Skip to content
އެސްފިޔަ

ހިތް ރޮއްވާނުލާނަމޭ 1

ދޫނި ސޫފާ ސޫފީގެ އަޑު ފަޒާގައި ގުގުމަން ފެށުމާއެކު އިރުގެ ރަން ދޯދިތަށްވެސް ދުނިޔެމައްޗަށް އަލިކުރަން ފެށިއެވެ. ރޭގަނޑުގެ ފިނިފިނި ވަގުތުތަކަށް ޢަލްވަދާޢު ކީ ނަމަވެސް ރޭ އިއްސުރެއް ވެހެމުން ދިޔަ ވިއްސާރައިގެ އަސަރު އަރައިގެން އައި އިރާއެކުވެސް ފިލައިގެނެއް ނުދެއެވެ. މަގުތަކުގައި ފެން ހެދިފައިވީނަމަވެސް ހިނގާފައި އޮފީސްތަކަށާއި ސްކޫލުތަކަށް ދާ މީހުންގެ ޢަދަދު މަދެއް ނޫނެވެ. ކާރުތަކާއި ސައިކަލުތަށް ދުއްވަމުން ދިޔައީ ފެންގަނޑުތަށް ކަފަމުންނެވެ.

ފެހިގަސްތަކުގެ ފަތްތަކުގައްޔާއި މާތަކުގެ ފިޔަތަކުފައި ހަރުލާފައި ހުރި ކުދި ކުދި ޝަބްނަމްތިކިތަށް އެ އެއްޗެއްސައް ފުރިހަމަކަމެއް ގެނެސްދެއެވެ. މުޅި ބަގީޗާ ތެރޭގައި ހިފާފައިވަނީ މާތަކުގެ ފޮނި ފޮނި މީރު ވަހެވެ. ކަޅު ކުލައިގެ ބޮޑު ގޭޓުގެ ދޮރު ހުޅުވުނީ ދޮރުވާުނުންގެ ބުރަ މަސަތްކަތުންނެވެ. ބާރު ހިނގުމެއްގައި ކޯޓުގެ ގޮށް އަޅުވަމުން ބަގީޗާ ފަހަނަ އަޅާ ނުކުތް ޒުވާނާގެ ކުރިމައްޗަށް ހުއްޓުނީ ކަޅު ކުލައިގެ ޕްރައިވެޓު ކާރެކެވެ. ކާރުގެ ދޮރު ހުޅުވާލަމުން އޭނާ އިށީނދެލިތާ މިނެޓެއް ނުވަނީސް ކާރު ދުއްވާލިއެވެ. ފެންގަނޑުތަށް ކަފަމުން މަގުގައި ތިބި މީހުންގެ ގަޔަށް ފެން ބުރުވަމުންނެވެ. “ސަހާދެއް ދެން ޕްރައިވެޓު ކަމުން ގޮސް އެހެން މީހުންނަށް ބަލާލުމެއް ނެތް މުޅި މަގުވެސް އެ އެއްޗިއްސަށް ޕްރައިވެޓުކޮށް ދީފާ ތޯއްޗެއް.” ހިނގާފައި ދިޔަ އެކިމީހުންގެ ފާޑު ކިޔުންވެސް މިކަމުގެ ސަބަބުން އަމާޒު ވަމުން ދިޔައެވެ.

“ތި ތަންކޮޅެއް ބަލައިގެން މަޑު ދިޔަޔަސް ރަނގަޅުވާނޭ.. ގަޑި ޖެހެން އަދި ފަނަަރަ މިނެޓު އެބައޮތޭ ކަލޯ” ފަހަތު ސީޓުގައި ފޯނާ ކުޅެން އިން ޝާވިން ޑްރައިވަރު ސީޓުގައި މަޑު މަޑުން ޖަހާލިއެވެ. އޭނާގެ އަޑުން ނިދީގެ އަސަރު އަދިވެސް ފިލައިގެން ނުދެއެވެ. ލޮލަށް ބަލާލި ކަމުގައިވިޔަސް އެކަން ޔަގީންވާނެއެވެ.

