Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެމަންޖެގެ ރޫހް (2ވަނަ ބައި)

Minnu Level 1
December 8, 2015 2 Mins Read
23 Comments

ކުރިމަތީގައި ހުރީ ރީތި ސޫރައެއްގައި ހުރި ޒުވާން ފުރައިގެ ދިވެހި އަންހެން ކުއްޖެކެވެ. އެކުއްޖާ ހީވަނީ ކަމަކަށް ބޭނުންވެގެން އުޅޭހެންނެވެ. އެކުއްޖާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ކޯތާފަތްމަތިން އޮހެމުންދެއެވެ. ހީވަނީ ކޮންމެވެސް ބަޔަކު އަނިޔާތަކެއް ކޮށްފައި ހުރިކުއްޖެއްހެނެވެ. އެކުއްޖާ ލައިގެން ހުރި ހެދުންވެސް ހުރީ ވީދިފައެވެ. މާރޓިން އެނދުން ފުންމައިލިއެވެ. އަދި ސުވާލުކުރަން ފެށިއެވެ.
“ތީކާކު؟ މިކޮޓަރީގަ ކީއްކުރަނީ؟ ވާހަކަ ދައްކަބަލަ؟ ސުވާލަކަށްފަހު ސުވާލެއް އެއަންހެން ކުއްޖާއަށް މާރޓިން ކުރަމުންދިޔައެވެ. އެ އަންހެންކުއްޖާ އަނގައިން އެންމެ ބަހެއްވެސް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. މާރޓިން އެ އަންހެން ކުއްޖާއާ ދިމާއަށް ދިޔުމަށް ހިނގައިގަތެވެ. އަދި މާރޓިން އެހިސާބަށް ދާންފެށިތަނާ އައްޔެއް ފާޅުވެ، ކުއްލިއަކަށް އެކުއްޖާ ގެއްލިއްޖެއެވެ. މާރޓިންވެސް ގަތީ އަމަށަކު ބިރެއް ނޫނެވެ.
އެދުވަހަކީ އެދެމަފިރިން ރާއްޖެ ދޫކޮށް އެމީހުން ޤައުމަށް ދިޔުމަށް ހަމަޖެހިފައި އޮތްދުވަހެވެ. މާރޓިންގެ ދެމަފިރިން ވަރަށް ތަފްސީލުކޮށް މިވާހަކަތައް ރިސޯޓްގެ މެނޭޖްމަންޓަށް ކިޔައިދިނެވެ.
ޖެހިގެން އައި ރެއެވެ. މެނޭޖަރަށްވެސް މާރޓިންމެންގެ ދެމަފިރިންނަށް ކަންތައް ދިމާވިގޮތަށް ކަންތައް ދިމާވިއެވެ.
އަނެއް ދުވަހު އިރު އެރިއިރު، ޒުވާންފުރައިގެ ފިރިހެނަކު އޮތީ ރަށުގެ އުތުރު ފަރާތުގައިވާ 38 ނަމްބަރު ބަނގަލޯއާ ދިމާލު ބީޗްގައި މަރުވެފައެވެ. މުޅިގައިގެ އެތަން މިތަނުން ހުރީ ލޭކޮށާލައިފައެވެ. ގަމީސް އޮތީ ވީދިފައެވެ. މުޅިމޫނުގައި އޮތީ ވަކި އަޅާފައެވެ. ހީވަނީ ބިރުވެރި ސިންގާއެއްގެ ހަމަލައެއް ހެންނެވެ. މެނޭޖަރު ފުލުހުންނަށް ގުޅައި މިވާހަކަތައް ކިޔައިދިނެވެ. ވަގުތުން މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި ފުލުހުން ރިސޯޓަށް އައެވެ.
