Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އެ ދަތުރު…

Merl Level 1
May 31, 2018 3 Mins Read
10 Comments

ދުނިޔެ މައްޗައް އިރުގެ އަލި އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދާއިރު ވެސް ހިންމަފުށީގެ މަގެއްގެ މަތިން އަވީގެ ޒައްރެއްގެ މިންވަރުވެސް ފެނަން ނެތެވެ.އެހާވެސް ހިޔާދޭ ގަސް ގިނައެވެ.ނަމަވެސް ގަޑިން ނުވަ ގަޑި ބައި ވި އިރުވެސް ފަލްޔަަން މެނަށް ދުވާލު ކީއްކުރަން އިރު އެރި ހެނެއްވެސް ހިޔެއް ނުވެއެވެ.ވާނީވެސް އެހެން ތާއެވެ.ރޭގަ އެހާ ދަން ވަންދެން ފިލްމު ބަލަން ތިބީމަ ދުވާލު ކޮންމެ މީހަކު ވެސް ނިދި އަންނާނެއެވެ.

ދިހައެތް ޖަހަން ފަސް މިނެޓައް ވެފައި ހުއްޓާ ޖަނާލް އަށް ހެލެވުނެވެ. ކޮންމެވެސް ވަރަކަށް ހޭވި ފައިވާ އިސްތަށި ގަނޑުގައި އަތްފުނާއަޅަމުން ފޯނު ހުޅު ވާލި އެވެ.

“ޔާ ރައްބީ!!.ޔައްތޫ..އޭތް ޔައްތޫ ހޭލަބަލަ..ފަލް…ދިހައެތް ޖެހީ އޭ އެއޮތް..”ޖަނާލް ކިޔާތު އާއި ފަލަޔަން އަށް ގޮވަމުން ފާޙާނާ އާއި ދިމާއަށް ދިޔަ އެވެ. “ކީކޭ…ދެން އުނދަގު ނުކޮއްބަލަ…”ކިޔާތު ފިނިވެގެން މުޅި ގައިގައި ރަޖާ އޮޅާލިއެވެ.ރެއިން ސުރެން ޖައަސާފައި ހުރި އޭސީ ގެ ތެއް ފިނިކަން ވަނީ މުޅިކޮޓަރި ތެރޭގައި ހިފާލާފައި އެވެ.ފަލްޔަން މަންމަ އަށް ގުޅާލައިގެން ހުރެ ކުޑަދޮރު ކައިރި ހުއްޓި ލިއެވެ.ފޮތިގަނޑު ކަހާލާފައި ކުޑަދޮރުތައްވެސް ހުޅުވާލި އެވެ.ގޯތި ރެރޭގައި އިންދާފައި ހުރި މާގަސްތައް ކުޑަދޮރުންހުޅުވާލީމާ ވަރަށް ރީތިކޮށް ފެނެއެވެ.

އިރުކޮޅެއްފަހުން ޖަނާލްވެސް ފާޙަނައިން ނުކުމެއްޖެއެވެ.ފަލްޔަން ތުވާލި ހިފައިގެން ފާޙާނާއާއި ދިމާއަށް މިސްރާބުޖެހި އެވެ. “އަދިވެސް މި ޔައްތު ނުހޭލަނީއޭ ދޯ!!”ފަލްޔަން ކިޔާތުގެ ރަޖާގަނޑުގައި ހިފާ ދަމާގަތެވެ.ރަޖާގަނޑު ގެއެތް ބައިގައި އޮތީ އަދިވެސް ކިޔާތު ހިފަހައްޓާގެންނެވެ.ދެ މީހުން ވެގެން ކިޔާތުއަށް އުނދަގޫ ކުރަން ފެށީމާ އެންމެފަހުން ކިޔާތު ތެދުވި އެވެ.

ތިން އަންހެން ކުދިން ތައްޔާރުވެގެން ނުކުތީ ފިހާރައަށް ދާށެވެ.ރޯޔަލް ބްލޫ ޖިންސަކާއި ހުދު ކުލައިގެ އަތްކެނޑި ތޮޕް ކޮޅެއް ގައި ހުންނަ އިރުކިޔާތު ވެސް ވަކި ހުތުރެއް ނޫނެވެ.ހަމުގެގޮތުން ކިޔާތު އަކީ ތަންކޮޅެއް ކަޅު ކުއްޖެއް ނަމަވެސް  ކަނދުރާއާއި ހަމައަށް ކޮށާލެވިފައިވާ ބުޅި އިސްތަށިގަޑު ދޫކޮށް ލެވި ފައި ވާއިރު ހުންނަނީ ހަމަ ވިދާލަވިދާލައެވެ.ޖަނާލް ވެސް އުނަގަނޑާއި ހަމައަށް އަންނަ ފަން އިސް ތަށި ކޮޅުގައި ހުޅިއެތް ޖަހާލާފައި ވާއިރު ވަރަަަަށް ފުރިހަމަައެވެ.