ޝިވަންގެ ކާރު މަޑުކޮށްލީ  ހުޅުމާލެ ސެންޓްރަލް ޕާރކު ކައިރީގައި ހުރި ދިހަ ބުރީގެ ޢިމާރާތުގެ ކުރިމައްޗަށެވެ. ފަހަތުން ޝިވަންގެ ހިލަން ނުވުމުން ޑްރައިވަރު ފަހަތް ބަލާލިއެވެ. ކާރު ދޮރުގައި އަތް އަޅުވާލައިގެން ސީޓުގައި ލެނގިލައިގެން ނިދާފައި އިން ޝަވަން ފެނުމުން ޑްރައިވަރު ގާތަށް ހިނިއައެވެ. “އެކްސްކިއުޒް ސާރ..” އޭނާ ގޮވާލުމާއެކު ޝިވަން ފުންމައިގެން ތެދުވިއެވެ. “އޯ ޝިޓް ގަޑި ޖެހެނީ ތޯއްޗެއް..” ބިރެއް ފެނިގެން ތެޅިގަތް ފަދައިން އޭނާ ދޮރު ހުޅުވާއަޅާފައި ކާރުން ނިކުތެވެ. ބާރު ހިނގުމެއްގައި އޮފީސް ދޮރު ހުޅުވާލަމުން ލިފްޓަށް އެރިއެވެ. “ކަލޯ ކިހާ އިރަކު ނިދީ ރޭގަ..” ޝިވަންއާއި އަރާ ހަމަކުރި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒާއިން އެއްސެވެ.

“ބާރަގަޑި ބައިގަ..” ނިދިއައިސްފައި ހުރި ޝިވަންގެ ޖަވާބު ވަރަށް ކުރެވެ. “ނުނިދާ ކީއްބާ ކުރީ..” ހަތް ފްލޯރަ އަށް ދިއުމަށްޓަކައި އެ ނަންބަރަށް ފިއްތާލަމުން ލާނެއް ގޮތަކަށް ޒާއިން އެއްސެވެ. “ހޫނނނ ސާބާސް..އައިމް ނޮޓް އިންޓްރެސްޓެޑް..” އަކުރުތަކަށް ދަމަމުން ހިނިގަނޑަކާއެކު ޝިވަން ބުނެލިއެވެ. “އުހުނ..ހަމަ ވަރަށް އިންޓްރެސްޑެޓް ސޯ ސޯ އިންޓްރެސްޓެޑް އިން އެއްކަލަ ނިއުޝާ..ދޯ..” ޒާއިންގެ ޖެއްސުން ކުޑައެއް ނޫނެވެ. އެއީ ޖެއްސުން ކުރުމުގައި ލާމަސީލު މިސާލެއް ފަދަ އެކުވެރިއެކެވެ. “ބަލާއެއްނު..މަ ބުނިން ދޯ އެއީ މަގޭ އެކްސް ސެކެޓްރީއޭ..” ޝިވަން ހިތްހަމަ ނުޖެހުނެވެ. “ކައެ ދެން އިންޓްރެސްޓް ނުވިއަސް އޭނާ ތި ލޯތްބަށް އެދި ސަލާން ޖަހަނީ..” ޒާއިން ދެކޮނޑު އަރުވާލިއެވެ. ހަތްވަނަ ބުރިއަށް ލިފްޓު ހުއްޓުމުން ދެ އެކުވެރިން އެކުއިކީގައި މީޓިން ހޯލް ތެރެއަށް ވަދެގެން ދިޔައެެވެ.

ގޮނޑި ބައިތަށް ކުރިމަތީގައި ވަކިން ހުރި ޑެސްކު ކައިރީ އިށީނދެލަމުން ޝިވަން ހަމަޖެހިލިއެވެ. އޭނާގެ ފަހަތުން އައި ޒާއިން އިށީނދެލީ ޑެސްކު މަތީގައެވެ. “އޭ ނިއުޝާ އެއީ އެކްސް ސެކެޓްރީއޭ…” މީގެ ދެތިން މިނެޓު ޝިވަން ދެއްކި ވާހަކަތަކަށް އަލި އަޅުވާލަމުން ޒާއިން އޭނާގެ ހިތުގައި އޮތް ސުވާލުކޮށްލިއެވެ.

