Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މަންމާ . . .

kiyaara Level 1
November 7, 2021 2 Mins Read
0 Comments

މުޅި ނަފްސު ހާސް ކަމުން ވަށައިލާފިއެވެ. މަންމަ އަހަރެންނަށް ގޮވަމުން ދިޔަ އިރު ވެސް އަހަރެން ޖަވާބު ދިނުމެއް ނެތި ބޭރަށް ނުކުންނަން ދުއްވައި ގަތްއިރު  މިވީ ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނގެ މަގާމަށް ދޫކޮށް އަހަރެންގެ ކޯތާފަތުގައި ބޮސް ދެމުން ދިޔައެވެ. ހިތަށް ކެތްނުވީ ލިބުނު ޚަބަރަކުންނެވެ . އެންމެ ތުއްތު އިރުން ފެށިގެން ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ލިބުނީ އުންމީދު ވެސް ނުކުރާ ފަދަ ގޮތަކަށެވެ.

އާނއެކެވެ. އަހަރެންގެ މަންމަ އަކީ ފެށުނީއްސުރެން ވަރަށް ސާދާ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. މަންމަގެ މަދަރުސީ ހަޔާތް ނިމި ފުރާފުރިހަމަ ވުމުން މަންމަގެ މައިންބަފައިން މަންމަ ކައިވެނި ކުރާނެ ފަރާތެއް ވަނީ ހޯދާ ފައެވެ. މަންމަގެ މައިންބަފައިންގެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައި މަންމަ އެ ކައިވެނި ކުރިޔެވެ.

މަންމަގެ ކައިވެންޏަށް ދެ އަހަރު ވީތަނާ ހެން މަންމަ އަހަރެންނަށް ބަލިވެ އިނެވެ. މަންމަ ބަލިވެ އިންތަނާ  ބައްޕަގެ އުޅުމަށް ބަދަލު ތަކެއް އަންނަކަން ފާހަގަ ކުރެވެން ފެށިއެވެ. ގެއަށް އަންނަލެއް ލަސްވާން ފެށިއެވެ.

ފަހުން ފަހުން އައިސް ދެ ހަފްތާ ތިން ހަފްތާ ވީއިރު ގެއަށް ނައިސް ލަސްވަމުން ދާވަރަކަށް މަންމަގެ ހިތް ނުތަނަވަމސް    ވަމ މުން ދިޔައެވެ.

ފަސް ގަޑިއިރު ފަހެވެ. ގޭގެ މައި ދޮރުން އެތެރެއަށް ވަދެގެން އާއި މީހާ ދިއްކޮށްލީ ކޯޓު އަމުރެކެވެ.  މަން މަ ހުރި ތަނައް ތިރިވިއެވެ.

މުޅި މީހާ ގަނޑުވިއެވެ. ކުރެވޭނެ ކަމެއްނެތެވެ.

ހޮނިހިރު ދުވަހަށް އިރު އެރު މާއެކީ.     މަން މަ ތައްޔާރު ވަމމ މުން އެދަނީ ކޯޓަށް ހާޒިރުވުމަ ށެވެ.

މަން މަ އާއި ބައްޕަ ކޯޓަށް ހާޒިރުވުމާއި އެކީ ޤާޒީ  މުހައްމަދު ތަކުރާރުކޮށް ބުނަަ މުން ދިޔައީ ދީނުގައި ރަނގަޅު ކަ މެއްް ނޫން ކަމަށެވެ. ހަރުހިލަ ހިތެއްގެ ވެރިޔަކަށް ކުރާނެ އަސަރެއް ނޯންނާނެ ނޫންހެއްޔެވެ؟

އެތައް ފަހަރުގެ މަތިން ބައްޕަ ބުނަމުން ދިޔައީ އެހެން މީހަކު ދެކެ ލޯބި ވާ ކަމަށެވެ. މަންމަ ބަލިވެ އިނީއްސުރެ ބައްޕަ މަންމަ ދެކެ ފޫހިވާ ކަމަށެވެ. މަންމަގެ ކުރަމުން ދިޔަ އާދޭސްތަކަށް ބައްޕަ ދިނީ ބީރު ކަންފަތެކެވެ. ޤާޒީ ވަނީ އެތައް ފަހަރުގެ މަތިން ކައިވެނި ނުރޫނޅުމަށް ނަސޭހަތް ތެރިވެފައެވެ. ނަމަވެސް ބައްޕަ ކުރު ނުކުރުމުން ޤާޒީ ވަރިކޮއް ދިނެވެ.

