Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ކުރި ދިގު އިންތިޒާރު . . . (ފުރަތަމަ ބައި)

kiyaara Level 1
November 9, 2021 2 Mins Read
0 Comments

އަރައިގަނެގެން އައި އިރުގެ ދޯދިތައް އަރާމު ނިންޖައް ގެބިފައި އޮތް މައިޝާގެ މޫނަށް އެޅުމާއެކު މާގިނަ އިރުތަކެއް ނުވަނީސް މައިޝާއަށް ހޭލެވިއްޖެއެވެ.ބާލީސް އަޑީގައި އޮތް ފޯނު ނަގައި ކަންނެތް ގޮތަކަށް ގަޑި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ގަޑިން ހަތެއް ޖަހަން ފަނަރަ މިނެޓައް ވެއްޖެއެވެ.

 

މައިޝާ އެނދުން ތެދުވި ގޮތައް ފާހަނަޔާއި ދިމާލަށް ދުއްވައިގަތެވެ.އަދި އަވަސް އަވަހަށް ފެންވަރާލައިގެން ރީތިވެލިޔެވެ.ސެޓްފިކެޓް ފައިލް ތައް ހިފައިގެން ނުކުތް ވަގުތު މަންމަ ހުރީ ސައިހަދައިގެން އަހަރެންގެ އިންތިޒާރުގައެވެ.

 

އިންޓަވިޔުއަށް ދިޔުމަށް ވަގުތު ކުޑަތަންވަމުން ދާތީ އިންޓަވިޔު ނިންމާފައި އައިސް ސައިބޯނަން ކަމަށް އަހަރެން ބުނީމެވެ. އަދި އަހަރެން ވަރަށް ލޯބިން މަންމަގެ ގައިގައި ބައްދާލުމަށްފަހު ދާން ނުކުންނަން ދަނިކޮށް މަންމަ ބުނެލިއެވެ. “ދަރިފުޅާ މައީ! ކާމިޔާބު އިންޓަވިއު އަކަށް އެދެން”.

 

އަހަރެން ހިނިތުންވުމެއް ރައްދުކޮށްލުމަށް ފަހު އަވަހަށް އިންޓަވިޔު އަށް ދިޔުމަށްޓަކައި ދިރާގުގެ މައި އޮފީހަށް މިސްރާބު ޖެހީމެވެ.

 

އަހަރެންނަށް ދެވުނީ ގަޑިޖެހެން ދެ މިނެޓައް ވެފައި ވަނިކޮށެވެ.އެހެން ކަމުން ކައުންޓަރު ކުރިމަތީގައި ހުރި އެސްއެސް ގޮނޑިބަރިތަކުން ގޮނޑި އެއްގައި އިށީނދެލުމަށް ފަހު މުޅި މާހައުލަށް ނަޒަރު ހިންގާލީމެވެ.އޮފީހުގެ މުވައްޒަފުން އެމުވައްޒަފެއްގެ މަސައްކަތުގައި އަވަދިނެތި މަޝްޢޫލުވެގެން އުޅެޔެވެ.މިއޮފީހަކީ ފަސް ފަންގިފިލާ އަށް ނަގައި ފައިވާ އިމާރާތެވެ.މި އޮފީހަށް އަހަރެން ވަންނަން ބޭނުންވި މައިގަނޑު ސަބަބަކީ އަހަރެންގެ ހިތުގައި ހިސާބަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.

 

މާގިނަ އިރުތަކެއް ނުވަނީސް އޮފީހުގެ މައިދޮރުން ވަދެގެން އާއި މީހެއް އަހަރެން ގާތުގައި އަހައިލިއެވެ. “އިންޓަވިއުއަށް ތޯއެވެ”. އަހަރެން އަދަބުވެރިކަމާއެކު “ލައްބަ” ނަންގަތީމެވެ.އަދި އެމީހާ އެދުން ގޮތުގެ މަތިން ސުޕަވައިޒަރު ގާތަށް ދިޔައީމެވެ. ސުޕަވައިޒަރު ކުރަމުން ދިޔަ ކޮންމެ ސުވާލަކަށް ތެދުވެރި ކަމާއެކު ޖަވާބު ދިނުމަށް ފަހު އަހަރެން އަތުގައި ވި ސެޓްފިކެޓް ފައިލު ސުޕަވައިޒަރު އަތަށް ދިއްކޮށްލީމެވެ.

