” މިއީ އަޅުގަނޑު ‘ އެސްފިޔަ ‘ ސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އަދި މިފަދަ ސައިޓެއްގައި އާއްމުކުރާ ފުރަތަމަ ވާހަކަވެސް މެއެވެ. މިއީ ކުރު ވާހަކައެކެވެ. މިވާހަކައަކީ އަޅުގަނޑު ސުކޫލު ދައުރުގައި ލިޔުނު ކުރު ވާހަކައެކެވެ. ފެށުމެއްގެ ގޮތުން މިވާހަކަ މިސައިޓުގައި އާއްމު ކޮށްލީއެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. “ ޝިހާމަކީ ނޫސް ރިޕޯޓުކުރުމުގެ ތަޖުރިބާއާއެކު އަމިއްލަ ނޫހަކާއި މަޖައްލާއެއްގެ އެޑިޓަރެކެވެ. މިއީ އޭނާ ހިތްވަރު އެލުވައިނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. […]
– – މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – – ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި ދުރުދުރުގައިވާ ރަށްތަކަކަށް ފެތުރުފައިވާ ހާރެއްގެ ބައްޓަމަށް އޮންނަ ކުޑަކުޑަ ޤައުމެކެވެ. އެއް ބަހެއް، އެއް ދީނެއް އަދި އެއް ޘަގާފަތެއް އޮންނަ އެއްބައިވަންތަ ޤައުމެކެވެ. ފަތުރުވެރިންގެ ނަޒަރުންނަމަ ދުނިޔެމަތީގައިވާ ސުވަރުގެއެވެ. ނަމަވެސް، މިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިސްވެ ދެންނެވި ހާރެވެ. އެހާރުގެ ދިގުކަމުންނެވެ. އެހާރުގެ ތެރޭގައި މީހުން ވަޒަންވެރިވެފައިވާ ވަކިވަކިން އޮންނަ […]