“އާން އޭނަ ވަޒީފާއިން ވަކިކޮށްފިން..ކަލޭ ވާ ބުނާކަށް ޖެއްސުން ބޮޑޭ އޭނަ..އައްސު ވަރަށް ދުވަހު ކެތްކުރެވިއްޖެ ދޯ..އެންމެ ފަހުން އައިސް މަގޭ ގަޔަށް އަރައިގަތީމަ ވަޒީފާއިން ވަކިކުރީ..” ފޯނު ހުޅުވަމުން ޝިވަން ބުންޏެއްވެ. އޭނާގެ ވާހަކަ ތަކާ އެއްބަސްވަމުން ޒާއިން ބޯ ޖަހާލިއެވެ. “ފުކެއް ބޮޑުވަރު..ދެން މިއަދު އޮންނަ އިންޓަވިއު އިން އާ ކުދިން ކޮޅެއް ނަގާއިރު ކައެއަށް ސެކެޓްރީއެއްވެސް ނަގަނީތަ..” ޒާއިން އެއްސެވެ. ފޯނުގެ ތެރެއަށް ގެއްލިފައި އިން ޝިވަން ބޯ ޖަހާލިއެވެ. ޝިވަންގެ ނަޒަރު ފޯނު ވަކިކުރުމަށްޓަކާ ޒާއިން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

“ވަރަށް ސަޅި މަންޖެއެއް ފެނިއްޖެ..” ޒާއިންގެ ވާހަކަ ނުނިމެނިސް ފޯނު ނިވާލަމުން ޝިވަން އޭނާގެ މޫނަށް ބަލާލަމުން އެއްބުމަ އަރުވާލިއެވެ. “މަށަށްވެސް މީނަޔާ. ދިމާކުރާނެ ކަމެއް ލިބިފަ މިއޮތޯ” ޝިވަންގެ ހިތް ގޮވަން ފެށިއެވެ. އޭނާއަށް އެއްމިޔަކުން ހީލެވުނެވެ. “ހޫ މައިޓް ދެޓް އަންލަކީ ގާރލް ބީ..” ޝިވަން ބުނެލި އެތިން ޒާއިން އޭނާގެ އަތުގައި އޮތް ފައިލުން ޝިވަން ގައިގައި ޖެއްސެވެ. “މަށަކަށްވެސް ނޭނގެ އޭނަޔަށް ކިޔާ ނަމެއް އެކަމު ކޮންމެ ފްރައިޑޭ ސަޓަޑޭގެ ހެނދުނު ދުވަހަކު އެތާ އޮންނަ ދުވާ ތަނަށް ގޮސް އުޅޭ މަންޖެއެއް..އެނާޔާ އެކީ ދޭ އެހެން މަންޖެއެއްވެސް..” ޒާއިންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ އެ ފަތްމިނި ކުއްޖާގެ ސޫރަ ހިތުގައި ތަސްވީރުކުރެވުމުންނެވެ.

“ޓެލްމީ ބުރޯ..އޭނާގެ ކޮން ސިފައެއްގެ ޖާދޫގަތަ ކަލޭ ޖެހުނީ..” ޝިވަންގެ ފިރިހެންވަންތަ މޫނުމަތިން ލާނެއްކަން ފާޅުވިއެވެ. “ހުރިހާ ސިފައެއް..” އިޝްގުގައި ޖެހިފައި އިން ޒާއިން ބުނެލިއެވެ. ޝިވަންގެ ހިނިގަނޑު ފަަޅައިގެން ދިޔައެވެ. “އެ މަންޖެ ލާ ހެދުންވެސްތަ..” އޭނާ ބުނެލިއެވެ. “އާރގްގްގް..ނުބައި މީހެއް ކައިރީ ދޯ މިހުރިހާ ވާހަކައެއް މި ކިޔުނީ.. ވަޓް އެވާރ..އިންޓަވިއުރ ފެށޭ ގަޑި ޖެހެނީ ކައެ އަވަހަށް ރެޑީވޭ..” މޭޒު ތެދުވަމުން ބޭރަށް ނިކުންނަން ޒާއިން ހިނގައިގަތެވެ. “ބާއީ..އެކަމު އެންމެ ފަހަރަކު ފަހަތަށް އެނބުރިލަބަ..” ފައިލްތަށް ތަރުތީބު ކުރަމުން ޝިވަން ގޮވާލިއެވެ. ހަމަ އެއާއެކު ފިޔަވަޅުތަށް މަޑު ޖައްސާލަމުން ޒާއިން ފަސް އެނބުރި ބަލާލިއެެވެ. “އެ މަންޖެގެ ހުރިހާ ސިފައެއްގެ ޖާދޫގަ ޖެހުނީ…” ހިތުގައި ފިރުމާލަމުން އިޝްގީ ގޮތަކަށް ޝިވަން ގޮނޑިއަށް ވެއްޓިގަތެވެ. ޖެއްސުނު ހުރިހާ މޮޔަވައްތަރެއް މޫނަށް އޭނާ ޖައްސަން ފެށުމުން ޒާއިންވެސް އަނގައިން ވައްތަރު ޖައްސާލަމުން ލިފްޓަށް އެރިއެވެ.

