Skip to content
އެސްފިޔަ

ހަމަލޯތްބޭވެވެނީ-01

ފަތިސްވަގުތެވެ.ޔުމްނާ އަށް ހޭލެވުނީ ފޯން އެލާމްވާ އަޑަށްށެވެ.މޫނު އުގުޅައިލުމަށްފަހު ފޯނު ނަގައި ގަޑި ބަލައިލިއިރު 5:15 ވެއްޖެވެ. މިއަދު މިއީ ޔުމްނާ ކޮލެޖް އަށްދާ ފުރަތަމަ ދުވަސް ކަމުން ބޭނުންވީ ގަނޑި އަށް ދާންށެވެ. އާއިލާގެ މީހުންނާ ވަކިވެ ޖަރްމަން އަށް އައުމުގެ މަގްސަދަކީ ހަމައެކަނި ކިޔެވުމެވެ. ފެންވަރާލާ ހަދައިގެން ނިކުމެ ކަކުލާ ހަމައަށް އަންނަ ނޫކުލައިގެ ލޭސް ފޮތީގެ ހެދުމެއް ލައިގެން ލޯގަނޑު ކައިރީ ހުއްޓެލިއެވެ. ޔުމްނާ އަކީ ބުރުގާ އަޅައި އުޅޭ ކުއްޖެއް ނޫންކަމުން އަސްތަށިގަނޑު އޮތީ ރަތްކުލަ ޖައްސާފައެވެ.

ދަބަހަށް ދެތިން ފޮތެއް ލުމަށްފަހު އެންމެފަހު ވަގުތުު ތުންފަތުގައި މެރޫންކުލައިގެ މެޓް ލިޕްސްޓިކް ކޮށްގެން ނިކުތީ ބަހަށް ލައްވާލާތޯއެވެ. ނަސީބު ކަންދިމާކުރި ގޮތުން ބަހަށް އެރެވުނެވެ.6 މިނެޓް ފަހުން ބަސް ހުއްޓުނީ ޔުމްނާ ދާ ކޮލެޖް ކައިރިއަށްށެވެ.ބަހުން ފޭބިއިރުއްސުރެ ޔުމްނާ ހުރީ ނުތަނަސްވެފައެވެ. ސަބަބަކީ ކުލާހު ކުދިން ބާކީކޮށްފާނެތީއެވެ. ކޮލެޖް އަށް ވަދެގެން ދާންފެށުމުން އެތައް ބައެއްގެ ލޯތައް ޔުމްނާއާ ދިމާލަށް ހުއްޓެމުން ދިޔައެވެ. ކުދިންތައް ބަލަން ފެށުމުން ޔުމްނީގެ ކޮލަށް ޖަންބުކުލަ އެރުމަށް ނެގީ މަދު ސިކުންތެކެވެ. ނޯޓިސްބޯޑު ބެލުމަށްފަހު ހޯދައިލީ ޔުމްނާގެ ނަން އިނީ ކޮން ކުލާހަކުތޯއެވެ.

އެއަށްފަހު ކައިރިންލާފައި ދިޔަ ކުއްޖެއް ކައިރީ ކުލާސް އިންނަނީ ކޮންތާކުތޯއެހުމުން ބުނީ އެކުއްޖާ ކުލާސް އިންނަ މަގު ދައްކައިދިނެވެ. އެކުއްޖާބުނި ގޮތުގައި ވާނަމަ ޔުމްނާގެ ކުލާސް އިންނަނީ ކަނާއަތް ފަރާތަށް ވާގޮތަށް ކަމުގައެވެ. އެހެންކަމުން ޔުމްނާ އަވަސްވެގަތީ ކުލާސް ފެށުމުގެ ކުރިން ދިޔުމަށްށެވެ. އަވަހަށް ސިޑިއަށް އަރަން އުޅުމުގެ ތެރޭގައި ފައި އެޅުނު ގޮތަކުން ޔުމްނާ ވެއްޓެން ދިޔައެވެ. އެވަގުތު ބާރުގަދަަ އަތަކުން އުނަގަނޑުގައި ވަށާލުމުން ޔުމްނާއެއް ނުވެއްޓުނެވެ.

ސުކުރު އަދާކުރުމަށްޓަކައި ބަލައިލިއިރު ކުރިމަތީގައި އެހުރީ ދުވަހަކުވެސް ނުދެކޭކަހަލަ ދޮން ރީތި މީހެކެވެ. ޔުމްނާ އަށް އެންމެ ބޮޑަށް އަޅައިގަތީ ނޫ ކަޅިިރަވައެވެ. އޭނާ ޔުމްނާގެ އުނަގަނޑުން އަތްދޫކޮށްލުމަށްފަހު ބީ ކެއަރފުލް އޭ ބުނުމަށްފަހު އެތަނުގައި މަޑުނުކޮށް ކުލާލަށްވަނެވެ. އެހެންނޫނީ މީގެ ކުރިން ފިރިހެނެއް ފެނުނަސް ނުވާފަދަ ގޮތެއް މިފަހަރުވުމުން ޔުމްނާ އަށް ހުރެވުނީ އެވަގުތު ހުއްޓުން އަރައިފައެވެ.

ކުޑަ ސިކުންތުކޮޅަކު އެހެން ހުރުމަށްފަހު ކުލާހަށްވަނެވެ. އޭރުު ޓީޗަރު ހުރީ ކުލާސް ނަގައިދޭން ފަށައިފައެވެ. ކުލާހަށް ވަނުމުން ކުރިން ފަހަރު ބޭރުގައި ބަލަންތިބި ކުދިންވެސް ކުލާހުގައި ތިއްބެވެ. ޔުމްނާ ވަގުތުން އިސްޖަހައިލިއެވެ. ޓީޗަރަށް އެއީ އައު ކުއްޖެއްކަންއެނގުމުން ތައާރަފުވެލަން ބުންޏެވެ. ޔުމްނާ ގެ ނަން ކުދިންނަށް އަޑުއިވޭވަރަށް ބުނުމަށްފަހު ހުރިހާ ކުދިންނާ ދިމާލަށް ބަލައިލިއެވެ.ޔުމްނާ ސަލާމަތްކޮށްދިން ފިރިހެން ކުއްޖާ ހުރީ ޔުމްނާ އާއި ދިމާލަށް ބަލަހައްޓައިގެން ކަމުން ދެމީހުން ގެ ހަތަރުކަޅި ބައްދަލުވިއެވެ.

Comments (10)

  1. Kiyaa,♥️

    V reethi mi part.♥️♥️♥️
    Keep it up dear kwyny?

  2. cheese

    salhi

  3. Hajja

    V reethi vaanehen heevanee

  4. Anonymous

    Varah reethi… ???

  5. Rifu

    Masha Allah. Varah reethi mi part. When next part??? ???

  6. Rif?l?

    Interesting ?

  7. Leeeennn

    V reethi

  8. kwyny

    Thnks next part varah avaha anaane ?

  9. N

    V reethi maashaa Allah ???

  10. frankie

    okay 😉

Comments are closed.