ބޮޑު ކޮޓަރިއަށް ނުކުމެވުނު ތަނާހެން ތިން އަންހެން ކުދިން ވެސް ދިޔައީ ސިއްސާގެންނެވެ.ރޭގައި ބޭނުން ކޮއްފައިވާ ކޯކްފުޅި ތަކާއެ އެހެނިހެން އެއްޗިހި ހުރީ މުޅި ތަނުގައި އެގޮތްމިގޮތަށެވެ.އެހެން ކަމުން އެންމެ ފުރަތަމަ ކަމަކަށް ތިން ކުދިން ވެގެން ބޮޑުކޮޓަރި ސާފުކުރިއެވެ.

“މަ ހިތައަ އަރާ ކޯކުވެސް ނުބޯނެ ނަމައޭ …ދެން…އާން މުޅި ތަނަށް ވިއްޔަ ފުޅިތައް ވެސް އުކާލާފައި މިހުރީ..”ޖަނާލް ރިޔާޝްމެންގެ ކޮޓަރި އާއި ދިމާއަށް އިޝާރާތް ކުރަމުން ވާހަކަ ދެއްކި އެވެ. “ޖާލް…ކާކު ތަ ރޭގަ ދެ ކޯކް ފެޅި ހުސް ކޮއްލީ…”ފަލްޔަން ވަރަށް މަސައްކަތުން ނުހޭން ހުރި ކަމުގައި ވީ ނަމަވެސް އެންމެ ފަހުން ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އޭތް..އެ… މަށެއް ނޫން..ރިޔާޝް ..އެއީ…މަ..ކޯކް ފުޅި…ޝިވާން …ޝިވާން ތޯޗެ..”ޖަނާލް އަޅައި ގަންނަ ކަހަލަ ގޮތަކަށް ވާހަކަ ދެއްކި އިރު ބުނެވުނު އެއްޗެކާއި މެދު ވިސް ނަން ހުރެވުނެވެ.

“ޖާލް..”ފަލްޔަން އެތް މިއްޔަކުން ހީލާފައި ޖަނާލް އަށް ގޮވާލިއެވެ. “މީތާކު އަދި ނުބުނެ ދޯ ޖާލް އޭ ދެ ފުޅި ހުސް ކޮށްލީ..” “ހައްހައްހާ..” ކިޔާތުއާއި ފަލްޔަން ހޭން ފެށި ގޮތައް ހުއްޓާވެސް ނުލިއެވެ.އެިންމެފަހުން ޖަނާލް މެންދުރުވެއްޖެއޭ އެހެން އެއްޗެކޭ ކިޔައިގެން އަވަހަށް މަޢްލޫޢު އޮޅުވާލިއެވެ.

ތިން އަންހެން ކުދިން ވެގެން ނޫޑްލްސް ކައްކާފައި ނުކުން އިރު އަދިވެސް ރިޔާޝް އާއި ޝިވާން ނުހޭލައެވެ…..ޓައް ޓައް ޓައް….ކިޔާތު ގޮސް ދޮރުގައި ޓަކި ދިނެވެ.ފުރަތަމަ އިވުނީ އެއްޗެއް ވެއްޓުނު ކަހަލަ އަޑެކެވެ.ކިއާތު އަވަހަށް ގޮސް ޖަނާލް އާއި ފަލްޔަން ގޮވައިގެން އައެވެ.ތިން ކުދިން ވެގެން ދޮރުގައި ކަންފަތް ޖައްސައިގެން ތިއްބެވެެ.ކުއްލިއަކަށް އަޑެއް ކިޔާފައި ދޮރުހުޅުވުނެވެ.ތިން ކުދިން ގޮސް ޖެހުނީ ޓައިލްސް ތައް މަތީގައެވެ.ރަނގަޅަށް ބަލައިލި އިރު ޝިވާން އާއި ރިޔާޝް މެން ތިބީ މިިއީ ކޮން ކަމެއް ހޭ އަހާފަދަ ގޮތަކަށެވެ.

