އަރައިގަނެގެން އައި އިރުގެ ދޯދިތައް އަރާމު ނިންޖައް ގެބިފައި އޮތް މައިޝާގެ މޫނަށް އެޅުމާއެކު މާގިނަ އިރުތަކެއް ނުވަނީސް މައިޝާއަށް ހޭލެވިއްޖެއެވެ.ބާލީސް އަޑީގައި އޮތް ފޯނު ނަގައި ކަންނެތް ގޮތަކަށް ގަޑި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ގަޑިން ހަތެއް ޖަހަން ފަނަރަ މިނެޓައް ވެއްޖެއެވެ. މައިޝާ އެނދުން ތެދުވި ގޮތައް ފާހަނަޔާއި ދިމާލަށް ދުއްވައިގަތެވެ.އަދި އަވަސް އަވަހަށް ފެންވަރާލައިގެން ރީތިވެލިޔެވެ.ސެޓްފިކެޓް ފައިލް ތައް ހިފައިގެން ނުކުތް ވަގުތު މަންމަ ހުރީ ސައިހަދައިގެން އަހަރެންގެ އިންތިޒާރުގައެވެ. […]
މުޅި ނަފްސު ހާސް ކަމުން ވަށައިލާފިއެވެ. މަންމަ އަހަރެންނަށް ގޮވަމުން ދިޔަ އިރު ވެސް އަހަރެން ޖަވާބު ދިނުމެއް ނެތި ބޭރަށް ނުކުންނަން ދުއްވައި ގަތްއިރު މިވީ ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނގެ މަގާމަށް ދޫކޮށް އަހަރެންގެ ކޯތާފަތުގައި ބޮސް ދެމުން ދިޔައެވެ. ހިތަށް ކެތްނުވީ ލިބުނު ޚަބަރަކުންނެވެ . އެންމެ ތުއްތު އިރުން ފެށިގެން ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ލިބުނީ އުންމީދު ވެސް ނުކުރާ ފަދަ ގޮތަކަށެވެ. އާނއެކެވެ. އަހަރެންގެ މަންމަ […]