Mi kurin kiyaafa in vaahaka eh hen hyvany..its better to start ur own story..mihaaraka ais Gina liyuntherin liyany kuryge vaahakaige copy tha

  6. meehun liyaathy..

    Mi vx dhn meehun liyaathy liyefa dhw.. Kuda kuda thanfukeh.. Huh.. Kada kada..

  7. ninth

    haadhakurey…

  8. misty

    Haadhakurey…story reethi vaanehen heevany ☺ when next part? .. Avahah up kohdhechey..

  9. popcorn

    shafu mennan bunelan beynun vanee shafu men vaahaka kiyas e nukiyaa meehun ves ulheyne. ehen veema liyefa hunna vaahaka up kurumakee massalaeh noon… and esfiyaige gavaaidhu ga ves bunefa eba idhey liyaa meehaage vaahaka akee amilla ah liyefa in vaahaka akah vaakah nujehe yey… btw story is nice…

  10. crazi

    vahakah ok

  11. Shehey

    Mivaahaka adhi alah mikiyany

  12. jey boki

    kiyaafa thibey meehun nukiyabala….eyrun nujeheyne dhw rulhi annakah…mi vaahaka nukiya meehun ves thibeyne dhw..

    1. Juma
      jey boki

      Mi site ga meehun liyanii amilla stories… ehen meehun ge stories copy kohgenneh nuliyey.. amilla story eh liyunu nama nubunaane dhw ehves meehe ehchekey… kuree baiga angaafa oii nama mi copy story ekey… emmenah vex ingeyne dhw nukiyaa meehunah kan e kiyaane furusathu dhinee… kithamme support eh kuriyas u r wrong.. ???

  13. kandukos

    Vaahaka liyefa eki nunnamuga comment kurany amillayah fukeh bodu varu

  14. shafu

    Popcorn ah bunelan if i feel the story is nonsense i would say it. You cant stop anyone from expressing her own view. Tbh i think u r the author of the story

    1. Juma
      shafu

      I totally agree with u

  15. Immy

    minnu.. the stry is good n nice.. except its a little short. other wise perfect..
    minnu listen 2 me.. dnt let others ruin ur dms… dnt worry bout wat others r sayin bout u. this is wat u want 2 do. do it no matter wat minnu. never let others judje u…. have a nice day. <3
    NOTHING IS IMPOSSIBLE…… ;D

  16. Immy

    immy mi vaahaka adhi alah mi kiyanee varah salhi……

  17. Juma

    Mii kiyaafa oiii vaahaka eh.. amilla story eh liyeba

Comments are closed.