“އަނެއް..އަހަރެމެން…މި ބަލައިލީ” ފަލްޔަން އަށް މިހާ ހިސާބަށް ބުނެވުނު ތަނާހެން ރިޔާޝް ބުންޏެވެ. “ކޮން ބަލައި ލީ ބަލައި ލީއެތްް.. އަހަރެމެނަށް ސްޕައި ކުރަނީތި…”

“ތެދެއް..އަހަރެމެން ފޮރުވައިގެން ގެންގުޅޭ  އެތި ތި ހޯދަނީ ދޯ..” ޝިވާން އެހެން ބުނީ ރިޔާޝް އެމީހުން ކައިރި މިހާރު އޭގެ ވާހަކަ ބުނެފައި އޮންނާނެ ކަމަށް ހީކޮށެވެ.ހަށަމަށް ދެ އަތް އަރުވައިގެން ހުރި ރިޔާޝަށް ހީވީ ފައިގެ އަޑިން ބިންގަޑު ދެމި ގަން ހެނެވެ.ކުޑަކޮށް އަރި އަޅާލާ ފަދަ ގޮތެއް ވެސް ވިއެވެ. “ކޯޗެއް ގެ ވާހަކައެއް ތި ދައްކަނީ..”ކިޔާތު އަށް ވަގުތުން ވިސްނުނެވެ.އަވަހަށް ތެދުވެ ކޮޓަރީގެ ވަތްގަނޑުތައް ބަލާ ފާސްކުރަން ފެށިއެވެ. “އެ …އެ.. އެދައްކަނީ މަގޭ އާ ޓީޝާޓު ވާހަކަ ދޯ ޝިވާން..” ރިޔާޝް އަވަސް އަވަހަށް ބުނެލި އެވެ.އަދި ކިޔާތުމެން ގޮވައިގެން ނުކުތެވެ.ޝިވާން ހުރީ އޮޅުން ބޯޅުމެއްގެ ތެރޭގައެވެ.

ހެނދުނުގެ ސައަށްފަހު ފަސް ކުދިން ހޮޅުއަށްޓާ ދިމާއަށް ނުކުތެވެ.ފުރާވަރުގެ ގިނަ އަދަދެއްގެ ކުދިން ދުން ޖަހާފައި ދުވެ އުޅެއެވެ.ތަން ކޮޅެއް ދުރުގައި ހުރި ކުންނާރު ގަހެއްގެ ދޮށުގައި އެމީހުން ގެ ޢުމުރު ކުދިން ތަކެއް ކުނނާރު ނުއުފުރިގެން އުޅެއެވެ.ރިޔާޝް އެތަނަށް ގޮސް އެކުދިންނަށް ކުންނާރު އުފުރަ ދިނެވެ.ދާދި އަވަހަށް ރިޔާޝް އާއެ އެކުދިން ރަޙުމަތްތެރި ވިއެވެ.އަދި ރިޔާޝް އެކުދިންނަށް ޝިވާންމެންވެސް ތަޢާރަފް ކޮށް ދިނެވެ.ރިޔާޝްމެން އެކުދިންނާޢި އެކީ ކުންނާރު އުފުރައިގެން ގެއައް އައެވެ. “ޔުމާދު ވަރަށް މަޖާ ދޯ..”ޝިވާން އައި މަގު މަތީގައި ވާހަކަ ދެއްކި އެވެ.

އެދުވަހު ހަވީރު ޔުމާދު މެންގެ އެދުމުގެ މަތިން ރިޔާޝް އާއި ޝިވާން އެމީހުންނާއި އެކީގައި ބޯޅަކުޅެން ދިޔައެވެ.އެކަމާ ފަލްޔަން މެން ވެސް މައްސަލް އެތް ނުޖައްސަ އެވެ.ފަލްޔަން މެން ތިބީ މެދުގޯ ތީގައި ހެދިކާހިފައިގެން ހެދިކާ ކާން ށެވެ. “ފަލް..މަށަށް އެބަ ހީވޭ އެއްޗެއް..” އުނދޯލީގައި އިން ފަލްއަން އާޢި ދިމާ ބަލައިލަމުން ކިޔާތު ބުނެލިއެވެ.އުނދޯލީގައި އިނނައިރު މަގުނަ ހުރަސް ކުރާ މީހުން ވަރަށް ރީތިކޮށް ފެނެއެވެ.ޖޯލީގައި ފޯނަށް ގޮސް ގެއްލިފައި އިން ޖަނާލްވެސް ފޯނު ތިރިކޮއްލާފައި ދައްކާވާހަކަ އަށް ސަމާލުވިއެވެ. “ކޯޗެއް….” ގަނެފައި ހުރި ހެދިކާ ތަށިން ގުޅައެތް އަނގަޔަށް ލަމުން ފަލްޔަން އަހާލިއެވެ.

“މިއަދު ހެނދުނު ޝިވާން ބުންޏެއްނު އެއްޗެއްގެވާހަކަ….އަޅެ އުޅެބަލަ އެ މީހުންގެ ކޮޓާރި ބަލާލަން..”ކިޔާތު ޝައްކެއްގެ މަތީހުރެ އެހެން އަހާލުމުން ޖަނާލް އާއި ފަލްޔަން ވެސް އެ ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ.