*********************************************

ހުދު ކުލައިގެ ޖަންޕް ސުއިޓްއާއެކު ކަޅު ބެލްޓަކާއި ކަޅު ކޯޓުގައި ހުރި ޔަމާނީ ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. މިނިވަންކާއެމު ދޫކޮށްލާފައިވާ އޭނާ ފަން އިސްތަށިގަނޑު ވަނީ މަޑު މުށިކުލައަކުން ޑައި ކޮށްފައެވެ. އޭނާގެ ދޮން ހަނގަނޑާ ގުޅޭނެ ކަހަލަ މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކެއް ތުންފަތުގައި ޖައްސާލަމުން މޭކަޕް ނިންމާލިއެވެ. އަތުގައި ރިހި ކުލައިގެ ގަޑިއެއް އަޅާލަމުން ލޯގަނޑާ ދުރަށް ޖެހިލިއެވެ. ސިންގަލް އެނދުގެ ތަންމަތި އަޅާލަމުން އެ އެނދާ ޖެހިގެން ހުރި ބޭބީ ކްރައިބް ކާރިއަށް ޖެހިލިއެވެ.

ދެލޯ ބޮޑުކޮށްލައިގެން މަތީގައި އެލުވާފައި ހުރި އެއްޗެއްސަށް ބަލަން އޮތް ތުއްތު ކުއްޖާއަށް ޔަމާނީ ބަލާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ހަގީގީ ލޯތްބަކީ ކޯއްޗެއްކަން އޭނާގެ މުށިކުލައިގެ ކަޅިވަރަށް ބަލާލާ ކޮންމެ މީހަކަށް ދަސްވާނެއެވެ. “މަންމިގެ ޔާން ލެޓްސް ގޯ މާމަ ކައިރިއަށް..” ފަސް މަސް ފުރިފައިވާ ނިދާ ޖަންޕް ސުއިޓްގައި ހުރި ޔާން އުރާލަމުން އޭނާ ކޮޓަރިން ނިކުތެވެ. މަޑޫ ފިޔަވަޅުތަކެއްގައި ސިޓިންގް ރޫމަށް ވަނެވެ.

“މަންމީ އަންނާން އިނގޭ އިންޓަވިއު ނިންމާފަ..ތިއްތި ކޮށް އިންނައްޗޭ..” ސޯފާގައި އިން މަންމަ އާމިރާގެ އަތަށް ޔާން ލައިދެމުން އެ ތުއްތު ދަރިފުޅުގެ ނިއްކުރީގައި ޔަމާނީ ބޮސްދިނެވެ. ޔާންއަށް ހަނާ އަޅާލަމުން ދަބަހާއެކު އޭނާ ގެއިން ނިކުންނަން ހިނގައިގަތެވެ.

(ނުނިމޭ)

Comments (8)

  1. Lammu

    Vrh rreethi vaane hen heeveyyyy..good luck.. vaahaka medhu nukadaaabadhuas up kolla dhevvun makee kiyun theri egge haisiyyathun vrh bodah lammu edhey kameh.. nxt part whn???

    1. luwwwwww
      Lammu

      Awwwn thank you so much lammu ❤❤❤❤ insha allah nimendhen genes dheynan ???next part maadhan ISA???

  2. Shaa

    Varah kiyaa hithun kee vaahaka eh varah reethi vaani hen heevey aneh bai konirakun

    1. luwwwwww
      Shaa

      Assu tha? ❤❤❤alhe I’m so happy to know dear..?thank you??…next part tommorow ingey insha allah ???

  3. Zoe

    wow vvv interesting vaahaka eh
    avahah dhn oiiy bai genesdhechey V kiyahiiy vefa mihiry??????

    1. luwwwwww
      Zoe

      Aw thank you so much Zoe ❤❤❤ ..nd yesh as u wish dear I’ll upload it as possible ????

  4. Saula

    Wow?
    V hiy gaimu vaahaka eh … Enme intrest koh kiyaalan ulhunu thanaa vaahaka nimunyma v dhera vi.. I wish vaahakaige anehbai varah avahah upload vaane kamah…??? ❤❤❤❤

    1. luwwwwww
      Saula

      So sweet saula dear ❤❤❤Thank you so much ??? oh srry ekm 2nd part mihaaru submit kohlaifin nd that part is going to be longer ???

Comments are closed.