ނިޒާރުއާއި ޝަކީބު ނަމަކަށް ކިޔުނު ދެ މީހަކު މެނޭޖަރު އަޝްފާޤާއި ބައްދަލުކުރުމަށް އޭނާގެ ކޮޓަރިއަށް އައެވެ. ނިޒާރާއި ޝަކީބު އަދި ރޭގައި ބަނގަލޯ ކައިރީ މަރާލާފައިއޮތް މަތީނަކީ ސުނާމީ ކާރިސާއަށްފަހު މިރިސޯޓްގެ ގިނަ ބަނގަލޯތައް މަރާމާތުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވުނު ފަރާތެވެ.
ނިޒާރުއާއި ޝަކީބު އަޝްފާޤް ކައިރިއަށް އައިއިރު، ދެމީހުންވެސް ތިބީ ދާ ހިއްލާ ވަރުބަލިވެފައެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމުގެ އަސަރެވެ.
“އަޅުގަނޑުމެން މިއައީ ވަރަށް ބޮޑުކަމެއް އޮޅުން ފިލުވައިދޭން! އަޅުގަނޑުމެންނަށް ކެތްނުކުރެވިގެން އަޅުގަނޑުމެންނަށް ސަލާމަތްވާނެކަމަށް ވަނީ މިވާހަކަތައް އަޝްފާޤަށް ކިޔައިދީގެން!” ވަރަށް ހިތްވަރުކޮށްފައި ނިޒާރު ރިސޯޓްގައި މިދިމާވާ ނާމާން ބިރުވެރި ވާހަކަތަކުގެ ހަޤީޤަތް އަޝްފާޤަށް އޮޅުން ފިލުވައިދޭން ފެށިއެވެ
“މިރިސޯޓުން އެފެންނަ ކުއްޖަކީ ހިމަންދޫ ފުއްޓަރުގޭ އައިމިނާ! އެކުއްޖާ އަޅުގަނޑުމެންނާއި ބައްދަލުވީ 2005 އޮކްޓޯބަރ 05 ވަނަ ދުވަހު އެރަށަށް ދިޔަ ދަތުރެއްގައި! އަޅުގަނޑުމެން އެރަށަށް ދިޔައީ ބަންގަލޯތައް ތައްޔާރުކުރުމަށް ފަންގި ހޯދުމަށް އަރިއަތޮޅުގެ ރަށްތަކަށް ކުރި ދަތުރެއްގައި! އައިމިނާއަކީ އަޅާލާނެ ޔާރެއްއިޔާރެއްނެތް ކުއްޖެއް! އަޅުގަނޑުމެން އެރަށުގެ ގެތަކަށް ފަންގި ހޯދުމަށް ކުރެވުނު ދަތުރުގައި ފުއްޓަރުގެއަށްވެސް ދެވުނު! އައިމިނާ އަޅުގަނޑުމެންގެ ގާތުގައި ވަރަށް ބޮޑުކަމަކަށް އެދުނު! އެއީ އައިމިނާއަކީ އެރަށުގައި އެއްވެސް ޢާއިލާގެ މީހަކުނެތް އެކަނިވެރި ކުއްޖަކަށްވާތީ، އޭނާއަށް ކޮންމެވެސް ވަޒީފާއެއް ތަނަކުން ހޯދައި ދިނުމަށް.” މިހިސާބަށް މިވާހަކަތައް ކިޔައިދިނުމަށްފަހު ނިޒާރު ގޮނޑީގައި އިށީނެވެ.
“ދެން ކިހިނެތްވީ!” ވާހަކަ އަޑުއެހުމުގެ ޝައުޤުވެރިކަން ހުރިވަރުން އަޝްފާޤު އެހިއެވެ.