ވަރށް މަޑުމަޑުން ރިޔާޝްމެންގެ ކޮޓަރީގެެ ދޮރު ހުޅުވާލިއެވެ.ކިޔާތު ގެ ފަސް ފަހަތުން ޖަނާލް އާޢި ފަލްޔަންވެސް އައެވެ.ކިޔާތު ހީވަނީ ހަމަ ސްޕައި އެތް ހެނެވެ.ތިން ކުދިން ވެގެން ތިން ތަނެއް ބަލަން ފެށިއެވެ.އެހެން ބަލަމުން ބަލަމުން ދަނިކޮށް ޖަނާލްގެ ފަޔަށް އެއްޗެއް ހެރުނެވެ. “އައުޗް..” އެނދުގައި އިށީންނަމުން ފަލްޔަން ބަލަން ފެށި އެވެ.އެއީ ކުޑަ ބިއްލޫރި ކޮޅެކެވެ.ނަމަވެސް ބިއްލޫރި މި ކޮޓަރި ތެރޭގައި ހުންންނަންވީ ކީއްވެގެން ހެއްޔެވެ؟ ގައިމު ފަލްޔަން އަމިއްލަ ދެއަތުން ވިއްވާއޭ ފޮޅާ ސާފްކުރީ؟

ކޮންމެއަކަސް ފަލްޔަންމެން އެބިއްލޫރި ކޮޅު ހެރުނު ހިސާބު ބެލި އެވެ.އެއީ ކަބަޑު ދަށް ކައިރި އޮތް އެތިކޮޅެއް ކަމަށް ޖަނާލް ބުންޏެވެ.އެހެންކަމުން ކިޔާތުމެން ކަބަޑު ދަށަށް ފޯނުގެ އަލި އަޅު ވާ ލިއެވެ.އެއްވެސް އެއްޗެއް ނުފެނުމުން ފަލްޔަން މޫނު އަނބުރާލަން އުޅުނު ވަގުތު ލޮލުގެ ކަނަކުން އެއްޗެއް ފެނުނުހެން ހީވިއެވެ.އަވަސް އަވަހަށް ލައިޓް ޖައްސަން އުޅުނެވެ.އޭރު ފަލްޔަންގެ ސިކުނޑީގައި އެނބުރެމުން ދަނީ އެނެމެ ސުވާލެކެވެެ.އެ ކޯޗެއް ބާވެއެވެ؟ހިތްވެސް ހީވަނީ މޭކަށިގަނޑު ފޅައިލާފައި ނުކުންނަން އުޅޭހެނެވެ.

ނުނިމޭ

Share Article

Follow Me Written By

Merl

Level 1

Other Articles

Previous

މައުރީން

Next

ހައިރާ?(ތިންވަނަބައި)

Next
May 31, 2018

ހައިރާ?(ތިންވަނަބައި)

Previews
May 31, 2018

މައުރީން

10 Comments!

  1. unique says:
    May 31, 2018 at 7:11 pm

    oh nice

  2. Merl says:
    May 31, 2018 at 7:36 pm

    THNKS..

  3. Mate says:
    May 31, 2018 at 7:47 pm

    Nice……when next part???????????

  4. fan says:
    May 31, 2018 at 9:50 pm

    Whoa!!! Aee girls tha? I thought they were boys.. haha.. Thankolheh charecters thah gina v ma olhun araa kahala gotheh hurey. But it’s ok. Ekan rangalhu vedhaane kuriyah Yuri part thah kiyan feshyma. Maa sha allah . Vrh reethi mi part Ves…

    1. bad commnts says:
      June 1, 2018 at 5:20 pm

      *****yuri****

  5. Dm says:
    June 1, 2018 at 9:24 am

    Hama asluves heekuree aee boys kamah..
    Vahtharehves nun ulhey goiy ves girls akaaa..
    N name thah ves..specially falyan..
    N kunnaaru ufuraanii kii nun binnaani

    1. bad commnts says:
      June 1, 2018 at 5:21 pm

      vvvvv molhu..

  6. unique says:
    June 1, 2018 at 11:49 am

    i thought they were boys ehnv alun start koggen kiee u ahve to tell in first part right!!! kunnaaru eii ufuraa ehcheh nooney dear n aslu names thakun heevany boys hen aslu vaahaka hama habeys ekm mikahala kanthah huryma dhw then………… n dont be upset of this comment just try ur best n make the mistakes correct n the story will be nice….. always keep the best

  7. ???SHIFU??? says:
    June 1, 2018 at 4:06 pm

    I m suprised. Ae girls tha. I thought they r boys. Waiting for nxt prt. This prt is also v.v.v.v.v.nice. ???????

  8. zaky says:
    June 20, 2018 at 5:30 pm

    hama kossed. thihuri name thakeh grls ah beynun kohfa

Comments are closed.



All Right Reserved!