މަންމައަށް ލިބުނީ އިތުރު ވޭނެކެވެ. ހިތްދަތިކަމެކެވެ . އެކި މީހުންނަށް މިންވަރު ކުރައްވާނީ އެކި ގޮތައް ކަން މަންމަ އަބަދުވެސް ދަނެއެވެ . މަންމަ ހިތްވަރު ކުރުމަށްޓަކައި ލަމުން ދިޔަ ކޮންމެ ނޭވާއަކީ އަހަރެންނަށް ޓަކައި ލަމުން ދިޔަ ނޭވާޔެކެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މަންމަގެ ބަނޑަށް 7 މަސް ވީތަނާ ދުވަސް ނުފުރާ ވިހަންޖެހުނެވެ. ވިހެއުމުގެ ތެރޭގައި ލޭމަދުވެ މި ދުނިޔެއަށް އަލްވަދާޢު ކިޔެވެ.މަންމަގެ މަރަށް ފަހު ބައްޕަ ދެވަނަ ކައިވެންޏެއް ކުރިއެވެ. އަހަރެން ބައްޕަގެ ބެލުމުގެ ދަށުގައި ހަރުފަތްތައް ގިރާކުރަމުން ގޮސް 7 އަހަރު ވީފަހުން ދޮން މަންމަގެ ނުބައި ކަން އަހަރެންނަށް ނަގައިގަނެވުނެވެ.އުމުރުން 12 އަހަރު ވީއިރު އަހަރެން ލައްވާނުކުރާ ކަމެއް ނެތެވެ. އަހަރެންގެ ކިޔެވުމަށް ވަނީ ހީނަރު ކަމެއް އައިސްފައެވެ.

ބައްޕަ އަށް ދޮން މަންމަގެ ނުބައި ކަން އިނގުން އިރު އޮތީ ވަގުތު ފާއިތުވެފަ އެވެ. ބައްޕަގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާތައް ވަނީ ބައްޕަގެ ސޮއި ހޯދައި ސޮއި ކޮއްފައިވާ ކަމުން ބައްޕަގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ވެރިޔަކީ މިއަދު އެ ޒީލަގަދަ ދޮން މަންމައެވެ.

ކުރާނެ ކަމެއްނެތެވެ.ވާނީ ވެސް އެހެންތާއެވެ!

މިހުރިހާ ކަމެއް މިވީ ބައްޕަ ކަންތައް ކުރެވުން ގޮތުން ކަން ޚުދު ބައްޕަ ދަނެޔެވެ. އަދި ކުރެވުނު ކަންތައް ހިތަށް އަރައި ވަގުތުން މަންމަގެ މައިންބަފައިންގެ ކިބައިން މަޢާފަށް އެދުނެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. މިއަދަކީ ދެ މަހަށް ފަހު އިނގިރޭސި ވިލާތުން ބައްޕަ އެބުރި ރަށަށް އަންނަ ދުވަހެވެ. ނަމަވެސް އެއާޕޯޓުން ރަށަށް ދިއުމަށް ކުރި ދަތުރުގައި ކަނޑު ގަދަވެ ލޯންޗް ބަންޑުން ޖަހާލިއެވެ. ބައްޕަ ވެސް މި ދުނިޔޭން ވަކިވީއެވެ.

އަހަރެންގެ މާމަ އާއި ކާފަ ފިޔަވައި އެކަކުވެސް މިދުނިޔޭގައި ނެތެވެ.

އެކި މީހުންނަށް މިންވަރު ކުރައްވާނީ އެކި ގޮތެވެ. ކޮންމެ ކުއްޖެއްގެވެސް މައިންބަފައިން އެދޭނީ އަޚުލާގު ރަނގަޅު ޒިންމާދާރު ކުއްޖަކަށް ވުން ކަން ގައިމެވެ.

މިއަދު އަހަރެންނަކީ ލޯބި ލޯބި ދެ ކުދީންގެ މަންމައެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ފުއްނާބު އުސް އެއް ޑޮކްޓަރެމެވެ. މިއަދު މިހިސާބަށް އާދެވުނީތީ މާތް ﷲ އަށް ހަމްދުކުރަމެވެ.

Share Article

Follow Me Written By

kiyaara

Level 1

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ދެވަނަ ބައި)

Next

ވާ ލޯބި އެނގޭނަމަ – 14

Next
November 7, 2021

ވާ ލޯބި އެނގޭނަމަ – 14

Previews
November 7, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ދެވަނަ ބައި)



All Right Reserved!