ނިޒާރު ދައްކަމުން ދިޔަ ވާހަކަތަކާއި ގުޅުވައިގެން ދެން ވާހަކަ ދައްކަންފެށީ ޝަކީބުއެވެ.
“އަޅުގަނޑުމެން އައިމިނާ ގެނައީ މިރިސޯރޓަށް! ވަޒީފާއެއް ދޭނަމޭ ބުނެގެން! އަޅުގަނޑުމެން އައިމިނާ ނިދުމަށްދެއްކީ ރިސޯޓްގެ 38 ނަމްބަރު ބަންގަލޯ! އޭރު އެބަންގަލޯ ހުރީ ބޭނުންކުރެވިދާނެ ވަރަށް ނިމިފައި!”
“ދެން ކަލޭމެން އެމަންޖެއަށް ކިހިނެއްތަ ހެދީ؟ ކިޔައިދީބަލާ!” ކެތްމަދުވެފައިވާ ރާގަކަށް އަޝްފާޤު އެހިއެވެ.
“އަސްލުވީ ގޮތަކީ އެއްރެއަކު އައިމިނާ ނިދާފައި އޮއްވާ އެބަންގަލޯއަށް ދިޔައިން! އަދި ތިން މާބުރެއްގެ ޝިކާރައަކަށް ފަރިވެ ފޮޅިފައިން މަލެއް ވެގެންދިޔައީ! އަދި އަޅުގަނޑުމެން އެކަން ސިއްރުކުރަން މިރިސޯރޓުގެ ފަސްގަނޑުގެ ދަށް ވެގެންދިޔައީ! އަޅުގަނޑުމެން މިރަށަށް މިއައީ ހަމަ މިވާހަކަ ކިޔަދޭންވެގެން! އައިމިނާގެ ރޫޚް ބުނަނީ މިވާހަކަތައް މެނޭޖަރަށް ކިޔައިދީފިނަމަ އުނދަގުލެއް ނުކުރާނެކަމަށް! އަދި އެއްވެސް ފަރާތަކަށްވެސް އައިމިނާ ނުފެންނާނެކަމަށާއި، އައިމިނާގެ ފުށުން އުނދަގުލެއްވެސް ނުވާނެކަމަށް! އަޅުގަނޑުމެންނަށް ގޮތެއް ނަހައިދީފިނަމަ ޝުކުރުވެރިވާނަން!”
މިވާހަކަ ތަކުގެ އަޑުއިވިފައި އަޝްފާޤު ވަރަށް ރުޅިއައެވެ. އަދި ބުންޏެވެ.
“ކަލޭމެން ތިކުރީ ވަރަށް ބޮޑު ކުށެއް! ތިކަމުގެ އަދަބު ލިބެންޖެހޭނެ! މައުސޫމު ކުއްޖެއްގެ އިއްފަތްތެރިކަން ނަގާލުމަށްފަހު، އަދި މަރާވެސްލީ! ހަޤީޤަތުގަ އެކުއްޖާގެ އެރޫޚު މިކަން އޮޅުންފިލުވަދޭން އުޅުމުގެ ބޭނުމަކީ ކަލޭމެން އިންސާފުގެ ކުރިމައްޗަށް ގެނައުން! އެހެންވީމާ އަހަރެން އެގޮތަށް ކަންތައް ކުރަންޖެހޭ! ނޫންނަމަ އަދިވެސް އެރޫޚްގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވާނެ!”
މިހެން ބުނެފައި އަޝްފާޤު ވަގުތުން ރިސޯޓްގައި މަތީންގެ މައްސަލަ ތަހުޤީޤުކުރުމަށް އައިސް އުޅޭ ފުލުހުންނަށް ގުޅައި ގެނައެވެ. މިކަންތައް ފުލުހުންނަށް ކިޔައިދިނުމަށްފަހު، މި ދެ މުޖުރިމުން ފުލުހުންނާއި ހަވާލުކުރިއެވެ.
-ނިމުނީ-