 

އިރުކޮޅެއް ފަހެވެ.ސުޕަވައިޒަރު އަހަރެން އަތަށް ފައިލް ދިއްކޮށްލަމުން ބުންޏެވެ.”މަރުޙަބާ! މައިޝާ އަކީ މީގެ ފަހުން އަހަރެންގެ ސެކެޓްރީ އެވެ.މާދަމާއިން ފެށިގެން ހަމަ ވަޒިފާއަށް ނުކުންނަންވީ! ދެން އެންމެ ރަނގަޅު ދިޔަޔަސް”.

 

އަހަރެން ހިނިތުންވުމެއް ރައްދުކޮށްލުމަށް ފަހު ސުޕަވައިޒަރައް ޝުކުރުއަދާކުރީމެވެ.އަދި މަންމަ އަށް މިއުފާވެރި ޙަބަރު ދިނުމަށްޓަކައި ގެއަށް ދިޔުމަށް ހިނގައިގަތީމެވެ.

 

ގެއަށް ވަދެވުމާއެކު އަހަރެން ވީ އުފަލުން އަޑުގެ ނެތްކޮޅައް މަންމަޔަށް ގޮވާލީމެވެ.ބަދިގޭގައި ކައްކަން ހުރި އައިޝަތު ބަދިގެއިން ނުކުމެގެން އައީ ދަރިފުޅުގޮވާލިއަޑަށެވެ.އައިޝަތުގެ ދަރިފުޅު އުފަާވެފައި ހުރިތަން ފެނުމުން އެކީންވެކަން އޮޅުންފިލުވަން ސުވާލު ކޮށްލީމެވެ. “ދަރިފުޅާ! ހާދަ އުފާވެފަ އަނެއްކާ ކިހިނެތް ވީތަ މަންމަ ކައިރީ ލަސް ނުކޮށް ބުނެބަލަ… ކިހިނެތްތަ އިންޓަވިޔު؟

 

“މަންމާ! އަހަރެން ވަޒީފާ ހަމަޖެހިއްޖެ الحمد لله. ސުޕަވައިޒަރުގެ ދަށުން މަސައްކަތްކުރާ ސެކެޓްރީ އަކަށް”. އަހަރެން ބުނެލީމެވެ.މަންމަގެ ދަރިފުޅު އުފައިވެފާހުރިލެއް ބޮޑު ކަމުން މަންމަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ.

 

“ދަރިފުޅާ މަރުޙަބާ! އޮފީހުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމަން އާދަ ކުރަންވާނެ.މަންމަ މިހެން ބުނާއިރު ވެސް މަންމަ އަށް އިނގޭ ދަރިފުޅު ފަރުވާތެރިކަމާއި އެކު ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމާނެކަން.

މިއަދު ދަރިފުޅަށް ތިހާ މަތީމަގާމަކުން ވަޒީފާ ލިބުނީ ދަރިފުޅުގެ މަދަރުސީ ހަޔާތުގައި ކުރި މަސައްކަތުން ކަން މަންމަ އަށް އިނގޭ. އަބަދުވެސް ތި ގޮތުގައި ދެމިހުންނާތި. ދަރިފުޅާ މައީ! އަވަހަށް ދޭ އެއްޗިހި ބަދަލުކޮއްލައިގެން އަންނަން، ދަރިފުޅު އަންނަންވާއިރަށް މަންމަ ސައިތައްޔާރުކޮއްލާާނަން”.

 

*ދެވަނަބަޔަށް އިންތިޒާރު ކޮއްލައްވާ!

Share Article

Follow Me Written By

kiyaara

Level 1

Other Articles

Previous

ހޮޓެލްގެ ސިއްރު 3

Next

ހީވޭ ގާތުގާއި ވާހެން ކަލާ 8

Next
November 9, 2021

ހީވޭ ގާތުގާއި ވާހެން ކަލާ 8

Previews
November 9, 2021

ހޮޓެލްގެ ސިއްރު 3



All Right Reserved!