 

Share Article

Follow Me Written By

Minnu

Level 1

Other Articles

Previous

ހުވަފެނެއްބާ؟ (7ވަނަ ބައި)

Next

ލޯބީގާ ވާތީފަނާ… (7ވަނަ ބައި)

Next
December 9, 2015

ލޯބީގާ ވާތީފަނާ… (7ވަނަ ބައި)

Previews
December 8, 2015

ހުވަފެނެއްބާ؟ (7ވަނަ ބައި)

23 Comments!

  1. misty says:
    December 8, 2015 at 10:11 pm

    Varah varah hadi

  2. anee says:
    December 8, 2015 at 10:28 pm

    Hadi

  3. meehun liyaathy.. says:
    December 8, 2015 at 10:54 pm

    Chydii.. Mi dhn meehaku vaahaka liyaane vahthareh.. Emme dhebay.. Mi vx dhn eh bayah hadhaafa behtinama.. Emme hadi vaahaka.. Report eh liyaa vahtharah liyefa vx Hury..

  4. neha says:
    December 8, 2015 at 10:55 pm

    Kamaku nudhey

  5. cr@z! says:
    December 8, 2015 at 11:00 pm

    miya vure reethi koh vahakab liye veyne

  6. kiya says:
    December 8, 2015 at 11:15 pm

    E dhogeh….. hadi eh noon hama reethi. Mivaahakaigai gen nan beynun va haadhisa e othee reethikoh kiyaa dheefa.

  7. Tulip says:
    December 9, 2015 at 12:36 am

    Hadi ay buni kudhinnah..Plz bunedheeba hadi than kolheh??Anyways try ..u can do it..nice n good work?

  8. Shehey says:
    December 9, 2015 at 6:42 am

    Vaahaka v reethi. Eh baehge gothah upload kohlinama Adhi miahwure reethikoh mivaahaka liyeveyne. Good keep it up

  9. you says:
    December 9, 2015 at 10:20 am

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv. reethi

  10. flwr says:
    December 9, 2015 at 10:31 am

    Mi ehhen liyuntherin vaahaka liyaathy liyefa in vaahaka eh…reethi ey buni kiyuntherin adhi ehfaharu vaahaka kiyun ehdhen….huh. Vaahaka Liyan furathama dhas kohba…

  11. shafu says:
    December 9, 2015 at 11:09 am

    I knw some ppl could nt take negative comments. Truth is bitter. Many other readers have agreed this is nt a nice story. Good luck for the next story

  12. shafu says:
    December 9, 2015 at 11:12 am

    Vaahakaige haadhisa eba in bt hushahalhai dhinu meh nei. Heevany bodah summary eh hen.

  13. leaf says:
    December 9, 2015 at 12:49 pm

    Chydii mee vaahaka eh tha……..

  14. kandukos says:
    December 9, 2015 at 1:55 pm

    Kada vaaahaka eh

  15. zero says:
    December 9, 2015 at 2:14 pm

    Bolheh hama

  16. Lilly says:
    December 10, 2015 at 5:59 am

    Hadi vvvvvv copy cat ? market bondhu cat ? thunder ⚡ cat ?

  17. Lilly says:
    December 10, 2015 at 6:00 am

    Only five positive comments hehe bolheh

  18. Immy says:
    December 11, 2015 at 1:59 pm

    varah salhi vaahkeh…. ehen meehun minnu aa dhimaalah echchehi kiyaa irun ingen jehey ehn meehun ves dheravaanekan… negative cmnts liyumuge badhaluga varah rangalhu vaane mi vaahaka nukiyya… minnu ah ves thankolheh bolah fasey ha vaane negative cmnts libumahvure ekahala meehun vaahaka nukyya..
    minnu DNT LOOSE UR HOPE.. ihope u take my advice minnu……

  19. sammu says:
    December 12, 2015 at 2:44 am

    Kada sisaagen dhaippilaajehenheheyne birun.gain heebiseh haahisaabuves nunaga.rashterah araandiya raallheh hen faabaan diyaeee maves tivaahaaka anrbaaliyefaanan.500 Bangalore laafa

    1. Kail says:
      February 27, 2019 at 6:56 pm

      I think u first of all need to learn to write spelling correctly and also how to make space between words…… Vaahaka hama varah reethi.. Kaemen ekakahves neynge reethi vaahaka vakikuran… Tlkn abt u negative comments kuri meehun….

  20. lia says:
    January 10, 2016 at 10:05 pm

    Very boring . vara vara had I

  21. Ahmed says:
    January 25, 2016 at 11:13 am

    Rangalhu… Salhi

  22. esoru says:
    June 28, 2016 at 5:08 pm

    kada

Comments are closed.



All Right Reserved!